ލަންކާއިން ދަރަނި ދައްކަން ފައިސާގެ ބަދަލުގައި އިރާނަށް ސައިފަތް

ސްރީލަންކާ އާއި އިރާނުން އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އިކޮނޮމީ ނެކްސްޓް

ސްރީލަންކާ އާއި އިރާނުން އެއްބަސްވުމުގައި ސޮއިކުރަނީ. -- ފޮޓޯ: އިކޮނޮމީ ނެކްސްޓް

ސިލޯން ޕެޓްރޯލިއަމް ކޯޕޮރޭޝަނުން ދަރަންޏަށް ނެގި ތެލަށް ފައިސާ ދެއްކުމުގެ ބަދަލުގައި އިރާނަށް ސައިފަތް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ލަންކާ އިން ދަރަންޏަށް ތެޔޮ ނެގީ ނޭޝަނަލް އިރާނިއަން އޮއިލް ކޮމްޕެނީ އިންނެވެ. ނަމަވެސް އެމެރިކާއިން އިރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާ ހެދި އިރާނުގެ ބޭންކުތަކާ މުއާމަލާތް ކުރުން އޮތީ މަނާކޮށްފަ އެވެ.

އެހެންކަމުން ބޭންކަށް ފައިސާ ދެއްކުމުގެ ބަދަލުގައި ކޮންމެ މަހަކު ވެސް ސްރީލަންކާގެ ސައިފަތް ބޯޑަށް ފަސް މިލިއަން ޑޮލަރަށް ވާ ވަރުގެ ރުޕީޒް ސަރުކާރުން ފޯރުކޮށްދޭނެ އެވެ.

ސައިފަތް ބޯޑުން މަރުކަޒީ ބޭންކުގެ ރޭޓަށް ބެލުމަށް ފަހު ސައިފަތް އެކްސްޕޯޓް ކުރާ ވަކިވަކި ކުންފުނިތަކަށް ފައިސާ ބަހާނެ އެވެ. އަދި އިރާނަށް ސައިފަތް އެކްސްޕޯޓް ކުރާނީ ކުންފުނިތަކުންނެވެ.

"މި ސްކީމްގެ ދަށުން އެމެރިކާ އާއި އދ. އިން އަޅާފައިވާ އެއްވެސް ފިޔަވަޅަކާ ހިލާފެއް ނުވާނެ. މިކަމުގައި އިރާނުގެ އެއްވެސް ބޭންކެއް ބައިވެރިނުކޮށް ކުރިއަށް ދެވޭނެ،" ލަންކާގެ ޕްލާންޓޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުންޏެވެ.

"ދަރަނި އަދާކުރުމުގެ މުހިއްމުކަން އިރާނުން ތަކުރާރުކޮށް ފާހަގަކޮށްފައި ވާއިރު، މި ސްކީމްގެ ދަށުން ފަސް މިލިއަން ޑޮލަރަށް ވާ ވަރަށް ލަންކާ ރުޕީޒް ހޭދަކޮށްގެން ދަރަނި އަދާކުރެވޭނެ."

އެ މިނިސްޓްރީން އިތުރަށް ބުނީ އެއްބަސްވުމުގެ ދަށުން ލަންކާ އިން ބޭރު ފައިސާ ނުގެއްލޭނެ ކަމަށެވެ. މި ވަގުތު ލަންކާ އަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. އެގޮތަށް ދިމާވީ އިންޓްރެސްޓް ރޭޓް ކުޑަކޮށް ބޭއްވުމުގެ ނިޔަތުގައި ރިކޯޑް މިންވަރަށް ފައިސާ ޕްރިންޓު ކުރުމުންނެވެ.

ލަންކާ އިން އާއްމު ގޮތެއްގައި ދަރަންޏަށް ތެޔޮ ހޯދަނީ އެކުވެރި ގައުމުތަކުންނެވެ. ފައިސާގެ އަގު ވެއްޓޭ ވަރަކަށް، ދަރަންޏަށް ނެގި ތެލަށްވާ ފައިސާ، ޑޮލަރުން ދައްކަން އުނދަގޫވެ އެވެ.

ސްރީލަންކާ އިން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 14.5 މިލިއަން ޑޮލަރުގެ ސައިފަތް އިރާނަށް އެކްސްޕޯޓް ކުރި އެވެ. އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 0.39 ޕަސެންޓުގެ އުފުލުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox