ސެންޓްރަލް ޒޯން: ފުރަތަމަ މެޗުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމު އަތުން އުޒްބެކިސްތާނަށް މޮޅެއް

Dec 23, 2021, 6:24 AM
މިއަދުގެ މެޗުގެ ތެރެއިން އުޒްބެކިސްތާން ކުޅުންތެރިއަކު ރާއްޖޭގެ ކުުޅުންތެރިން ކައިރިން ބޯޅަ ފޮނުވާލަނީ.

މިއަދުގެ މެޗުގެ ތެރެއިން އުޒްބެކިސްތާން ކުޅުންތެރިއަކު ރާއްޖޭގެ ކުުޅުންތެރިން ކައިރިން ބޯޅަ ފޮނުވާލަނީ.

ބަންގްލަދޭޝްގައި މިއަދު ހެނދުނު ފެށި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ އަންހެން ޓީމު އަތުން އުޒްބެކިސްތާން ޓީމު ސީދާ ތިން ސެޓުން މޮޅުވެއްޖެ އެވެ.

އުޒްބެކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅެ، ސެޓުތައް ގެންދިޔައީ 25-11، 25-08 އަދި 25-11 އިންނެވެ.

މިއީ 2019 ވަަނަ އަހަރު ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވި ސައުތު އޭޝިއަން ގޭމްސް އަށް ފަހު ގައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ގައުމީ އަންހެން ޓީމުން 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން މުބާރާތުގެ ރިހި މެޑަލް ހޯދި އެވެ. އެކަމަކު، އޭރު ޓީމުގައި ތިބި ސީނިއާ ގިނަ ކުޅުންތެރިންތަކެއް މި ފަހަރު އަމިއްލަ ސަބަބުތަކާ ހެދި ޓީމުގައި ނުހިމެނެ އެވެ.

މި ފަހަރު ސެންޓްރަލް ޒޯން މުބާރާތުގައި ކުޅޭ އަންހެން ޓީމުގެ އެވްރެޖް އުމުރަށް ބަލާއިރު އުޅޭނީ 20-21 ވަރަކަށް އަހަރުގަ އެވެ. އެންމެ ފަހުން ރިހި މެޑަލް ހޯދި ޓީމުގެ ހަތަރު ކުޅުންތެރިން މި ފަހަރުގެ ސްކޮޑުގައި ހިމެނެ އެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ މި ފަހަރުގެ ޓީމުގެ ކެޕްޓަން އައިޝަތު އިމްތިނާން (ނާން) އެވެ.

މިއަދުގެ މެޗު ފަށައިގެން ފުރަަތަމަ ސެޓުގައި އުޒްބެކިސްތާނުން އެ ޓީމުގެ އިސްކޮޅުން ދިގު ދެ ކުޅުންތެރިން ކަމަށްވާ ޒޮޒަކޯން ސަޓިވޯލްޑިއޭވާ އާއި ޒާނިގޯރާ އަސްކަރޯވާގެ ބޭނުން އެޓޭކާއި ޑިފެންސްގައި ވެސް ރަނގަޅަށް ހިފައި ސެޓުގެ ކުރީކޮޅުގައި 7-0 އިން ލީޑެއްނެގި އެވެ. ރާއްޖޭގެ ޓީމުން އައިމިނަތު އަފާފް ނިޒާމް އާއި އައިމިނަތު އަރީޝާ އަދި ޝަހާ ޝާމިންގެ އެޓޭކްތަކެއް ފޮނުވާލައިގެން ޕޮއިންޓްތަކެއް އެއްކުރެވޭތޯ ބެލި ނަމަވެސް އުޒްބެކިސްތާންގެ ރިސީވާއި ޑިފެންސް ފެނުނީ ރަނގަޅަށެވެ. އުޒްބެކިސްތާނުން ފުރަތަމަ ސެޓު ގެންދިޔައީ 25-11 އިންނެވެ.

ދެ ވަނަ ސެޓު ފަށައިގެން 1-0 އިން އުޒްބެކިސްތާން ލީޑުނެގިތާ އިރުކޮޅެއްގެ ތެރޭގައި މުބާރާތުގެ މެޗުތައް ކުޅޭ އިންޑޯ އިން 10 ވަރަކަށް މިނިޓަށް ކަރަންޓް ދިޔަ އެވެ. އަލުން ފަށައިގެން ވެސް ފެނިގެންދިޔައީ އުޒްކިސްތާނުން ފުރަތަމަ ސެޓުގައި ދެއްކި ކުޅުން ތަކުރާރު ކުރިތަނެވެ. ނަތީޖާ އަކަށްވީ ފުރަތަމަ ސެޓަށް ވުރެ ތަފާތު ބޮޑުކޮށް، އުޒްބެކިސްތާނުން ދެ ވަނަ ސެޓު ގެންދިއުމެވެ. އުޒްބެކިސްތާނުން މި ސެޓު ގެންދިޔައީ. 25-08 އިންނެވެ.

ރާްއްޖޭން ވަނީ ތިން ވަނަ ސެޓުގެ ކުރީކޮޅުގައި 3-3 އިން އުޒްބެކިސްތާނާ އެއްވަރުކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން ފުލުފުލުގައި ޕޮއިންޓްތަކެއް ހޯދައި އުޒްބެކިސްތާން ޓީމުން ކުޅުން ރަނގަޅުކޮށް، މި ސެޓު ވެސް ގެންގޮސް މެޗުން މޮޅުވީ އެވެ. މި ސެޓު ގެންދިޔައީ 25-11 އިންނެވެ.

ގައުމީ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނީ މެޗު ފަށައިގެން ކުޅުންތެރިންގެ ފަރާތުން ކޮންމެ ވެސް ވަރަކަށް ހާސްކަން ފެނުނު ކަމަށެވެ. އެކަމަކު، ޖުމްލަކޮށް ބަލާއިރު ޖޫނިއާ ޓީމެއްގެ ގޮތުގައި ރާއްޖޭން ފުރަތަަމަ މެޗުގައި މި ދެއްކި ކުޅުން ގޯހެއް ނޫން ކަމަށެވެ.

"އުޒްބެކިސްތާން ޓީމު މި ފެނުނީ ވަރަށް ވަރުގަދަކޮށް، ހުރިހާ ޑިޕާޓްމަންޓެއް ވެސް. އެ މީހުންގެ އިސްކޮޅާއި އެއްވަރަށް އެޓޭކްތައް ވެސް ޑިފެންސް ވެސް ފެނުނީ ރަނގަޅަށް. ފުރަތަމަ މެޗާ ބަލައި އަޅުގަނޑުމެންގެ މި އޮތް ޖޫނިއާ ޓީމު ވެސް ރަނގަޅަށް ކުޅުނު،" މުންތޭ ބުންޏެވެ.

މުންތޭ ބުނީ އުޒްބެކިސްތާން މެޗުން ޓީމުގެ ހާލަތު އިތުރަށް ދެނެގަނެވިއްޖެ ކަމަށާއި ކުރިއަށް ހުރި މެޗުތަކަށްދާއިރު، ޓީމު އެކުލަވާލަން ބަލާއިރު މި މެޗުގެ ބޭނުން ހިފޭނެ ކަމަށެެވެ.

އަންހެން ވޮލީ ޓީމު ދެން ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. އެ އަށް ފަހު ހޮނިހިރު ދުވަހު ލަންކާއާ ކުޅޭނެ އެވެ. އަދި އާދިއްތަ ދުވަހު ކިރްގިސްތާނާ ކުޅުމަށް ފަހު ލީގު ބުރުގެ ފަހު މެޗުގައި ބަންގްލަދޭޝާ ކުޅޭނީ ހޯމަ ދުވަހު އެވެ. ފައިނަލަށް ދާނީ ލީގު ބުރުގެ އެއް ވަނަ އަދި ދެ ވަނަ އެވެ. އަދި ލީގު ބުރުގެ ތިން ވަނަ އާއި ހަތަރު ވަނަ ޓީމު ރޭންކިން މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox