ކޮވިޑާ ގުޅޭ ހާލަތެއް މެދުވެރިވެ ގައުމީ ފިރިހެން ވޮލީ ޓީމަށް ސެންޓްރަލް ޒޯން މުބާރާތަށް ނުފުރުނު

Dec 21, 2021, 12:01 PM
އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ފިރިހެން ވޮލީ ޓީމު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ފިރިހެން ވޮލީ ޓީމު.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ވާދަކުރަން ގައުމީ ފިރިހެން ވޮލީ ބޯޅަ ޓީމު މިއަދު ބަންގްލަދޭޝަށް ނުފުރި މާލޭގައި މަޑުކުރަން ޖެހިއްޖެ އެވެ.

ބަންގްލަދޭޝްގައި މި މަހު 23-29 އަށް ކުރިއަށްދާ ސެންޓްރަލް ޒޯން މުބާރާތުގައި ވާދަކުރަން ގައުމީ ފިރިހެން ވޮލީ ޓީމު އެއާޕޯޓަށް ދިޔަ ނަމަވެސް ޓީމު ތެރޭގައި ކޮވިޑް-19ގެ ހާލަތެއް ކުރިމަތިވެ، ޓީމަށް ފުރޭގޮތެއްނުވި އެވެ. ޓީމުގެ ހުރިހާ ކުޅުންތެރިން ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކު ފުރަން އެއާޕޯޓަށް ދިޔަ ނަމަވެސް ޓީމުގައި ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ތިބި ކުޅުންތެރިން ތިބުމުން މިއަދު މޯލްޑިވިއަން ފްލައިޓުން ޑާކާ އަށް ނުފުރުނެެވެ.

ޓީމު މިހާރު މާލޭގައި ތިބިއިރު، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އަންނަނީ އެޗްޕީއޭއާ ވާހަކަ ދައްކައިގެން ލަސްވެގެން ފިރިހެން ވޮލީ ޓީމު މާދަމާ ބަންގްލަދޭޝަށް ފުރޭނެ އިންތިޒާމެއް ރޭވޭތޯ މަސައްކަތް ކުރަމުންނެވެ.

ފިރިހެން ޓީމުން ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން މާލޭގައި ވަނީ މި މަހު ތެރޭގައި ހަ މެޗެއް ކުޅެފަ އެވެ. ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު ތިން މެޗުން ރާއްޖެ ވަނީ ސީދާ ތިން ސެޓުން ބަލިވެފަ އެވެ. އޭގެ ފަހުން އިންޑިއާގެ ކްލަބް، ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ގައުމީ ވޮލީ ޓީމު ކުޅުނު ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ފުރަތަަމަ ދެ މެޗުން ހައިދަރުއާބާދު ސްޕައިކާސް އަތުން ގައުމީ ޓީމު މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. އެކަމަކު، ފަހު މެޗުން ގައުމީ ފިރިހެން ވޮލީ ޓީމު ވަނީ ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

ސެންޓްރަލް ޒޯން ފިރިހެން މުބާރާތުގައި މިހާރު އޮތްގޮތުން ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ހޯސްޓްގެ ބަންގްލަދޭޝާއި ނޭޕާލް، ލަންކާ އަދި އުޒްބެކިސްތާން އެވެ. މުބާރާތުގެ ޝެޑިއުލްގައިވާ ގޮތުން ފުރަތަމަ މެޗުގައި ފިރިހެން ވޮލީ ޓީމު އަންނަ ބުރާސްފަތި ދުވަހު ބަންގްލަދޭޝާ ކުޅޭނެ އެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތް މި ބާއްވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މިއީ ކޮވިޑް-19ގެ ހުއްޓުމަށް ފަހު ގައުމީ ވޮލީ ޓީމު ބައިވެރިވާ ފުރަތަމަ މުބާރާތެވެ.

އަންހެން ވޮލީ ޓީމު ބަންގްލަދޭޝްގައި

ފިރިހެން ވޮލީ ޓީމަށް މިއަދު ބަންގަލަދޭޝަށް ނުދެވުނު ނަމަވެސް ގައުމީ އަންހެން ވޮލީ ޓީމު ވަނީ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ވާދަކުރަން ބަންގްލަދޭޝަށް ގޮސްފަ އެވެ. އެ މުބާރާތް ކުރިއަށްދާނީ 23-29 އަށެވެ.

މިއަދު ހަވީރު ބަންގްލަދޭޝްގައި ގައުމީ އަންހެން ވޮލީ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށް ގެންދާނެ އެވެ. ޓީމުގެ ކޯޗަކީ ދިވެހި ސިފައިންގެ ކްލަބްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު، މުމްތާޒް އަލީ (މުންތޭ) އެވެ.

މީގެ ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗުކަން ކުރަމުން އައީ އަހުމަދު އަދީލް (ބޭބެ) އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި އަންހެން ޓީމަށް އިރުޝާދުދިނުމުގައި ބޭބެގެ އިތުރުން ދެން ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް އެވެ. ފައިސަލް ހުރީ މިހާރު ވެސް ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމުގަ އެވެ.

އެންމެ ފަހުން ބޭއްވި ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރިހި މެޑަލް ހޯދި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ޓީމުގައި މި ފަހަރު ނުހިމެނެ އެވެ. ސީނިއާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން އަންހެން ވޮލީ ޓީމު މުބާރާތަށް، އައިއިރު ޓީމުގެ ކެޕްޓަނަކީ އައިޝަތު އިމްތިނާން (ނާން) އެވެ.

މި ފަހަރު ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރަނީ ނޭޕާލް، އުޒްބެކިސްތާން، ކިރްގިސްތާން އަދި ލަންކާ އެވެ. ޝެޑިއުލްގައިވާ ގޮތުން ރާއްޖެ ފުރަތަމަ މެޗުގައި ބުރާސްފަތި ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭނެ އެވެ.

ސެންޓްރަލް ޒޯންގެ އަންހެން އަދި ފިރިހެން މުބާރާތް ވެސް ބަންގްލަދޭޝްގައި ކުރިއަށްދާނީ ފުރަތަމަ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. އަދި ތިން ވަނަ އާއި ހަތަރު ވަނަ ޓީމު ރޭންކިން މެޗެއް ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox