ލިވަޕޫލާއި ޗެލްސީ އެއްވަރު، މެންޗެސްޓާ ސިޓީ އަށް ރެކޯޑްތަކެއް

Dec 19, 2021, 7:17 PM
ޓޮޓެންހަމްގެ ވިންކްސް (ވ) ކައިރިން ލިވަޕޫލްގެ ޖޮޓާ ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ޓޮޓެންހަމްގެ ވިންކްސް (ވ) ކައިރިން ލިވަޕޫލްގެ ޖޮޓާ ބޯޅަ ހޯދަން މަސައްކަތްކުރަނީ.

ލަންޑަން (ޑިސެމްބަރު 19) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ޗެލްސީ އެއްވަރުވިއިރު، މެންޗެސްޓާ ސިޓީން 4-0 އިން ނިއުކާސަލް ބަލިކުރި މެޗުގައި ދެ ރެކޯޑެއް ހަދައިފި އެވެ.

ލިވަޕޫލް ވަނީ ރަށުންބޭރުގައި އެއް ކުޅުންތެރިއަކު މަދުކޮށް 2-2 އިން ޓޮޓެންހަމް ހޮޓްސްޕާސްއާ އެއްވަރުކޮށްފަ އެެވެ. ވުލްވްސް ދަނޑުގައި ޗެލްސީ ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ.

މިރޭގެ ނަތީޖާތަކަށް ފަހު އެއް ވަނައިގައި ސިޓީ އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 18 މެޗުން ވަނީ 44 ޕޮއިންޓް ލިބިފަ އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 18 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ އަށް ވަނީ 18 މެޗުން 38 ޕޮއިންޓާ އެކު އެވެ.

ސިޓީން މިރޭގެ މެޗުގައި މޮޅުވިއިރު، ގޯލުތައް ޖެހީ ރުބެން ޑިއާޒް، ޔާއޯ ކަންސޭލޯ، ރިޔާދު މާރޭޒް އަދި ރަހީމް ސްޓާލިން އެވެ. މި މެޗުން މޮޅުވިއިރު، ސިޓީ ވަނީ ދެ ރެކޯޑެއް ހަދައިފަ އެވެ.

ސިޓީން މުގުރާލި ބޮޑު ރެކޯޑަކީ ލީގުގެ ކަލަންޑަރު އަހަރެއްގައި އެންމެ ގިނަ މޮޅުވުމުގެ ރެކޯޑެވެ. ލިވަޕޫލުން 1983 ވަނަ އަހަރު 33 މޮޅާ އެކު ހެދި ރެކޯޑް ސިޓީން މުގުރާލީ 34 މޮޅު ހަމަކޮށްގެންނެވެ. އަދި ސިޓީން ވަނީ މި އަހަރު 106 ގޯލު ޖަހައި އަހަރެއްގެ ތެރޭ އެންމެ ގިނަ ގޯލު ޖަހައިގެން އެ ޓީމުން ހަދާފައިވާ އަމިއްލަ ރެކޯޑް އާކޮށްފަ އެވެ.

ސިޓީގެ މަހްރޭޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ވުލްވްސް ދަނޑުގައި ޗެލްސީއާ އެއްވަރުވި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނެވެ. ވުލްވްސްގެ ޑެނިއަލް ޕޮޑެންސް ޖެހި ގޯލެއް އޮފްސައިޑް ކަމަށް ނިންމިއިރު، އެ ޓީމުގެ މިޑްފީލްޑަރު ލެއަންޑޯ ޑެންޑޮންކާ އަށް ހުސްކޮށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ޗެލްސީގެ ކްރިސްޓިއަން ޕިުލިސިޗް ޖެހި ބޯޅައެއް ވުލްވްސްގެ ކީޕަރު ހޯސޭ ސާ ވަނީ މަތަކޮށްފަ އެވެ.

ޓޮޓެންހަމް ދަނޑުގައި މިރޭ 13 ވަނަ މިނިޓްގައި ހެރީ ކޭން ވަނީ އޭރިއާތެރެއިން ޖެހި ގޯލުން އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މިއީ އެންމެ ފަހުން ލީގުގައި އަމިއްލަ ދަނޑުގައި ކުޅުނު އަށް މެޗުން ކޭން ޖެހި ފުރަތަަމަ ގޯލެވެ. އޭގެ ފަހުން ލިވަޕޫލްގެ އެންޑީ ރޮބަޓްސަން އަށް ކޭން ކުރި ނުރައްކާތެރި ފައުލަކަށް އޭނާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. ލިވަޕޫލް ބެންޗުން ވަނީ ކޭން އަށް ރަތް ކާޑެއް ދައްކަން ޖެހޭ ކަމަށް އެޕީލްކޮށްފަ އެވެ. ޓޮޓެންހަމަށް ދެ ވަނަ ގޯލެއް ޖަހައިދޭން ޑެލޭ އަލީ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ.

ލިވަޕޫލަށް އެއްވަރުކޮށްދިނީ މެޗުގެ 35 ވަަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ އެވެ. އެންޑީ ރޮބަޓްސަން ނެގި ހުރަހަކުން ޖޮޓާ މި ގޯލު ޖެހީ ބޮލުންނެވެ. މިއީ މި ފަހަރު ލީގުގައި އޭނާ ޖެހި 10 ވަނަ ގޯލެވެ. އޭގެ ފަހުން ޖޮޓާ އަށް އޭރިއާތެެރެއިން ޓޮޓެންހަމްގެ އެމަސަން ރޯޔާލް ކުރި ފައުލަށް ރެފްރީ ޕެނަލްޓީއެއް ނުދިނެވެ. ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ނިންމުމާ މެދު ތަކުރާރުކޮށް ހިތްހަމަނުޖެހުން ފާޅުކުރާތީ އޭނާ އަށް ރީނދޫ ކާޑު ދެއްކި އެވެ.

ދެ ވަނަ ހާފްގައި ކޭން އަށް ޓޮޓެންހަމަށް ލީޑުނަގައިދޭން ލިބުނު ރަނުގެ ފުރުސަތުން ޖެހި ބޯޅަ ކީޕަރު އެލިސަން ވަނީ ހުށިޔާރުކަމާ ހިފަހައްޓައިފަ އެވެ. ލިވަޕޫލަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ 69 ވަނަ މިނިޓްގައި ރޮބަޓްސަން އެވެ. އޭގެ ހަތަރު މިނިޓް ފަހުން ޓޮޓެންހަމް އެއްވަރުކުރީ އެލިސަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައިގެންނެވެ. މި ގޯލު ޖެހީ ސޮން ހެއުން މިން އެވެ.

މެޗުގެ 77 ވަނަ މިނިޓްގައި އެމަސަން އަށް ކުރި ފައުލަކަށް ރޮބަޓްސަން އަށް ރަތް ކާޑެއް ދެއްކި އެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި ރޮބަޓްސަން އަށް ދެއްކި ރަތް ކާޑެކެވެ. މިއީ ލީގުގައި ފާއިތުވި ހަތަރު ވަރަކަށް އަހަރު ތެރޭ ލިވަޕޫލް ކުޅުންތެރިއަކަށް ދެއްކި ފުރަތަަމަ ރަތް ކާޑެވެ.

އެންޓޯނިއޯ ކޮންޓޭ، ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވި ފަހުން ލީގުގައި އެ ޓީމު ބަލިނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox