މިކްސް ޗެމްޕިއަންޝިޕް: ސީއެސް އިން ރިވައިވަލް ބަލިކުރިއިރު، އިންޑޯ އަށް މޮޅެއް

Dec 21, 2021, 3:38 AM
މިކްސް ޗެމްޕިއަންޝިޕް: ސީއެސް އިން ރިވައިވަލް ބަލިކުރިއިރު، އިންޑޯ އަށް މޮޅެއް

މިހާރު ކުރިއަށްދާ ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގައި އިއްޔެ ސީއެސް ސްޕޯޓްސް އިން އެންމެ ފަހުގެ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް ކްލަބް ބަލިކުރިއިރު، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ އިން ބީއޭއެމް ޖޫނިއާ ޕޫލް ބަލިކޮށް ފުރަތަމަ މޮޅު ހޯދައިފި އެވެ.

އިއްޔެ ހަވީރު ކުޅުނު މެޗުން ރިވައިވަލް އަތުން ސީއެސް މޮޅުވީ 6-11 ޕޮއިންޓުންނެވެ. ފުރަތަމަ ޑަބަލްސްގައި ޒަޔާން ޒަކީ އާއި މުހައްމަދު ޝާރިމްގެ ޕެއާ ވަނީ 15/10، 15/08 އިން ސީއެސްގެ މުހައްމަދު ހިޝާމް ލަތީފާއި އާސިރް ނިޒާރްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ ބުސައިނާ ހުސެއިން އާއި މިންނަ ރަޝީދުގެ ޕެއާ އަތުން ސީއެސްގެ މައިސާ ފަތުހުﷲ އިސްމާއިލް އާއި ޝިފްނާ ހުސެއިންގެ ޕެއާ މޮޅުވީ 04/15، 07/15 އިންނެވެ. އޭގެ ފަހުން ކުޅުނު ފުރަތަމަ މިކްސް ޑަބަލްސް އިން ވެސް މޮޅުވީ ސީއެސް އެވެ. ރިވައިވަލްގެ ފާތިމަތު ނަބާހާ އާއި ނަޝީއު ޝަރަފުއްދީންގެ ޕެއާގެ މައްޗަށް ސީއެސްގެ ހިޝާމް އާއި އައިމިނަތު ޝަހުރުނާޒް މޫސާގެ ޕެއާ ކުރިހޯދީ 14/15، 14/15 އިންނެވެ.

އޭގެ ފަހުން ކުޅުނު ފުރަތަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ މުހައްމަދު ނަޝްފާން އާއި ސާރިމްގެ ޕެއާ ވަނީ 15/13، 15/11 އިން ސީއެސްގެ ހަސަން އަފްޝީން ޝަހީމާއި އިބްރާހިމް ހުޝާމްގެ ޕެއާ ބަލިކޮށްފަ އެވެ. އެކަމަކު، ޖެހިގެން އައި ދެ ވަނަ އަންހެން ޑަބަލްސްގައި ސީއެސްގެ ޝިފްނާ އާއި ޝަހުރުނާޒްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ރިވައިވަލްގެ ނަބާހާ އާއި އައިޝަތު އިބްރާހިމްގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 14/15، 15/12 އަދި 04/11 އިންނެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ރިވައިވަލްގެ ޒަޔާން އާއި އައިޝަތުގެ ޕެއާ ވަނީ ސީއެސްގެ އަލީ މުއާޒް އާއި މައިސާގެ ޕެއާ އަތުން 10/15، 10/15 އިން ބަލިވެފަ އެވެ.

އެކަމަކު، ފަހު ފިރިހެން ޑަަބަލްސް އިން ރިވައިވަލްގެ ރިޝްވާން އާއި ޝަރްމީލްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ސީއެސްގެ އަހުމަދު ރިޔާޒާއި އަފްޝީންގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 15/07، 11/15 އަދި 11/07 އިންނެވެ.

މުބާރާތުގައި ރޭ އިންޑޯ އިން ބީއޭއެމްގެ ޖޫނިއާ ޓީމު ބަލިކުރީ 14-0 އިންނެވެ. ފުރަތަމަ މެޗުން އިންޑޯ ވަނީ ރިވައިވަލް އެކެޑަމީ އަތުން ބަލިވެފަ އެވެ. ބެޑްމިންޓަން ޖޫނިއާ ޓީމު ވަނީ ކްލަބް ސްޓެޓިކް އަތުން ބަލިވެފަ އެވެ.

ފުރަތަމަ ފިރިހެން ޑަބަލްސްގައި އިންޑޯގެ މުހައްމަދު އާކިފާއި ޔޫސުފް ނިޔާޒްގެ ޕެއާ ވަނީ 15/01، 15/02 އިން ބީއޭއެމްގެ ޖޫނިއާ ޓީމުގެ ދަނިއަލް އަޝްރަފާއި އަދީމް އާދަމްގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ އަށް ކުޅުނު އަންހެން ޑަބަލްސްގައި އިންޑޯގެ ނީލާ ނަޖީބާއި އައިޝަތު ޔޫސުފްގެ ޕެއާ ވަނީ 15/06، 15/03 އިން ބީއޭއެމް ޖޫނިއާ ޓީމުގެ އައިޝަތު ޒޯޔާ ހުސެއިން އާއި ޝުބާ މުހައްމަދު ޝަރީފްގެ ޕެއާ ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސްގައި އިންޑޯގެ ސުދާސަން އާއި އައިިމިނަތު ނަސީމާގެ ޕެއާ ވަނީ 15/13، 15/10 އިން ބީއޭއެމް ޖޫނިއާ ޓީމުގެ ހަސަން ޒަޔާން މުހައްމަދާއި ޒޯޔާގެ ޕެއާ ބަލިކޮށްފަ އެވެ.

ދެ ވަނަ ފިރިހެން ޑަބަލްސްގައި އިންޑޯގެ އާކިފާއި ޝިފާއު އަބްދުﷲގެ ޕެއާ ވަނީ 15/09، 15/03 އިން ބީއޭއެމް ޖޫނިއާ ޓީމުގެ އައްޔޫބް އަޒްހަރު މުހައްމަދާއި ލިޔާހު އަބްދުލް ލަތީފްގެ ޕެއާ ބަލިކޮށްފަ އެވެ. ދެން ކުޅުނު އަންހެން ޑަބަލްސްގައި އިންޑޯގެ ނީލާ އާއި ފާތިމަތު އިމްތިޝާލްގެ ޕެއާ ވަނީ ބީއޭއެމް ޖޫނިއާ ޓީމުގެ ޝުބާ އާއި ޝައިބާ މުހައްމަދު ޝަރީފް 15/02، 15/05 އިން ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަަބަލްސްގައި އިންޑޯގެ މުހައްމަދު ޝާމީން އާއި ނަސީމާގެ ޕެއާ ވަނީ ބީއޭއެމް ޖޫނިއާ ޓީމުގެ މުހައްމަދު ސާލިމް އަބްދުލް ސަމަދާއި ޝައިބާގެ ޕެއާ އަތުން 15/05، 15/05 އިން މޮޅުވެފަ އެވެ. ފަހު ފިރިހެން ޑަބަލްސްގައި އިންޑޯގެ ޝިފާއު އާއި ޝާމީންގެ ޕެއާ ވަނީ 15/07، 15/10 އިން ބީއޭއެމްގެ ޖޫނިއާ ޓީމުގެ ޒަޔާން އާއި ސާލިމްގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގައި މިއަދު ހަވީރު ކްލަބް ސްޓެޓިކާއި ރިވައިވަލް އެކެޑަމީ ކުޅޭނެ އެވެ. އަދި މިރޭ ދަ ގްރޫޕް ސްޕޯޓްސް އެކެޑަމީ އާއި ސީއެސް ސްޕޯޓްސް ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox