މިކްސް ޗެމްޕިއަންޝިޕް: ފައިނަލުގައި ރިވައިވަލް އާއި ސީއެސް ކުރިމަތިލުމެއް

Dec 24, 2021, 4:32 AM
ރިވައިވަލްގެ ޒަޔާން (ކ) އާއި ސާރިމްގެ ޑަބަލްސް މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރިވައިވަލްގެ ޒަޔާން (ކ) އާއި ސާރިމްގެ ޑަބަލްސް މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބީއޭއެމް މިކްސް ޗެމްޕިއަންޝިޕްގެ އިއްޔެގެ ސެމީ ފައިނަލް މެޗުތަކަށް ފަހު މުބާރާތުގެ ފައިނަލުން ރިވައިވަލް ސްޕޯޓްސް ކްލަބާއި ސީއެސް ސްޕޯޓްސް ޖާގަ ހޯދައިފި އެވެ.

ސެމީ ފައިނަލުގައި ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ 3-9 އިން ރިވައިވަލް އެކެޑަމީ ބަލިކޮށްފަ އެވެ. އަދި އަނެއް ސެމީގައި ސީއެސް އިން ވަނީ 9-3 އިން ކްލަބް ސްޓެޓިކްގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލުގައި ރިވައިވަލް އާއި ސީއެސް ކުޅޭ މެޗު އޮންނާނީ މިއަދު ހަވީރު އެވެ.

ރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގެ ފިރިހެން ޑަބަލްސް ފުރަތަމަ މެޗުގައި ރިވައިވަލް އެކެޑަމީގެ އަހުމަދު ތޯއިފް އާއި ހަސަން ރިޔާޒްގެ ޕެއާ ވަނީ 15/10، 15/14 އިން ރިވައިވަލްގެ ޒަޔާން ޒަކީ އާއި މުހައްމަދު ޝާރިމް ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ރިވައިވަލް އެކެޑަމީގެ އަޒްމީލާ އިބްރާހިމް އާއި ފިރުޝާނާ ނަސީރުގެ ޕެއާ ވަނީ 15/13، 15/10 އިން ރިވައިވަލްގެ މިންނަ ރަޝީދާއި ބުސައިނާ އަހުމަދުގެ ޕެއާ ބަލިކޮށްފަ އެވެ.

ފުރަތަމަ ދެ ގޭމުގެ ފަހުން ދެ ކުޅުނު ހަތަރު ގޭމުން ވެސް މޮޅުވީ ރިވައިވަލް އެވެ. ފުރަތަމަ މިކްސް ޑަބަލްްސްގައި ރިވައިވަލްގެ ޒަޔާން އާއި ފާތިމަތު ނަބާހާގެ ޕެއާ ވަނީ 05/15، 10/15 އިން ރިވައިވަލް އެކެޑަމީގެ ތޯއިފާއި ފިރުޝާނާގެ ޕެއާ ބަލިކޮށްފަ އެެވެ. ދެ ވަަނަ ފިރިހެން ޑަބަލްސް މެޗުގައި ރިވައިވަލް އެކެޑަމީގެ ރިޔާޒް އާއި ވަސީމްގެ ޕެއާ އަތުން ރިވައިވަލްގެ މުހައްމަދު ނަޝްފާން އާއި ސާރިމްގެ ޕެއާ މޮޅުވީ 14/15، 07/15 އިންނެވެ. ދެ ވަނަ އަންހެން ޑަބަލްސް ރިވައިވަލް އެެކެޑަމީގެ އަޒްމީލާ އިބްރާހިމް އާއި ހައްވާ މުޒުނާގެ ޕެއާ އަތުން ރިވައިވަލްގެ އައިސްތު އިބްރާހިމް އާއި މިންނަގެ ޕެއާ ވަނީ 06/15، 09/15 އިން މޮޅުވެފަ އެވެ.

ރިވައިވަލް އެކެޑަމީގެ ފިރުޝާނާ އިއްޔެގެ މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ މިކްސް ޑަބަލްސްގައި ރިވައިވަލް އެކެޑަމީގެ އިބްރާހިމް ރާޝިހު އާއި ފާތިމަތު ޝީއަތުގެ ޕެއާ އަތުން ރިވައިވަލްގެ ނަޝްފާން އާއި ނަބާހާގެ ޕެއާ މޮޅުވީ 08/15، 07/15 އިންނެވެ.

އަނެއް ސެމީ ފައިނަލުގައި ސީއެސް އާއި ސްޓެޓިކްގެ ކުރިމަތިލުން ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ފުރަތަމަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ މުހައްމަދު އަޖުފާންް ރަޝީދާއި ޖެހާން ކާންޗާގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ސީއެސްގެ އަލީ މުއާޒާއި ހިޝާމް އަބްދުލް ލަތީފްގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 11/15 ،15/11 އަދި 06/11 އިންނެވެ.

ފުރަތަމަ އަންހެން ޑަބަލްސް އިން މޮޅުވީ ސީއެސް އެވެ. ސްޓެޓިކްގެ ޝަފާހަތު އަހުމަދު ޒާހިރާއި އައިޝަތު ޔުމްނާގެ ޕެއާ އަތުން ސީއެސްގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި ޝިފާން ހުސެއިންގެ ޕެއާ މޮޅުވީ 06/15، 09/15 އިންނެވެ. އޭގެ ފަހުން ކުޅުނު ފުރަަތަމަ މިކްސް ޑަބަލްސް ގެންދިޔައީ ސްޓެޓިކުންނެވެ. އެ ޓީމުގެ އަޖުފާން އާއި އާސިމާ މުހައްމަދުގެ ޕެއާ ވަނީ 15/08، 15/11 އިން ސީއެސްގެ ހިޝާމް އާއި އައިމިނަތު ޝަހުރުނާޒް މޫސާގެ ޕެއާ ބަލިކޮށްފަ އެވެ.

ސްޓެޓިކްގެ އަޖުފާން އިއްޔެގެ މެޗުގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެކަމަކު، ދެން ކުޅުނު ތިން ގޭމުން މޮޅުވެ، ސީއެސް ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ދެ ވަނަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ ތޯމަސް އެންތަނީ އާއި އަބްދުﷲ ޒުހުރީގެ ޕެއާ އަތުން ސީއެސްގެ އިބްރާހިމް ހުޝާމް އާއި ހަސަން އަފްޝީން ޝަހީމްގެ ޕެއާ މޮޅުވީ 12/15، 09/15 އިންނެވެ.

ދެ ވަނަ އަންހެން ޑަބަލްސް އިން ސްޓެޓިކްގެ އައިޝަތު އަފްނާން ރަޝީދާއި އާސިމާ މުހައްމަދުގެ ޕެއާ އަތުން ސީއެސްގެ ޝިފްނާ އާއި ޝަހުރުނާޒްގެ ޕެއާ މޮޅުވީ 12/15، 14/15 އިިންނެވެ. އޭގެ ފަހުން ކުޅުނު ދެ ވަނަ މިކްސް ޑަބަލްސް އިން ސްޓެޓިކްގެ ޖެހާން އާއި އަފްނާންގެ ޕެއާ ބަލިވީ ސީއެސްގެ މުއާޒް އާއި މައިސާގެ ޕެއާ އަތުންނެވެ. ސެޓުތައް ދިޔައީ 12/15، 12/15 އިންނެވެ.

މިކްސް ޗެމްޕިއަންޝިޕްގެ ތަށި ދިފާއުކުރަން ރިވައިވަލް އިން މިއަދު ހަވީރު ސީއެސްއާ ބައްދަލުކުރާ މެޗު ފަށާނީ 4 ޖަހާއިރު އެވެ. މެޗު ކުޅޭނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox