ފަހު މެޗުގައި ގައުމީ ވޮލީ ޓީމުން ތިން ސެޓުން ހައިދަރުއާބާދު ޓީމު ބަލިކޮށްފި

Dec 18, 2021, 2:16 PM
މިއަދުގެ މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިއަދުގެ މެޗުގެ ތެރެއިން ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗުން މިއަދު ހަވީރު ސީދާ ތިން ސެޓުން މޮޅުވެއްޖެ އެވެ.

ހައިދަރުއާބާދު ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗުން ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީގައި ކުޅުނު މިއަދުގެ މެޗު ތިން ސެޓުން ރާއްޖޭން ކާމިޔާބުކުރިއިރު، ސެޓުތައް ގެންދިޔައީ 25-22، 25-22 އަދި 25-22 އިންނެވެ.

ދެ ވަަނަ މެޗުގައި ލިބުނު އަނިޔާގެ ސަބަބުން ހައިދަރުއާބާދު ޓީމުގައި ހިމެނޭ އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ، އަޖޭ ޗޯދުރީ މިއަދުގެ މެޗުގައި ނުކުޅެ އެވެ. އެކަމަކު، ހައިދަރުއާބާދު ޓީމުގައި ހިމެނޭ ރާއްޖޭގެ ކްލަބްތަކަށް ކުޅެފައިވާ އަނޫޕް ޑިކޯސްޓާގެ ރަނގަޅު ހަމަލާތަކާ އެކު ހައިދަރުއާބާދުން ފުރަތަަމަ ސެޓުގެ ކުރީކޮޅުގައި ލީޑުގައި އޮތެވެ. އެކަމަކު، ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު، ރާއްޖެ އޮތީ 8-7 އިން ކުރީގަ އެވެ. އެހެން ނަމަވެސް އަލުން މެޗު ފަށައި ދެ ޓީމު ވަރަށް ވާންކޮށްދިޔައިރު، ރަނގަޅު ފޯމެއްގައި ކުޅެމުން އައި ރާއްޖޭގެ ހަސަން ނިލާމް (ޕާޓޭ) އާއި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ރަނގަޅު އެޓޭކްތަކާ އެކު ރާއްޖޭން 25-22 އިން ފުރަތަމަ ސެޓު ގެންގޮސް އިތުބާރު ހޯދި އެވެ.

ހައިދަރުއާބާދު ޓީމުން ފުރަތަމަ ސެޓެކޭ އެއްގޮތަށް ދެ ވަނަ ސެޓު ފެށީ ވެސް ރަނގަޅަށެވެ. ފުރަތަމަ ޓެކްނިކަލް ޓައިމްއައުޓް އައިިއިރު، ލީޑުގައި އޮތީ ވެސް ހައިދަރުއާބާދު ޓީމެވެ. އެއީ 6-8 އިންނެވެ. އެކަމަކު، އޭގެ ފަހުން ރާއްޖޭގެ ޓީމު ފޯމަކަށް އެޅި، ސެޓަރު، ހުސެއިން ޝާހިދު (ޝާޑު)ގެ ރަނގަޅު ސެޓިންތަކާއި ޕާޓޭ އާއި ކުޑަކާއްޓެ އަދި އަލީ ހުޒާމް (ހުޒަންޓެ)ގެ ހަމަލާތަކާ އެކު ދެ ވަނަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު، 16-15 އިން ލީޑުނެގި އެވެ.

އެކަމަކު، އޭގެ ފަހުން ދެ ޓީމަށް ވެސް ގާތްގާތުގައި ސާވިސްގައި ގޯސްތަކެއް ހެދި ޕޮއިންޓްތަކެއް ގެއްލުނެވެ. ސެޓުގެ ފަހު ކޮޅު ވަރަށް ފޯރިގަދަކޮށް ދިޔައިރު، ޕްރެޝަރު ގަޑީގައި ރާއްޖޭން ބަދަލުތަކެއް ގެނެސްގެން ކުުރި ރަނގަޅު މަސައްކަތުން 25-22 އިން ސެޓު ގެންދިޔަ އެވެ. މި ސެޓުގައި ރާއްޖޭގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވަނީ ނިލާމްގެ ބަދަލުގައި އާދަމް ނަސީމް (އެޑަމް) އަދި ޝާޑުގެ ބަދަލުގައި ހުސެއިން ވިޝާމް (ބުޅިކެ) ކުޅެން އަރުވައިފަ އެވެ.

ފުރަތަމަ ދެ ސެޓު ލިބުމުން ރާއްޖެ އޮތީ ތިން ވަނަ ސެޓަށް ދިޔައިރު، ވަރަށް ރަނގަޅު ރޫހެއްގަ އެވެ. ފުރަތަަމަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު 8-6 އިން ލީޑުގައި ރާއްޖެ އޮތްއިރު، ދެ ވަަނަ ޓެކްނިކަލް ޓައިމްއައުޓަށް ދިޔައިރު ވަނީ 16-12 އަށް ފުޅާކޮށްފަ އެވެ. ހަތަރު ޕޮއިންޓުގެ ލީޑެއް ސެޓުގެ ބޮޑުބައިގައި ހިފެހެއްޓި އެވެ.

ހައިދަރުއާބާދު ޓީމުން ފޮނުވާލި ރަނގަޅު ހަމަލާތަކެއް ބޮލްކްކުރުމުގައި ރާއްޖޭގެ އާދަމް ފައިރޫޒް އާއި ޝުއައިބް އަބްދުލް ލަތީފް ދިޔައީ މި މެޗުގައި ލިބޭ ކޮންމެ ފުރުސަތެއްގައި ކަހަލަ ގޮތަކަށް މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ފަހު ސެޓުގެ ކުޅުން ނިމުނުއިރު، ރާއްޖެ ކުރީގައި އޮތީ 25-22 އިންނެވެ. ރާއްޖޭގެ ޕޮއިންޓްތައް ހޯދައިދިނުމުގައި ކުޑަކާއްޓެ ހިއްސާ ބޮޑެވެ.

މިއަދުގެ މެޗު ޝަރަފްވެރިކޮށްދެއްވީ އިންޑިއާގެ ސަފީރު މުނޫ މަހާވަރު އެވެ. ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވިއިރު، ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) އާއި ކުޅިވަރުގެ އިސް ފަރާތްތަކުން މިއަދުގެ މެޗަށް ވަޑައިގެންނެވި އެވެ.

މިއީ ރާއްޖޭގައި ގައުމީ ޓީމުން ސެންޓްރަލް ޒޯންގެ ކުރިން ކުޅުނު ފަހު މެޗެވެ. ސެންޓްރަލް ޒޯނަށް ތައްޔާރުވުމުގެ ގޮތުން މާލޭގައި ލަންކާއާ ދެކޮޅަށް ތިން މެޗާއި ހައިދަރުއާބާދު ޓީމާ ދެކޮޅަށް ތިން މެޗު ވަނީ ކުޅެފަ އެވެ. ލަންކާ ތިން މެޗުން ބަލިވިއިރު، ހައިދަރުއާބާދު ތިން މެޗުން ރާއްޖެ މޮޅުވީ އެވެ.

މިއަދު ހައިދަރުއާބާދާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗަށް ފަހު ވަނީ މި މެޗަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ލަކީޑްރޯ އިން ދިމާވި ފަރާތްތަކުގެ ނަން އިއުލާނުކޮށްފަ އެވެ. ލަކީޑްރޯ އިން ނެގީ ގައުމީ ޓީމުގެ ޖޯޒީ ލިބޭ ދެ ފަރާތާއި މި މަހު ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯންގެ މެޗެއް ބަލާލަން ދެކޮޅު ޓިކެޓް ލިބޭ ހަތަރު މީހެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox