އެމެރިކާ ސިފައިން ކޮވިޑް އުސޫލަށް އަމަލު ނުކުރާތީ ޖަޕާނުގައި ހިތްހަމަނުޖެހުން

އޮމިކްރޯން ވޭރިއެންޓް ފެނުނު ފަހުން ޖަޕާނުގެ ބޯޑަރު ވަނީ ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

އޮމިކްރޯން ވޭރިއެންޓް ފެނުނު ފަހުން ޖަޕާނުގެ ބޯޑަރު ވަނީ ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (ޑިސެމްބަރު 22) - ޖަޕާނުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކާ ގުޅިފައިވާ ކޮވިޑް ކްލަސްޓާ އިން 200 އަށް ވުރެ ގިނަ މީހުންނަށް ބަލި ފެތުރިފައި ވާތީ ހިތްހަމަނުޖެހުން އުފެދިއްޖެ އެވެ.

ޖަޕާނުގެ ކަމާ ބެހޭ އިދާރާތަކުން އެމެރިކާ ސިފައިންނަށް އެންގީ ކޮވިޑަށް ޓެސްޓު ކުރުމަށާއި ކަރަންޓީނުވުމުގެ ގަވާއިދާ އެއް ގޮތަށް އަމަލު ކުރުމަށެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒު ކޭމްޕް ހެންސެން ހުންނަނީ ދެކުނު އޮކިނާވާ ސަރަހައްދުގަ އެވެ. ފޮރިން މިނިސްޓަރު ޔޮޝިމަސާ ހަޔަޝީ ވިދާޅުވީ އެ ތަނާ ގުޅިފައިވާ 215 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޖަޕާނުގައި އުޅޭ އެމެރިކާ ސިފައިންގެ ކޮމާންޑަރު ލެފްޓިނެންޓް ރިކީ ރުޕް އަށް ޖަޕާނު ސަރުކާރުން ހިތްހަމަނުޖެހޭކަން އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަޕާނުގެ ބޯޑަރުތައް މިހާރު ބޭރު ރައްޔިތުންނަށް ބަންދުކޮށްފައި ވާއިރު، ގައުމަށް އެތެރެވެވެނީ ފުރުމުގެ ކުރިންނާއި ލޭންޑު ކުރުމަށް ފަހު ކޮވިޑަށް ޓެސްޓުކޮށްގެންނެވެ. އެއަށްފަހު އަދި ދެ ހަފުތާ އައިސޮލޭޝަންގައި ހުންނަން ޖެހެ އެވެ.

ހަޔަޝީ ވިދާޅުވީ އެމެރިކާ ސިފައިންގެ ކޮވިޑް ޓެސްޓުތައް ހަދަނީ ފްލައިޓް ލޭންޑު ކުރާތާ 3-5 ދުވަސް ފަހުން ކަމަށާއި މަރުކަޒުގެ ތެރޭގައި އައިސޮލޭޓްވުމެއް ނެތި އުޅޭ ކަމަށެވެ.

"މިއީ ޖަޕާނުގެ ކޮވިޑް އުސޫލާ މުޅިން ހިލާފު ކަންކަން،" ޓޯކިޔޯގައި ނޫސްވެރިންނާ ވާހަކަދައްކަމުން ހަޔަޝީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖަޕާނު ސަރުކާރުގެ ކަންބޮޑުވުމާއި ހިތްހަމަނުޖެހުން އެމެރިކާ އަށް އަންގައި ދިނުމަށް އެދުނީ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ކަމަށެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒުގެ ކްލަސްޓާއާ ގުޅިފައިވާ މީހުންގެ ތެރެއިން އޮމިކްރޯން ވޭރިއެންޓް ފާހަގަވީ ކިތައް މީހުންގެ ގައިން ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ފާއިތުވި ހަފުތާގައި އެމެރިކާގައި ޕޮޒިޓިވްވި ކޭސްތަކުގެ ތިންބައިކޮށްފައި އެއްބަޔަކީ އޮމިކްރޯންގެ ސަބަބުން ބަލިވި މީހުންނެވެ.

އޮކިނާވާގައި ހުންނަ އަސްކަރީ މަރުކަޒުގައި އެމެރިކާގެ 20،000 އަށް ވުރެ މެރިން ސިފައިން ތިބެ އެވެ. އެމެރިކާ ސިފައިންގެ އެހެން ދާއިރާތަކުން ވެސް އެތައް ހާސް ސިފައިން ޖަޕާނުގައި އުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox