ކުޅުދުއްފުށީގެ ގޯއްޗެއްގެ ހައްގުގައި 22 އަހަރު ފަހުން އަންހެނަކު ކުރި ދައުވާއިން ކާމިޔާބެއް

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ކުރިމަތީ އަންހެނަކު މަޑުކޮށްލައިގެން: 22 އަހަރު ފަހުން ކުރި ދައުވާއިން އަންހެނަކަށް ވަނީ ކާމިޔާބެއް ލިބިފައި --

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ކުރިމަތީ އަންހެނަކު މަޑުކޮށްލައިގެން: 22 އަހަރު ފަހުން ކުރި ދައުވާއިން އަންހެނަކަށް ވަނީ ކާމިޔާބެއް ލިބިފައި --

ކުޅުދުއްފުށީ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ލިޔުއްވި އެވެ; "ހައްގަކީ ގިނަ ދުވަސްވުމުގެ ސަބަބުން އެ ހައްގު އޭގެ ޒާތުގައި އުވި ނުވަތަ ބާތިލްވާނެ އެއްޗެއް ނޫނެވެ."

މެޖިސްޓްރޭޓް މިހެން ވިދާޅުވީ އެ ރަށަށް އުފަން މީހެއް ކަމަށްވާ ޝަރީފާ އަލީގެ އަތުން އަތުލި ގޯއްޗެއްގެ މައްސަލާގައި 22 އަހަރު ފަހުން އޭނާ ދައުވާ ކުރުމުން, ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެކަމާ ސުވާލު އުފެއްދުމުންނެވެ.

ގެވަޅު ހޯދުމަށް ޝަރީފާ އަލީ ކުރަމުން ދިޔަ މަސައްކަތުގައި އެންމެ ފަހުން ކޯޓާ ހަމައަށް ދިޔުމުން އޭނާއަށް ކޮންމެ ވެސް ވަރެއްގެ ކާމިޔާބެއް ވަނީ ލިބިފަ އެވެ. ނަމަވެސް, އެ ކާމިޔާބީއާ ހަމައަށް އޭނާއަށް ވާސިލުވެވުނުއިރު, އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލް އަދި ބަންޑާރަ ނައިބުގެ ހިޔާލު ވެސް ތަފާތެވެ. މީގެ 22 އަހަރު ކުރިން ދޫކުރި ކުޅުދުއްފުށީގެ 15 ނަންބަރު ގޯއްޗާމެދު އޮތީ ބޮޑު ހިލާފެކެވެ.

ޝަރީފާއަށް ގޯތި ދިނުމާއި އަތުލުން

ހދ. އަތޮޅު އޮފީހުން ޝަރީފާއަށް ގެވަޅެއް ކަނޑައިދީ އޭނާގެ ނަން މަތީ ހަވާލުކުރީ 1999 ވަނަ އަހަރު އެވެ. އެކަމަކު, އޭގެ މަސްތަކެއް ފަހުން އޭނާއަށް އެންގުމަކާ ނުލައި އެ ގޯތި އަތޮޅު އޮފީހުން އަތުލި އެވެ.

އަތޮޅު އޮފީހުން ގޯތި އަތުލީ ޝަރީފާ އަލީ އަމިއްލައަށް އެދުމުން ކަމަށް ރެކޯޑްތަކުން ދައްކާ ކަމަށް އެ އޮފީހުން ބުނެ އެވެ. އެގޮތަށް ބަޔާންކޮށް އޭރުގެ ވެރިޔަކު ސޮއިކޮށްފައި އޮތަސް އެއީ ކާކު ކަމެއް ޔަގީނެއް ނުވެ އެވެ. އަދި އެގޮތަށް އޭނާ އެދުނު ކަމަށް ޝަރީފާ ވެސް އިންކާރުކުރެ އެވެ.

ގޯތި އަތުލި މައްސަލަ 2001 ވަނަ އަހަރު ޝަރީފާ އަލީގެ ފަރާތުން އަތޮޅު އޮފީހަށް ހުށަހެޅި އެވެ. އެ މައްސަލަ އޭރުގެ އެޓޯލްސް މިނިސްޓްރީން ބަލައި 2007 ވަނަ އަހަރު ނިންމީ ޝަރީފާއަށް ގޯތި ދިނުން އެންމެ ރަނގަޅު ކަމުގަ އެވެ.

އަލުން ގޯތި ދިނުން ރަނގަޅު ކަމަށް މިނިސްޓްރީން ނިންމައި އެ ރިޕޯޓުން ފޮނުވުމުން ވެސް އަތޮޅު އޮފީހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނެތެވެ.

އޭގެފަހުން 2015 ވަނަ ޝަރީފާ ވަނީ އެ މައްސަލަ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާއަށް ހުށަހަޅާފަ އެވެ. އަދި 2019 ވަނަ އަހަރު ވެސް ގޯތީގެ ރަޖިސްޓްރީ ހެއްދުމުގެ ހުއްދައަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އަލިމަގެއް ފެނިފައިނުވެ އެވެ.

ޝަރީފާ އެންމެ ފަހުން ކޯޓަށް

ގޯތީގެ ހައްގުގައި ޝަރީފާ އެންމެ ފަހުން މައްސަލަ ހިފައިގެން ކޯޓަށް ވަނީ 2019 އަހަރު އެވެ. އޭނާ ހދ. އަތޮޅު ކައުންސިލްގެ މައްޗަށް ދައުވާކުރީ ގޯތި އަނބުރާ ހޯދުމަށެވެ.

އޭރުގެ އަތޮޅު އޮފީހަކީ މިހާރުގެ އަތޮޅު ކައުންސިލް ކަމުގައިވީ ނަމަވެސް, ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު ރަށުގެ ގޯތިތަކާއި ބިންތަކުގެ އިހްތިސޯސްއަކީ މިހާރު އެ ރަށެއްގެ ކައުންސިލްގެ ދަށުގައި އޮންނަ ކަމެކެވެ.

އެހެންވެ, މައްސަލާގެ ތެރެއަށް ކުޅުދުއްފުށީ ކޯޓުން ސިޓީ ކައުންސިލު ވެއްދި އެވެ. އަދި ބަންޑާރަ ބިމުގެ މައްސަލަތަކުގައި ދައުލަތް ތަމްސީލުކުރާނީ ބަންޑާރަ ނައިބުގެ އޮފީހުން ކަމަށް ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާތީ އެ އޮފީސް މައްސަލައަށް ވެއްދި އެވެ.

މައްސަލާގައި އަތޮޅު ކައުންސިލްގެ ސްޓޭންޑަކަށް އޮތީ ކަން ހިނގާފައިވާ ގޮތް ބަޔާން ކުރުން އެކަންޏެވެ. ޝަރީފާއާ ދެކޮޅަށް ވެސް އެއްކޮޅަށް ވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ސިޓީ ކައުންސިލުން ޝަރީފާއާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރި އެވެ.

ސިޓީ ކައުންސިލުން ޝަރީފާ އަލީއަށް ގޯތި އަލުން ދޭން ބޭނުމެއް ނުވެ އެވެ. އެ ކައުންސިލުން ބުނި ގޮތުގައި ގޯތި ދޫކުރާ އާންމު އުސޫލަކީ ފިރިމީހާއަށް ގޯއްޗެއް ނެތްނަމަ އަނބިމީހާއަށް ގޯއްޗެއް ދިނުން ކަމަށެވެ. ނަމަވެސް, ޝަރީފާއަށް ގޯތި ދިނީ އެ އުސޫލާ ހިލާފަށް ކަމަށެވެ.

ކައުންސިލުން ބުނި ގޮތުގައި ޝަރީފާގެ ގޯތި އަތުލީ އޭނާގެ ފިރިމީހާގެ ނަމުގައި ގޯއްޗެއް އޮތްކަން އެނގުމުންކަން ބެލެވޭ އެވެ. ފިރިމީހާއަށް ގޯތި ކަނޑައިދީފައިވަނީ 1989 ވަނަ އަހަރު އެވެ. އެހެންވެ, އަތުލި ގޯތި އަލުން ދިނަސް އެ ވާނީ އުސޫލާ ހިލާފު ކަމަކަށްވާތީ, އެކަން ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.

ގޯތީގެ މައްސަލާގައި ސިޓީ ކައުންސިލްގެ ސްޓޭންޑާ, ބަންޑާރަ ނައިބުގެ ހިޔާލު ތަފާތުވި އެވެ. އެ އޮފީހުން ގަބޫލުކުރި ގޮތުގައި ޝަރީފާއަށް ގޯތި ދޭން އެޓޯލްސް މިނިސްޓްރީން ނިންމާފައި އޮތްއިރު އެ ނިންމުމާ އެއްގޮތަށް ގޯއްޗެއް ނުދެވެންވީ ސަބަބެއް ނެތް ކަމެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ ޝަރީފާއަށް އެ ގޯތި ދޫކުރި ހިސާބުން އެއީ އޭނާގެ މިލްކެއް ކަމަށާއި މީހެއްގެ މިލްކެއްގައިވާ އެއްޗެއް ނަގާނަމަ އެ ނެގޭނީ އޭރު އަމަލުކުރި ގާނޫނުތަކުގައިވާ ގޮތުން ވެސް ބަދަލު ދިނުމަށްފަހު އެވެ. އެހެންވެ, އެ ގޯތި ޝަރީފާ އަތުން ނެގިއިރު ނަގަން ޖެހޭނީ ބަދަލު ދީފައިކަން ފާހަގަކުރި އެވެ.

ޝަރީފާއަށް ގޯތި ދިނުން އުސޫލާ ހިލާފެއް ނޫން

ސިޓީ ކައުންސިލުން އެހެން ވަކާލާތުކުރި ނަމަވެސް, ކުޅުދުއްފުށީ ކޯޓުން ކަނޑައެޅި ގޮތުގައި ޝަރީފާއަށް ގޯތި ދޫކޮށްފައިވަނީ އޭރު އަމަލުކުރަމުންދިޔަ ގާނޫނީ އުސޫލުތަކާ ހިލާފަކަށް ނޫނެވެ.

އެގޮތުން މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ނެރުއްވި ހުކުމްގައިވާ ގޮތުން އޭރު އަމަލުކުރި "ރާއްޖެތެރޭގެ މީހުން އުޅޭ ރަށްރަށުން ދިރިއުޅުމަށްޓަކައި ގޯތި ދިނުމުގެ ގަވައިދު"ގައި މީހުން ދިރިއުޅޭ ރަށަކުން ގޯތި ހޯދުމަށް 18 އަހަރުން މަތީ ކޮންމެ މީހަކަށް ވެސް ހުށަހެޅިދާނެ އެވެ. ޝަރުތެއްގެ ގޮތުގައި ފިރިމީހާގެ ނަމުގައި ގޯއްޗެއް ނެތުން ހިމަނާފައެއް ނުވެ އެވެ.

ހުކުމްގައި ދެން ފާހަގަކުރީ ޝަރީފާ އެދުމުގެ މަތިން ގޯތި ވަކިކުރި ކަމަށް ބުނި ނަމަވެސް, އެކަން ސާބިތުކޮށްދެވިފައިނުވާ ކަމެވެ. އެފަދަ އެއްވެސް ލިޔުމެއް ވެސް ނެތްއިރު, "އަމިއްލައަށް އެދިގެން" ގޯތި ވަކިކުރީ ކަމަށް ބުނެ ލިޔުމެއް ހަދައި އެ ލިޔުމުގައި ސޮއިކުރީ ކާކު ކަމެއް އެނގެން ނެތްކަން ފާހަގަކުރި އެވެ.

"ޝަރީފާ އަލީގެ ކިބައިން ގޯތި ވަކިކުރުމުގައި އަމަލުކޮށްފައިވަނީ ސައްހަ އިޖުރާއަތަކުންކަން އެނގެން ނެތަތީ, ޝަރީފާ އަލީގެ ކިބައިން ގޯތި ވަކިކުރަން ނިންމި ނިންމުން ސައްހައެއް ނުވާނެ އެވެ," ހުކުމްގައިވެ އެވެ.

ގޯތީ އަނބުރާ ދިނުމުގެ އަމުރެއް ނުނެރޭ

ޝަރީފާގެ އަތުން ގޯތި އަތުލުން ސައްހަ ނޫން ކަމަށް ނިންމި ނަމަވެސް, މި މައްސަލާގައި އޭނާ އެދުނު ގޮތަށް ގޯތި އަނބުރާ ދިނުމުގެ އަމުރެއް ނުކުރެ އެވެ. އޭގެ ސަބަބަކީ އަހަރުތަކާއެކު ބަދަލުވެފައި އޮތް އިހުތިސޯސް އެވެ.

މައްސަލާގައި ޝަރީފާ ދައުވާކުރީ އަތޮޅު ކައުންސިލްގެ މައްޗަށެވެ. އެ ކައުންސިލްގެ މައްޗަށް ގޯތި އަލުން ދިނުމަށް އަމުރެއް ކުރި ނަމަވެސް, އޭގެން ނުކުންނާނެ ނަތީޖާއެއް ނެތެވެ. ގޯތި ދޫކުރުމުގެ އިހްތިސޯސް މިހާރު އޮތީ ސިޓީ ކައުންސިލަށެވެ.

"ވަކި ކަމެއް ކުރުމުގެ ގާނޫނީ ހައިސިއްޔަތެއް ލިބިގެން ނުވާ މައުނަވީ ނުވަތަ ތަބައީ ޝަހުސެއްގެ މައްޗަށް އެކަމެއް ކުރުމަށް ޝަރީއަތުން އަމުރެއް ނުކުރެވޭނެ," މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

މައްސަލާގެ ތެރެއަށް ޝަރީއަތަށް ފެނިގެން ސިޓީ ކައުންސިލު ތަދައްހުލްކޮށްފައިވީ ނަމަވެސް, މައްސަލާގެ ހަސްމުންގެ މައްޗަށް ނޫނީ ޝަރީއަތަށް އަމުރެއް ނުކުރެވޭނެކަން ހުކުމްގައި ފާހަގަކުރި އެވެ.

"ތަދައްހުލު ކުރި ފަރާތުގެ މައްޗަށް ކަމެއް ލާޒިމުވާ ގޮތަށް ހުކުމެއް ނުނެރެވޭނެ, އެހެނީ ދައުވާގައި ޝަރީއަތުން ގޮތެއް ކަނޑައެޅޭނީ އެ ދައުވާ އުފުލި ފަރާތުން އެ ދައުވާ ރައްދުކުރި ފަރާތަށް އެ އުފުލި ދައުވާ ސާބިތުވާކަން ނުވަތަ ނުވާ ކަމުގެ މައްޗަށް," ހުކުމްގައިވެ އެވެ.

އެހެންވެ, ސިޓީ ކައުންސިލްގެ މައްޗަށް މި މައްސަލާގައި އަމުރު ނުނެރުވުނު ނަމަވެސް, ހުކުމްކުރީ ސިޓީ ކައުންސިލްގެ މައްޗަށް ގޯތި ހޯދުމަށް ޝަރީފާއަށް ވަކިން ދައުވާކުރުމުގެ ހައްގު އޮންނާނެ ކަމަށެވެ.

މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް ވިދާޅުވި ގޮތުގައި ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ހިދުމަތް ދޭން ވާނީ ޖަވާބުދާރީވަނިވި ގޮތަކަށެވެ. އެކަން އެގޮތަށް ނުކޮށްފިނަމަ އެތައް ބައެއްގެ ހައްގު ގެއްލި އަދި އެކަމުގެ ސަބަބުން ފަހުން ދައުލަތުން އުފުލަން ޖެހޭ ބުރަ އާއި ކުރަން ޖެހޭ ހޭދަ އިތުރުވެ އެވެ.

އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ހައްގަކީ ގިނަ ދުވަސްވުމުގެ ސަބަބުން އެ ހައްގު އޭގެ ޒާތުގައި އުވި ނުވަތަ ބާތިލްވާނެ އެއްޗެއް ނޫން ކަމެވެ.

"ރާއްޖޭގައި މިފަދަ ދައުވާތައް ކުރުމަށް ގާނޫނަކުން ވަކި މުއްދަތެއް ކަނޑައަޅައި ގައިދުކޮށްފައިނުވާއިރު ހައްގުގެ ވެރިފަރާތުން އެ ހައްގު ހޯދުމަށް ދައުލަތުގެ އިދާރީ މުއައްސަސާތަކަށް އެ މައްސަލަ ހުށަހެޅުމާ އަދި އިދާރީ ފިޔަވަޅުތަކުން އެ މައްސަލައަށް ހައްލު ލިބިފައިނުވާ ކަމަށް ގަބޫލު ކުރެވޭނަމަ ޝަރީއަތަށް އެ މައްސަލައެއް ހުށަހެޅުމުގެ ހައްގު ވަކި މުއްދަތަކާ ގުޅުވައިގެން ހަނި ކުރެވޭނެ ކަމަކަށް ޝަރީއަތަށް ގަބޫލެއް ނުކުރެވޭ," ހުކުމްގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox