މިކްސް ޗެމްޕިއަންޝިޕް: ރިވައިވަލް އެކެޑަމީ އާއި ސްޓެޓިކް ފެށީ މޮޅަކުން

Dec 20, 2021, 5:12 AM
މިކްސް ޑަބަލްސްގައި ރިވައިވަލްގެ ތޯއިފް އާއި ފިރުޝާނާ ކުޅެނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

މިކްސް ޑަބަލްސްގައި ރިވައިވަލްގެ ތޯއިފް އާއި ފިރުޝާނާ ކުޅެނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އިއްޔެ ފެށި ބެޑްމިންޓަން މިކްސް ޗެމްޕިއަންޝިޕްގައި ކުޅުުނު ފުރަތަމަ މެޗުތަކުން ރިވައިވަލް ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ އާއި ކްލަބް ސްޓެޓިކް މޮޅުވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތުގައި ޖުމްލަ ހަތް ޓީމު ވާދަކުރާނެ އެވެ. ގްރޫޕް އޭގައި އޮތީ ރިވައިވަލް އެކެޑަމީ އާއި ކްލަބް ސްޓެޓިކްގެ އިތުރުން އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކެޑަމީ އާއި ބީއޭއެމް ޖޫނިއާ ނެޝަނަލް ޕޫލް އެވެ. ދެ ވަނަ ގްރޫޕްގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ރިވައިވަލް ސްޕޯޓްސް، ދަ ގްރޫޕް ސްޕޯޓްސް އެކެޑަމީ އަދި ސީއެސް ސްޕޯޓްސް އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ރިވައިވަލް އެކެޑަމީ ވަނީ އިންޑޯ ސްޕޯޓްސް އެކެޑަމީ އަތުން 12-5 ޕޮއިންޓުން މޮޅުވެފަ އެވެ. މެޗުގެ ފުރަތަމަ ފިރިހެން ޑަބަލްސްގައި ރިވައިވަލްގެ އަހުމަދު ތޯއިފް އާއި އިބްރާހިމް ރާޝިހު އާދަމްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން އިންޑޯގެ މުހައްމަދު ޝަމީމް އާއި ޝިފާއު އަބްދުﷲ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 15-08، 11-15 އަދި 8-11 އިންނެވެ.

ފުރަތަމަ އަންހެން ޑަބަލްސްގައި ރިވައިވަލްގެ ހައްވާ މުޒުނާ އާއި އަޒްމީލާ އިބްރާހިމްގެ ޕެއާ ވަނީ 13-15، 09-15 އިން އިންޑޯގެ އައިޝަތު ޔޫސުފް އާއި ފާތުމަތު އިމްތިޝާލް ބަލިކޮށްފަ އެވެ. ފުރަތަމަ މިކްސް ޑަބަލްސް އިވެންޓްގައި ރިވައިވަލްގެ ތޯއިފް އާއި ފިރުޝާނާ ނަސީރުގެ ޕެއާ ވަނީ 15-09، 15-10 އިން އިންޑޯގެ އިސްމާއިލް ޒުހުރީ އާއި ނީލާ އަހުމަދު ނަޖީބުގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ ފިރިހެން ޑަބަލްސް މެޗުގައި ރިވައިވަލްގެ އަހުމަދު ވަސީމް އާއި ހަސަން ރިޔާޒްގެ ޕެއާ ވަނީ 11-15، 14-15 އިން އިންޑޯގެ މުހައްމަދު އާކިފް އާއި ސުދާރަސަން ބަލިކޮށްފަ އެވެ.

ދެ ވަނަ ޑަބަލްސްގައި އިންޑޯގެ އައިމިނަތު ނަސީމާ އާއި ނީލާގެ ޕެއާ އަތުން ރިވައިވަލްގެ ފިރުޝާނާ އާއި އަޒްމީލާގެ ޕެއާ މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. ސެޓުތައް ދިޔައީ 13-15، 15-11 އަދި 9-11 އިންނެވެ.

ދެ ވަނަ މިކްސް ޑަބަލްސްގައި ރިވައިވަލްގެ ރިޔާޒް އާއި ފާތިމަތު ޝީއަތު އިބްރާހިމްގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން އިންޑޯގެ ޝަމީމް އާއި ނަސީމާގެ ޕެއާ އަތުން ބަލިވެފަ އެވެ. ސެޓުތައް ދިޔައީ 08-15، 15-10 އަދި 11-06 އިންނެވެ. އަދި ތިން ވަނަ ފިރިހެން ޑަބަލްސްގައި އިންޑޯގެ އާކިފް އާއި ޔޫސުފް ނިޔާޒްގެ ޕެއާ ވަނީ 15-12، 15-08 އިން އިންޑޯގެ ވަސީމް އާއި އިބްރާހިމް ރާޝިހުގެ ޕެއާ ބަލިކޮށްފަ އެވެ.

މުބާރާތުގައި ރޭ ކުޅުނު މެޗުން ސްޓެޓިކުން ވަނީ ފަސޭހަކަމާ އެކު ބީއޭއެމް ޖޫނިއާ ނެޝަނަލް ޕޫލް ބަލިކޮށްފަ އެވެ. ފުރަތަމަ ފިރިހެން ޑަބަލްސް މެޗުގައި ސްޓެޓިކްގެ އާސިފް އާދަމް މަނިކާއި ހަސަން ނަސީމްގެ ޕެއާ ވަނީ 15-05، 15-05 އިން ބީއޭއެމްގެ މުހައްމަދު އުދައިޝް އާއި އައްޔޫބް އަޒްހަރު ބަލިކޮށްފަ އެވެ. ފުރަތަމަ އަންހެން ޑަބަލްސްގައި ސްޓެޓިކްގެ އައިޝަތު އަފްނާން ރަަޝީދާއި ސަފާތު އަހުމަދު ޒާހިރުގެ ޕެއާ ވަނީ 15-03، 15-02 އިން ބީއޭއެމްގެ އައިޝަތު ޒޯޔާ ހުސެއިން އާއި ޝުބާ މުހައްމަދު ޝަރީފްގެ ޕެއާ ބަލިކޮށްފަ އެވެ.

ފުރަތަމަ މިކްސް ޑަބަލްސްގައި ސްޓެޓިކްގެ ޖެހާން އާއި އާސިމާ މުހައްމަދުގެ ޕެއާ ވަނީ 15-13، 15-10 އިން ބީއޭއެމްގެ ހަސަން ޒަޔާން މުހައްމަދާއި ޒޯޔާގެ ޕެއާ ބަލިކޮށްފަ އެވެ. ދެ ވަނަ ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ އަހުމަދު ރައޫފް އާއި އަބްދުﷲ ޒުހުރީގެ ޕެއާ ވަނީ ދެ ސެޓު އެއް ސެޓުން ބީއޭއެމްގެ ޒަޔާން އާއި މުހައްމަދު ސާލިމް އަބްދުލް ސަމަދުގެ ޕެއާ ބަލިކޮށްފަ އެވެ. ސެޓުތައް ދިޔައީ 15-08، 13-15 އަދި 11-07 އިިންނެވެ.

ދެ ވަނަ އަންހެން ޑަބަލްސްގައި ސްޓެޓިކްގެ އައިޝަތު ޔުމްނާ އާއި އާމިރާ ދޮހުއްތު ވަނީ 15-12، 15-05 އިން ބީއޭއެމްގެ ޝައިބާ މުހައްމަދު ޝަރީފާއި ޝުބާ މުހައްމަދު ޝަރީފް ބަލިކޮށްފަ އެވެ. ދެ ވަނަ މިކްސް ޑަބަލްސްގައި ސްޓެޓިކްގެ މުހައްމަދު އަޖުފާން ރަޝީދާއި ލީނާ ހަމީދު ވަނީ 15-03، 15-07 އިން ބީއޭއެމްގެ ސާލިމް އާއި ޝައިބާގެ ޕެއާ ބަލިކޮށްފަ އެވެ. ފަހު ފިރިހެން ޑަބަލްސްގައި ސްޓެޓިކްގެ ތޯމަސް އެންތަނީ އާއި އަހުމަދު ވަސީމްގެ ޕެއާ ވަނީ 15-06، 15-02 އިން ބީއޭއެމްގެ ލިޔާހު އަބްދުލް ލަތީފާއި އައްޔޫބްގެ ޕެއާ ބަލިކޮށްފަ އެެވެ.

މުބާރާތުގައި މިއަދު ހަވީރު ރިވައިވަލް ކުޅޭނީ ސީއެސް ސްޕޯޓްސްއާ އެވެ. އަދި މިރޭ އިންޑޯ އިން ބީއޭއެމް ޖޫނިއާ ޓީމާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox