މުސްލިމް ބްރަދާހުޑްގެ ވެރިޔާ އުމުރަށް ޖަލަށް

މުސްލިމް ބްރަދާހުޑްގެ ވެރިޔާ މަހްމޫދް އިއްޒަތު. -- ފޮޓޯ: އޭއެފްޕީ

މުސްލިމް ބްރަދާހުޑްގެ ވެރިޔާ މަހްމޫދް އިއްޒަތު. -- ފޮޓޯ: އޭއެފްޕީ

ގާހިރާ، މިސްރު (ޑިސެމްބަރު 20) - ހަމާސް އަށް ޖާސޫސްކޮށްދިން ކަމަށް ސާބިތުވެ، މިސްރުގެ މުސްލިމް ބްރަދާހުޑްގެ ވެރިޔާ މަހްމޫދް އިއްޒަތު އުމުރަށް ޖަލަށް ހުކުމްކޮށްފި އެވެ.

އުމުރުން 77 އަހަރުގެ އިއްޒަތުގެ މައްޗަށް ޖާސޫސްކުރި ކަމަށް ސާބިތުވެފައި ވާއިރު، ޓެރަރިޒަމްގެ ކުށުގައި މި އަހަރުގެ ކުރީކޮޅު ވެސް އުމުރު ދުވަހުގެ ހުކުމެއް އޭނާގެ މައްޗަށް އިއްވި އެވެ.

މުސްލިމް ބްރަދާހުޑް އަކީ ހިންގުން މަނާކޮށްފައިވާ ޖަމާއަތެކެވެ. ފަލަސްތީނުގެ ގާޒާ ކޮންޓްރޯލް ކުރާ ހަމާސް އާއި މުސްލިމް ބްރަދާހުޑްއާ ގާތް ގުޅުމެއް އޮންނަ ކަމަށް ތުހުމަތު ކުރެވެ އެވެ.

މުސްލިމުން ބްރަދާހުޑްގެ ގިނަ ވެރިންނާ ދެކޮޅަށް ބޭރުގެ ފަރާތަކަށް ޖާސޫސްކުރި ކަމުގެ ތުހުމަތުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މިސްރާއި ފަލަސްތީން ގުޅޭ ރަފާހް ބޯޑަރު ހުރަސްކޮށް، މިސްރުގައި އުޅޭ ޓެރަރިސްޓުންނަށް ހަމާސް އިން ހަތިޔާރު ފޯރުކޮށްދޭ ކަމަށް މިސްރުން ތުހުމަތު ކުރެ އެވެ.

މިދިޔަ މޭ މަހު ހަމާސް އާއި އިޒްރޭލާ ދެމެދު 11 ދުވަސް ވަންދެން ކުރި ހަމަލާ ބަދަލުކުރުންތައް މެދުކަނޑާލުމުގެ އެއްބަސްވުމަކާ ހަމައަށް އައީ މިސްރު މެދުވެރިވެގެންނެވެ.

ފިލައިގެން އުޅޭތާ އެތައް އަހަރެއް ފަހުން އިއްޒަތު ހައްޔަރު ކުރީ ގާހިރާ އިން އޯގަސްޓް 2020 ވަނަ އަހަރު އެވެ. އޭނާ އުމުރަށް ޖަލަށްލާން ފުރަތަމަ ހުކުމް ކުރީ މި އަހަރުގެ އޭޕްރިލް މަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox