އިރާނުގެ ރޫހާނީ ލީޑަރު ކަނޑައެޅުމުގައި އަހަރެން ބައިވެރިވާންޖެހޭ: ޓްރަމްޕް

Mar 6, 2026, 3:42 AM
އެމެރިކާގެ ރައީސް ޓްރަމްޕް

އެމެރިކާގެ ރައީސް ޓްރަމްޕް

އިރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން، އެ މަގާމަށް ދެން އަންނާނެ ބޭފުޅަކު ކަނޑައެޅުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕްގެ އަމާޒަކީ އެމެރިކާއަށް ތާއީދުކުރާނެ ފަދަ އާ ލީޑަރަކު އިރާނުގެ ވެރިކަމަށް ގެނައުމެވެ.

އެކްސިއޯސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވަނީ، ޚާމަނާއީގެ ދަރިކަލުން މުޖްތަބާ ޚާމަނާއީ އެ މަގާމަށް އައްޔަންކުރުމާ ދެކޮޅު ހައްދަވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި މުޖްތަބާއަކީ އެވަރުގެ ގާބިލު ބޭފުޅެއް ނޫނެވެ.

"އެމީހުން އެ އުޅެނީ ވަގުތު ބޭކާރުކުރަން. ޚާމަނާއީގެ ދަރިއަކީ ބުރަދަނެއް ނެތް މީހެއް. އެ މަގާމަށް މީހަކު އައްޔަންކުރުމުގައި އަހަރެން ބައިވެރިވާން ޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް ބޭނުންވަނީ ވެނެޒުއޭލާގެ މިހާރުގެ ރައީސާ ޑެލްސީ ރޮޑްރިގޭޒް ފަދަ ލީޑަރެއް އިރާނަށް ގެންނާށެވެ. ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ އެމެރިކާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު، ރޮޑްރިގޭޒް ވަނީ އެމެރިކާއަށް ތެޔޮ ވިއްކުމަށާއި ކިއުބާއަށް ތެޔޮ ފޮނުވުން ހުއްޓާލުމަށް އެމެރިކާގެ ނުފޫޒުގެ ދަށުން އެއްބަސްވެފައެވެ. ޓްރަމްޕް ވިދާޅުވީ ވެނެޒުއޭލާގައި ކަންތައް ކުރި ގޮތަކީ ވަރަށް ކާމިޔާބު "މޮޑެލް" އެއް ކަމަށެވެ.

ނަމަވެސް، އިރާނުގެ ހާލަތު ވެނެޒުއޭލާއަށް ވުރެ މާ ބޮޑަށް ވެސް ތަފާތެވެ. އިރާނަކީ މިވަގުތު އެމެރިކާ އާއި އިޒްރޭލާއެކު ހަނގުރާމައެއްގެ ތެރޭގައި އޮތް ގައުމަކަށް ވާއިރު، އިރާނުގެ ގާނޫނު ބުނާގޮތުން ސުޕްރީމް ލީޑަރަކަށް ވާންޖެހޭނީ ދީނީ ގޮތުން މަތީ ދަރަޖައަކަށް އުނގެނިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މި މަގާމަށް ބޭފުޅަކު ހޮވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވޭ "އެސެމްބްލީ އޮފް އެކްސްޕާޓްސް" އިންނެވެ. މި މަޖިލީހުގެ އިމާރާތަށް މިދިޔަ ހަފްތާގައި އިސްރާއީލުން ވަނީ ހަމަލާދީފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox