ފަރުވާ އަށް ޔަމަނުން ފުރުވާލި އިރާން ސަފީރު އަވަހާރަވެއްޖެ

ސައުދީ އަރަބިއްޔާ އިން ވަނީ ސަނާގައި ހުންނަ އެއާޕޯޓު ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ސައުދީ އަރަބިއްޔާ އިން ވަނީ ސަނާގައި ހުންނަ އެއާޕޯޓު ބަންދުކޮށްފައި. -- ފޮޓޯ: އޭއެފްޕީ

ތެހްރާން، އިރާން (ޑިސެމްބަރު 21) - ޔަމަނުގައި ހުންނަ އިރާނުގެ ސަފީރަށް ކޮވިޑް ޖެހިވަޑައިގެން ސިއްހީ ފަރުވާ އަށް އެ ގައުމުން ފުރުވާލި ނަމަވެސް އަވަހާރަވެފައިވާ ކަމަށް އިރާން ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޔަމަނުގެ ވެރިރަށް ސަނާ ކޮންޓްރޯލް ކުރަނީ އިރާނުގެ އެހީއާ އެކު އުޅޭ ހޫތީ ހަނގުރާމަވެރިންނެވެ. ނަމަވެސް އެ ތަނުގައި ހުންނަ އެއާޕޯޓު ސައުދީ އަރަބިއްޔާ އިން އޮންނަނީ ބަންދުކޮށްފަ އެވެ.

ޔަމަނުގެ ހޫތީންގެ އެދުމަށް އިރާގާއި އޮމާނުން ވެސް ސަފީރު ޔަމަނުން ފުރުމުގެ ހުއްދަ އަށް ސައުދީ އަރަބިއްޔާގައި އެދުމުން، ހުއްދަ ދިނީ މީގެ ދެ ދުވަސް ކުރިންނެވެ. އެއާއެކު އިރާގުގެ ވައިގެ އުޅަނދެއްގައި ސަފީރު ވަޑައިގެންނެވީ ބަގްދާދަށެވެ.

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ސައީދް ހާތިބްޒާދެހް ވިދާޅުވީ ސަފީރު ހަސަން އެއިރްލޫ އަވަހާރަވީ "ބައެއް ގައުމުތަކުން މާ ލަހުން އެއްބާރުލުން ދިނުމުން" ކަމަށެވެ.

އިރާނާއި ސައުދީގެ މައްސަލަތައް ހައްލު ކުރަން ދެ ގައުމުގެ މެދުގައި މަޝްވަރާތަކުގެ މެދުވެރިއެއްގެ ދައުރު އަދާކުރަނީ އިރާގުންނެވެ. ޔަމަން ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހި އޮތް ހަމައެކަނި ގަލްފުގެ އަރަބި ގައުމަކީ އޮމާން އެވެ.

ޔަމަންގެ ވެރިރަށް ސަނާގައި ގާއިމްކޮށްގެން އުޅޭ ހޫތީންގެ ސަރުކާރު ބަލައިގަންނަ ހަމައެކަނި ގައުމަކީ އިރާނެވެ. ހޫތީން ސަނާ ހިފީ ގާނޫނީ ސަރުކާރު އެތަނުން ބޭރުކޮށްލުމަށް ފަހު އެވެ.

ސައުދީ އަރަބިއްޔާ އިން ޔަމަނުގެ ގާނޫނީ ސަރުކާރުގެ އެދުމަށް ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ. ސައުދީ އިން ތުހުމަތު ކުރާ ގޮތުގައި ހޫތީންނަށް އަސްކަރީ ގޮތުން އެހީވަނީ އިރާނުންނެވެ. ނަމަވެސް އިރާނުން އެކަން ދޮގުކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox