މިކްސް ޗެމްޕިއަންޝިޕް: ސެމީގައި ރިވައިވަލްގެ ދެ ޓީމާއި ސްޓެޓިކް އަދި ސީއެސް

Dec 22, 2021, 11:59 PM
މުބާރާތުގައި ރޭ ރިވައިވަލް ސްޕޯޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މުބާރާތުގައި ރޭ ރިވައިވަލް ސްޕޯޓްސް ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިހާރު ކުރިއަށްދާ ބީއޭއެމް މިކްސް ޗެމްޕިއަންޝިޕްގެ އިއްޔެގެ މެޗުތަކަށް ފަހު މުބާރާތުގެ ސެމީ ފައިނަލުން ރިވައިވަލް ސްޕޯޓްސް ކްލަބާއި ރިވައިވަލް ބެޑްމިންޓަން އެކެޑަމީ، ކްލަބް ސްޓެޓިކް އަދި ސީއެސް ސްޕޯޓްސް ޖާގަ ހޯދައިފި އެވެ.

ސެމީގެ ދެ މެޗު ވެސް އޮންނާނީ މިރޭ އެވެ. ރިވައިވަލް ސްޕޯޓްސް އާއި ރިވައިވަލް އެކެޑަމީ އެއް ސެމީ ފައިނަލުގައި ވާދަކުރާއިރު، ދެ ވަނަ ސެމީގައި ސްޓެޓިކް ނުކުންނާނީ ސީއެސްއާ ދެކޮޅަށެވެ. މެޗުތައް ކުޅެނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގަ އެވެ.

ހަތް ޓީމު ވާދަކުރާ މި މުބާރާތުގައި އިއްޔެ ހަވީރާއި ރޭގަނޑު ކުޅުނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. އިއްޔެ ހަވީރު ގްރޫޕް އޭގެ މެޗުން ބެޑްމިންޓަން ޖޫނިއާ ޕޫލް އަތުން ރިވައިވަލް އެކެޑަމީ މޮޅުވީ 16-0 ޕޮއިންޓުންނެވެ. އެ ގްރޫޕްގެ ދެ ވަނަ މެޗުގައި ރޭ އިންޑޯ ސްޕޯޓްސްއާ ކުޅެގެން ކްލަބް ސްޓެޓިކް ވަނީ 8-8 ޕޮއިންޓުން އެއްވަރުވެފަ އެވެ. އަދި ރޭ ރިވައިވަލް ސްޕޯޓްސް ވަނީ 16-0 ޕޮއިންޓުން ދަ ގްރޫޕް ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި ބީއޭއެމްގެ ޖޫނިއާ ޕޫލްގެ ލަޔާހު އަބްދުލް ލަތީފާއި ލިޔާހު އަބްދުލް ލަތީފްގެ ޕެއާ ވަނީ 15/03، 15/05 އިން ރިވައިވަލް އެކެޑަމީގެ އަހުމަދު ވަސީމާއި ހަސަން ރިޔާޒްގެ ޕެއާ އަތުން ބަލިވެފަ އެވެ. ފުރަތަަމަ އަންހެން ޑަބަލްސް އިން ރިވައިވަލް އެކެޑަމީގެ ފިރުޝާނާ ނަސީރާއި އަޒްމީލާ އިބްރާހިމްގެ ޕެއާ ވަނީ ބީއޭއެމް ޖޫނިއާ ޕޫލްގެ ޝުބާ މުހައްމަދު ޝަރީފާއި އައިޝަތު ލީމް މުހައްމަދުގެ ޕެއާ 06/15، 04/15 އިން ބަލިކޮށްފަ އެވެ. އަދި ފުރަތަމަ މިކްސް ޑަބަލްސްގައި ރިވައިވަލް އެކެޑަމީގެ އަހުމަދު ތޯއިފާއި ފާތިމަތު ޝީއަތު ޝިހާބްގެ ޕެއާ ވަނީ 05/15، 05/15 އިން ބީއޭއެމް ޖޫނިއާ ޕޫލްގެ މުހައްމަދު އުދައިޝް އާއި މައިޝާ އަހުމަދު އަދީމްގެ ޕެއާ ބަލިކޮށްފަ އެވެ.

ދެ ވަނަ ފިރިހެން ޑަބަލްސްގައި ބީއޭއެމް ޖޫނިއާ ޕޫލްގެ ލިޔާހާއި ހަސަން ޒަޔާން މުހައްމަދުގެ ޕެއާ އަތުން ރިވައިވަލް އެކެޑަމީގެ ތޯއިފާއި ހަސަން ރިޔާޒްގެ ޕެއާ 06/15، 06/15 އިން މޮޅުވެފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސްގައި ބީއޭއެމް ޖޫނިއާ ޕޫލްގެ އައިޝަތު ޒޯޔާ ހުސެއިން އާއި ޝައިބާ މުހައްމަދު ޝަރީފްގެ ޕެއާ ވަނީ ރިވައިވަލް އެކެޑަމީގެ އަޒްމީލާ އިބްރާހިމާއި ހައްވާ މުޒްނާ އަތުން ބަލިވެފަ އެވެ. އެއީ 09/15، 06/15 އިންނެވެ.

ދެ ވަނަ މިކްސް ޑަބަލްސްގައި ބީއޭއެމް ޖޫނިއާ ޕޫލްގެ ޒޯޔާ އާއި ޒަޔާންގެ ޕެއާ ވަނީ 14/15، 08/15 އިން ރިވައިވަލް އެކެޑަމީގެ އިބްރާހިމް ރާޝިހު އާއި ފިރުޝާނާގެ ޕެއާ އަތުން ބަލިވެފަ އެވެ. އަދި ފަހު ފިރިހެން ޑަބަލްސް މެޗުގައި ބީއޭއެމް ޖޫނިއާ ޕޫލްގެ މުހައްމަދު ސާލިމް އަބްދުލް ސަމަދާއި އައްޔޫބް އަޒްހަރު މުހައްމަދުގެ ޕެއާ ވަނީ ރިވައިވަލް އެކެޑަމީގެ އަހުމަދު ވަސީމާއި ރާޝިހުގެ ޕެއާ އަތުން ބަލިވެފަ އެވެ. އެއީ 02/15، 04/15 އިންނެވެ.

މުބާރާތުގައި ރޭ އިންޑޯ އާއި ސްޓެޓިކް ކުޅުނު މެޗުގެ ފުރަތަމަ ގޭމް ގެންދިޔައީ އިންޑޯ އިންނެވެ. ފުރަތަމަ ޑަބަލްސް މެޗުން އިންޑޯގެ ޝިފާއު އަބްދުﷲ އާއި މުހައްމަދު ޝާމީންގެ ޕެއާ ވަނީ 15/11، 15/13 އިން ސްޓެޓިކްގެ ތޯމަސް އެންތަނީ އާއި އާސިފް އާދަމް މަނިކްގެ ޕެއާ ބަލިކޮށްފަ އެވެ. އަންހެން ޑަބަލްސްގެ ފުރަތަމަ ގޭމުން ކުރިހޯދީ ސްޓެޓިކް އެވެ. ސްޓެޓިކްގެ އައިޝަތު އަފްނާން ރަޝީދާއި އާސިމާ މުހައްމަދުގެ ޕެއާ ވަނީ 11/15، 11/15 އިން އިންޑޯގެ ނީލާ އަހުމަދު ނަޖީބާއި ފާތިމަތު އިމްތިޝާލްގެ ޕެއާ ބަލިކޮށްފަ އެވެ. އަދި އެ އަށް ފަހު ކުޅުނު ފުރަތަމަ މިކްސް ޑަބަލްސް ގޭމުން ވެސް މޮޅުވީ ސްޓެޓިކް އެވެ. ސްޓެޓިކްގެ އާސިމާ އާއި މުހައްމަދު އަޖުފާން ރަޝީދުގެ ޕެއާ 04/15، 10/15 އިން މޮޅުވީ އިންޑޯގެ ޝާމީން އާއި އައިމިނަތު ނަސީމާގެ ޕެއާއާ ވާދަކޮށެވެ.

ދެ ވަނަ ފިރިހެން ޑަބަލްސް ގޭމުން މޮޅުވީ އިންޑޯގެ މުހައްމަދު އާކިފާއި ޔޫސުފް ނިޔާޒްގެ ޕެއާ އެވެ. އެއީ ސްޓެޓިކްގެ އަބްދުﷲ ޒުުހުރީ އާއި ޖެހާން ކާންޗާގެ ޕެއާއާ ވާދަކޮށް 15/09، 15/11 އިންނެވެ. ދެ ވަނަ އަންހެން ޑަބަލްސްގައި ސްޓެޓިކްގެ އަފްނާން އާއި އައިޝަތު ޔުމްނާގެ ޕެއާ ވަނީ 14/15، 09/15 އިން އިންޑޯގެ ނީލާ އާއި އައިޝަތު ޔޫސުފްގެ ޕެއާ ބަލިކޮށްފަ އެވެ. އެކަމަކު، ދެން ޖެހިގެން އައި މިކްސް ޑަބަލްސްގެ ދެ ވަނަ ގޭމުން މޮޅުވީ އިންޑޯ އެވެ. އިންޑޯގެ ސުތާރްސަން ރަވީން އާއި އާމިނަތު ނަސީމާގެ ޕެއާ ވަނީ 15/09، 15/09 އިން ސްޓެޓިކްގެ އަބްދުﷲ ޒުހުރީ އާއި ޔުމްނާގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ފިރިހެން ޑަަބަލްސް މެޗުން މޮޅުވީ ސްޓެޓިކް އެވެ. ސްޓެޓިކްގެ އަޖުފާން އާއި ޖެހާންގެ ޕެއާ ވަނީ 13/15، 13/15 އިން އިންޑޯގެ އާކިފާއި ޝިފާއުގެ ޕެއާ ބަލިކޮށް، މެޗު 8-8 ޕޮއިންޓުން އެއްވަރުކޮށްފަ އެވެ.

ރޭ ރިވައިވަލް ސްޕޯޓްސް ކުޅުނު މެޗުގައި ދަ ގްރޫޕް އަތުން ވަނީ މެޗުގެ ހަތް ގޭމުން ވެސް މޮޅުވެފަ އެވެ. ފުރަތަަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ ރިޝްވާން ޝިޔާމާއި އަލީ ޝަރްމީލް ވަނީ 15/10، 15/07 އިން ދަ ގްރޫޕްގެ އަމްރު އަބްދުލް މޫސާ އާއި އަހުމަދު ނިޔާޒްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސް މެޗުން ރިވައިވަލްގެ އައިމިނަތު ނަބީހާ އާއި މިންނަ ރަޝީދުގެ ޕެއާ ވަނީ 15/07، 15/10 އިން ދަ ގްރޫޕްގެ ފާތިމަތު ޖަޒްލީ އާއި މަރިޔަމް ޝަފާހަތުގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސް މެޗުން ރިވައިވަލްގެ މުހައްމަދު ނަޝްފާން އާއި ފާތިމަތު ނަބާހާގެ ޕެއާ މޮޅުވީ ދަ ގްރޫޕްގެ އައިމިނަތު ޒީނާ އާއި އަހުމަދު ހަލީމްގެ ޕެއާއާ ވާދަކޮށް 15/01، 15/04 އިންނެވެ.

ދެ ވަނަ ފިރިހެން ޑަބަލްސް މެޗުގައި ރިވައިވަލްގެ ނަޝްފާން އާއި އަހުމަދު އަދީމްގެ ޕެއާ ވަނީ ދަ ގްރޫޕްގެ މަޝްއޫދު ހަަސަން އާއި އިބްރާހިމް އަފީފްގެ ޕެއާ 15/11، 15/10 އިން ބަލިކޮށްފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސް މެޗުން ރިވައިވަލްގެ ނަބާހާ އާއި މިންނަގެ ޕެއާ ވަނީ 15/02، 15/06 އިން ދަ ގްރޫޕްގެ ޒީނާ އާއި މަރިޔަމް ޝާހިދާގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސް މެޗުން ރިވައިވަލްގެ ރިޝްވާން އާއި ނަބީހާގެ ޕެއާ ކުރިހޯދީ ދަ ގްރޫޕްގެ އިބްރާހިމް ފައިސަލް އާއި އާސިމާ އަބްދުލް ގާދިރުގެ ޕެއާ 15/06، 15/07 އިން ބަލިކޮށްގެންނެވެ. އަދި ފަހު ފިރިހެން ޑަަބަލްސް މެޗުން ރިވައިވަލްގެ ނަޝީރު ޝަރަފުއްދީން އާއި ޝަރްމީލްގެ ޕެއާ ވަނީ 15/14، 15/06 އިން ދަ ގްރޫޕްގެ އިބްރާހިމް އަފީދާއި އިސްމާއިލް ގިޔާސްގެ ޕެއާ ބަލިކޮށްފަ އެވެ.

މިކްސް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގެ ތަށި ހޯދީ ރިވައިވަލް އިންނެވެ. އެއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު ފައިނަލުގައި އިންޑޯ ބަލިކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox