ނިއުކާސަލް (ޑިސެމްބަރު 25) - ޖެނުއަރީ މަހުގެ ޓްރާންސްފާގައި ނައިޖީރިގެ ފޯވަޑް އޮޑިއަން އިގާލޯ ގެންނަން ނިއުކާސަލް ޔުނައިޓަޑުން މަސައްކަތް ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެފި އެވެ.
ކުރިން ވަޓްފޯޑާއި މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު އިގާލޯ މިހާރު ކުޅެމުންދަނީ ސައުދީ އަރަބިއްޔާގެ ސަލް ޝަބާބަށެވެ.
މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ނިއުކާސަލް އިން ޖެނުއަރީ މަހުގެ ޓްރާންސްފާގައި ފޯވަޑެއް ހޯދުމަށް މަސައްކަތް ކުރަމުންދާއިރު، އެ ޓީމުގެ ލިސްޓުގައި އިގާލޯ ހިމެނެ އެވެ.
ރިޕޯޓްތަކުން ބުނާގޮތުގައި އަލް ޝަބާބް އިން ވަނީ ނިއުކާސަލް އަށް ދިއުމަށް އިގާލޯ ޝައުގުވެރިވޭތޯ ބަލައިފަ އެވެ. އަދި ނިއުކާސަލް އިން ރަސްމީ ހުށަހެޅުމަށް ލިބިއްޖެނަމަ، އެ ކްލަބަށް ދާން ވިސްނާނެ ކަމަށް އިގަލޯ ބުނެފައިވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.
ނުވަ ލަނޑާއެކު، އިގާލޯ އަކީ ސައުދީ ޕްރޯ ލީގުގެ ޖޮއިންޓް ޓޮޕް ސްކޯރާ އެވެ. މި އަހަރު އޭނާ އަލް ޝަބާބަށް ބަދަލުވީ ޔުނައިޓަޑާއެކު ހެދި ލޯނު އެއްބަސްވުން ހަމަވުމުންނެވެ.
އަލް ޝަބާބާއެކު އިގާލޯ ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ 2023 ވަނަ އަހަރެވެ.
ސައުދީންގެ މެޖޯރިޓީ ހިއްސާ އޮތް، ނިއުކާސަލް އިން ދަނީ ސްކޮޑް ވަރުގަދަ ކުރުމަށް، ޖެނުއަރީގައި ކުޅުންތެރިން ގެންނަން މަސައްކަތް ކުރަމުންނެވެ. ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަތުމާއެކު، މާލީ ގޮތުން އެ ޓީމު އޮތީ ރަނގަޅު ހާލަތެއްގަ އެވެ. -- ބީބީސީ












