ޗައިނާގެ ދެ ކުންފުނިން އިރާގުގައި 1000 ސްކޫލު އަޅައިދެނީ

އިރާގުގެ ދަރިވަރުންތަކެއް ސްކޫލަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

އިރާގުގެ ދަރިވަރުންތަކެއް ސްކޫލަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

ބަގްދާދް، އިރާގް (ޑިސެމްބަރު 20) - އިރާގުގައި ދެ އަހަރުގެ ތެރޭގައި 1000 ސްކޫލު އަޅަން ޗައިނާގެ ދެ ކުންފުންޏަކާ އެކު އެއްބަސްވެއްޖެ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލް ހަސަން މެޖަހަމް އިރާގީ ނިއުސް އެޖެންސީ އަށް ވިދާޅުވީ ތައުލީމީ ދާއިރާގައި އޮތް ބާގަނޑު ބައްދަން 8000 ސްކޫލް ބޭނުންވާ ކަމަށެވެ.

ޗައިނާއާ އެކު އެއްބަސްވުންތަކުގައި ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޮޑު ވަޒީރު މުސްތަފާ އަލް ކަދޭމީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގަ އެވެ.

Advertisement

އެގޮތުން ޕަވާ ޗައިނާ ކުންފުނިން 679 ސްކޫލް އަދި ސައިނޯޓެކް ކުންފުނިން 321 ސްކޫލް އަޅައިދޭން އެއްބަސްވި އެވެ.

އިރާގަކީ ތެލުގެ މުއްސަނދިކަން އޮތް ގައުމެއް ނަމަވެސް، ކޮރަޕްޝަނާއި އަހަރުތަކެއް ވަންދެން ކުރިއަށް ދިޔަ ހަނގުރާމަތަކާ ހެދި މާ ބޮޑު ތަރައްގީއެއް ގެނެވިފައެއް ނުވެ އެވެ.

މެޖަހަމް ވިދާޅުވީ ސްކޫލުތަކުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އިރާގުން އަގު އަދާކުރާނީ ތެލުގެ އުފެއްދުންތަކުން ކަމަށެވެ.

ސްކޫލުތައް އެޅުމުގެ މަޝްރޫއުގެ ފުރަތަމަ މަރުހަލާ އަށް ފަހު ދެ ވަނަ މަރުހަލާގައި އިތުރު 3000 ސްކޫލް އަދި ތިން ވަނަ މަރުހަލާގައި އިތުރު 4000 ސްކޫލް އަޅަން ރާވާފައި ވެ އެވެ.

ޔުނިސެފުން ބުނެފައިވާ ގޮތުން މެދުއިރުމަތީގެ އެންމެ ހަރުދަނާ ތައުލީމީ ނިޒާމް މީގެ ކުރިން އޮތީ އިރާގުގަ އެވެ. ނަމަވެސް ހަނގުރާމައިގެ ސަބަބުން އެ ނިޒާމު ވަނީ ފުނޑުފުނޑުވެފަ އެވެ.

ގާތްގަނޑަކަށް 40 މިލިއަން މީހުންގެ އާބާދީއެއް އޮތް އިރާގުގައި ސްކޫލަށް ދާ އުމުރުގެ 3.2 މިލިއަން ކުދިން ތިބީ ތައުލީމުން މަހްރޫމުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓްރަމްޕްގެ ތާއީދާއެކު ޖެންސަން ހުއަންގް އަލުން ސީއީއޯގެ މަގާމަށް

ހުއަންގް މަގާމުން އިސްތިއުފާ ދެއްވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން، އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮތް ކަމަށް އެމެރިކާގެ އިންޓެލިޖެންސުން ތުހުމަތުކުރާ އަންހެނަކާ އެކު ބޭއްވި ގުޅުމެއް ހިމެނެއެވެ.

ދެކުނު ކޮރެއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ދެކުނު ކޮރެއާގެ ޔުނިވާސިޓީތަކަށް ވަނުމަށް ބާއްވާ އިމްތިހާނުގައި އޭއައި ބޭނުންކޮށްގެން މަކަރުހެދި މައްސަލައެއް ފެންމަތިވުމާ ގުޅިގެން، އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. މި ހާދިސާއާ ގުޅިގެން މަކަރުހެދުން ހުއްޓުވުމަށް ސަރުކާރުން ވަނީ ކާރިސާތަކުގައި ބޭނުންކުރާ އެލާޓް ނިޒާމު މެދުވެރިކޮށް ކުއްލި ފިޔަވަޅުތަކެއް އަޅާފައެވެ. މިނިސްޓަރު އިސްތިއުފާ ދެއްވީ އިމްތިހާނުގެ ކަންކަން ރޭވުމުގައި ފެއިލްވެފައިވާ ކަމަށް އަމާޒުވި ފާޑުކިޔުންތަކުގެ ޒިންމާ ނެންގެވުމުގެ ގޮތުންނެވެ.

ރަޝިއާގެ މަނަވަރަކަށް ޑްރޯން ހަމަލާއެއް ދީ ފައްތާލައިފި

ލީބިޔާގެ ބެންގާޒީ ބަނދަރުގައި އޮތް ރަޝިއާގެ އަސްކަރީ މަނަވަރަކަށް ޑްރޯން ހަމަލާއެއްދީ ފައްތާލުމާ ގުޅިގެން، އެ ގައުމުގެ އިރުމަތީ ސަރުކާރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މިއީ ލީބިޔާގެ އިސްތިގުލާލަށް އަރައިގަތުން ކަމަށް އެ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮޕް31 ނާކާމިޔާބުވެ، މޫސުމީ ރައްކާތެރިކަމުގެ އުންމީދު ފަނޑުވެއްޖެ

ތުރުކީވިލާތުގައި ބޭއްވި ކޮޕް31 ބައްދަލުވުން، ތެލާއި ގޭސް ބޭނުންކުރުމާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި މާލީ އެހީގެ މައްސަލައިގައި އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެއްޖެއެވެ. މިއީ 2009 ވަނަ އަހަރަށްފަހު މިފަދަ ސިޔާސީ އެއްބަސްވުމެއް ފޭލްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، މީގެ ސަބަބުން މޫސުމީ ރައްކާތެރިކަމަށް ކުރާ އުންމީދުތަކަށް ވަނީ ބޮޑު ހުރަހެއް އެޅިފައެވެ.

އެއްބަސްވުމަކަށް ނާދެވި ކޮޕް31 ގެ މަޝްވަރާތައް ހުއްޓުމަކަށް

ތުރުކީވިލާތުގައި ކުރިއަށްދާ ކޮޕް31 ސަމިޓުގައި ފޮސިލް ފިއުލް ބޭނުންކުރުން މަދުކުރުމާއި މޫސުމީ އެހީގެ ފައިސާއާ މެދު ގައުމުތަކުގެ މެދުގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ހުރެ، އެއްބަސްވުމަކަށް ނާދެވި މަޝްވަރާތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކަނޑައެޅިފައިވާ ވަގުތަށް ވުރެ އިތުރަށް މަޝްވަރާތައް ދިގުލައިގެން ގޮސްފައިވާއިރު، ހުރިހާ ގައުމަކުން އިއްތިފާގުވާ އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އެއްވެސް ނަތީޖާއެއް ނުނެރެ ސަމިޓް ނިންމާލަން ޖެހިދާނެއެވެ.

އެފްބީއައިގެ މައި ޑޭޓާބޭސްއެއް ހެކްކޮށްފި

އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ ކުށްވެރިންގެ މައުލޫމާތު ރައްކާކުރާ މައި ޑޭޓާބޭސްއަށް ހެކަރުން ވަދެފައިވާ ކަމަށް ބެލެވޭ މައްސަލައެއް އެ އިދާރާއިން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅިގެން ވައިޓް ހައުސްގެ ނޭޝަނަލް ސައިބާ ޑައިރެކްޓަރު މަގާމުން ވަކިކޮށްފައިވާއިރު، މިއީ އެފްބީއައިގެ ނިޒާމުތަކަށް ހެކަރުންގެ ހަމަލާއެއް އަމާޒުވި ފުރަތަމަ ފަހަރެއް ނޫނެވެ.

ވޮޝިންގްޓަންގެ އިސްތަށިކޮޅެއް 4،000 ޑޮލަރަށް ވިއްކާލައިފި

އެމެރިކާގެ ފުރަތަމަ ރައީސް ޖޯޖް ވޮޝިންގްޓަންގެ އިސްތަށިކޮޅެއް ނީލަމެއްގައި 4،000 ޑޮލަރަށް ވިއްކާލައިފިއެވެ. މި އިސްތަށިކޮޅަކީ 1799 ވަނަ އަހަރު އޭނާ އަވަހާރަވުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެކުވެރިއަކަށް ދެއްވި ތާރީޚީ އާސާރީ އެއްޗެކެވެ. މީގެ ކުރިންވެސް ވޮޝިންގްޓަންގެ އިސްތަށިކޮޅުތަކާއި އޭނާއާ ގުޅުންހުރި ތަކެތި ނީލަމުގައި ބޮޑު އަގުގައި ވިއްކާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox