މިކްސް ޗެމްޕިއަންޝިޕް: ރިވައިވަލް އެެކެޑަމީ ބަލިކޮށް ސްޓެޓިކް ސެމީއާ ގާތަށް

Dec 22, 2021, 1:27 AM
މިކްސް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން ސްޓެޓިކްގެ އަފްނާން (ކ) އާއި އާސިމާ.-- ފޮޓޯ: އިމޭޖަސް،އެމްވީ

މިކްސް ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުގެ ތެރެއިން ސްޓެޓިކްގެ އަފްނާން (ކ) އާއި އާސިމާ.-- ފޮޓޯ: އިމޭޖަސް،އެމްވީ

މިހާރު ކުރިއަށްދާ ބީއޭއެމް މިކްސް ޗެމްޕިއަންޝިޕްގައި ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ ބަލިކޮށް ކްލަބް ސްޓެޓިކް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ސްޓެޓިކް ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ބެޑްމިންޓަން ޖޫނިއާ ނެޝަނަލް ޕޫލް އާއި ރިވައިވަލް އެެކެޑަމީ އަތުން މޮޅުވެފަ އެވެ. ރިވައިވަލް އެކެޑަމީ ވަނީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެޑަމީ އަތުން މޮޅުވެފަ އެވެ. އިންޑޯ ވަނީ ބީއޭއެމް ޖޫނިއާ ނެޝަނަލް ޕޫލް ބަލިކޮށްފަ އެވެ.. މިރޭ ރިވައިވަލް އެކެޑަމީ ކުޅޭނީ ބީއޭއެމް ޖޫނިއާ ނެޝަނަލް ޕޫލާ ދެކޮޅަށެވެ. އަދި ސްޓެޓިކް އިން ކުޅޭނީ އިންޑޯއާ އެވެ.

އިއްޔެ ހަވީރު ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ކުޅުނު މެޗުން ރިވައިވަލް އެކެޑަމީ އަތުން ސްޓެޓިކް މޮޅުވީ 11-6 ޕޮއިންޓުންނެވެ.

ފުރަތަމަ ޑަބަލްސްގައި ސްޓެޓިކްގެ އާސިފް އާދަމް މަނިކް އާއި ތޯމަސް އެންތަނީގެ ޕެއާ އަތުން ރިވައިވަލްގެ އަހުމަދު ތޯއިފާއި އައްފާން އަލީގެ ޕެއާ މޮޅުވީ 08/15، 11/15 އިންނެވެ. ދެން ކުޅުނު އަންހެން ޑަބަލްސް މެޗުން މޮޅުވީ ސްޓެޓިކް އެވެ. ސްޓެޓިކްގެ އައިޝަތު އަފްނާން ރަޝީދާއި އާސިމާ މުހައްމަދުގެ ޕެއާ ވަނީ 16/05، 15/ 07 އިން ރިވައިވަލްގެ ފާތިމަތު ޝީއަތު އާއި ހައްވާ މުޒުނާގެ ޕެއާ ބަލިކޮށްފަ އެވެ.

ދެން ކުޅުނު ދެ ގޭމް ވެސް ގެންދިޔައީ ރިވައިވަލް އެކެޑަމީންެނެވެ. އެ ގޮތުން ފުރަތަމަ މިކްސް ޑަބަލްސްގައި ރިވައިވަލްގެ އިބްރާހިމް ރާޝިހާއި އަޒްމީލާ އިބްރާހިމްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ސްޓެޓިކްގެ ތޯމަސް އާއި ސަފާތު އަހުމަދު ޒާހިރުގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 14/15، 15/11، 09/11 އިންނެވެ. ފިރިހެން ޑަބަލްސްގެ ދެ ވަނަ މެޗުން ސްޓެޓިކްގެ އާސިފާއި ޖެހާން ކަންޗާގެ ޕެއާ ވަނީ ރިވައިވަލްގެ ތޯއިފާއި ހަސަން ރިޔާޒްގެ ޕެއާ އަތުން 07/15، 11/15 އިން ބަލިވެފަ އެވެ.

ސްޓެޓިކް މޮޅުވީ ފަހު ތިން ގޭމް ކާމިޔާބު ކޮށްގެންނެވެ. އެ ގޮތުން ދެ ވަނަ އަންހެން ޑަބަލްސް މެޗުން އަފްނާން އާއި އައިޝަތު ޔުމްނާގެ ޕެއާ ވަނީ 15/06، 15/06 އިން ރިވައިވަލްގެ މުޒުނާ އާއި އަޒްމީލާގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި މުހައްމަދު އަޖުފާން ރަޝީދު އާއި އާސިމާގެ ޕެއާ ވަނީ 15/05، 15/05 އިން ރިވައިވަލްގެ ޝީއަތާއި އައްފާންގެ ޕެއާ ބަލިކޮށްފަ އެވެ. އަދި ފަހު ފިރިހެން ޑަބަލްސްގައި އަޖުފާން އާއި ޖެހާންގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ އަހުމަދު ވަސީމާއި ހަސަން ރިޔާޒްގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ދިޔައީ 15/13، 14/15 އަދި 11/07 އިންނެވެ.

ދެ މެޗުން މޮޅުވެ ސީއެސް ސެމީ އަށް

ސީއެސް ސްޕޯޓްސް ވަނީ މުބާރާތުގެ ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ސީއެސް ވަނީ ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެ ގޮތުން ފުރަތަމަ އެންމެ ފަހުގެ ޗެމްޕިއަން ރިވައިވަލް އަތުން މޮޅުވިއިރު، ރޭ ވަނީ ދަ ގްރޫޕް ސްޕޯޓްސް އެކެޑަމީ 16-0 އިން ބަލިކޮށްފަ އެވެ. ކުޅުނުހަ ގޭމުން ވެސް ކުރިހޯދީ ސީއެސް އިންނެވެ.

ފުރަތަމަ ފިރިހެން ޑަބަލްސް މެޗުގައި ސީއެސްގެ މުހައްމަދު ހިޝާމް އާއި އަހުމަދު ރިޔާޒްގެ ޕެއާ ވަނީ 15//08 އާއި 15/04 އިން ދަ ގްރޫޕްގެ އިސްމާއިލް ގިޔާސް އާއި އަހުމަދު ނިޔާޒްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ސީއެސްގެ ޝިފްނާ ހުސެއިން އާއި އައިމިނަތު ޝަހުރުނާޒް މޫސާގެ ޕެއާ ވަނީ ދަ ގްރޫޕްގެ ފާތިމަތު ޖަޒްލީ އާއި މަރިޔަމް ޝަފާހަތުގެ ޕެއާ 15/08، 15/04 އިން ބަލިކޮށްފަ އެވެ. ފުރަަތަމަ މިކްސް ޑަބަލްސްގައި ސީއެސްގެ އަލީ މުއާޒާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ވަނީ 15/02، 15/07 އިން ދަ ގްރޫޕްގެ އިބްރާހިމް ފައިސަލް އާއި އާސިމާ އަބްދުލް ގާދިރުގެ ޕެއާ ބަލިކޮށްފަ އެވެ.

ދެ ވަނަ ފިރިހެން ޑަބަލްސްގައި ސީއެސްގެ ހަސަން އަފްޝީން ޝަހީމް އާއި އިބްރާހިމް ހުޝާމްގެ ޕެއާ ވަނީ ދަ ގްރޫޕްގެ އާދަމް ހަލީމް އާއި އިބްރާހިމް އަފީފްގެ ޕެއާ 15/01، 15/11 އިން ބަލިކޮށްފަ އެވެ. ދެ ވަނަ އަންހެން ޑަބަލްސްގައި ސީއެސްގެ ޝިފްނާ އާއި މައިސާގެ ޕެއާ ވަނީ 15/04، 15/02 އިން ދަ ގްރޫޕްގެ އާސިމާ އާއި މަރިޔަމް ޝާހިދާގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ދަ ގްރޫޕްގެ ގިޔާސް އާއި ޖަޒްލީ އަތުން ސީއެސްގެ ހިޝާމް އާއި ޝަހުރުނާޒް މޮޅުވީ 15/05، 15/05 އިންނެވެ. އަދި ފަހު ފިރިހެން ޑަބަލްސް މެޗުން ސީއެސްގެ އަފްޝީން އާއި އާސިރު ނިޒާރް ވަނީ 15/03 އާއި 15/06 އިން ދަ ގްރޫޕްގެ އަމްރު އާދަމް މޫސާ އާއި އަފީފްގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގައި މިރޭ ކުޅޭނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. މެޗުތައް ކުޅޭނީ ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި ހަވީރާއި ރޭގަނޑު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox