މޮރޮކޯގައި ދޭން އުޅުނު އައިއެސް ހަމަލާއެއް އެމެރިކާގެ އެހީއާއެކު ހުއްޓުވައިފި

މޮރޮކޯގައޮ ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރާ ފުލުހުން.

މޮރޮކޯގައޮ ޓެރަރިޒަމް ހުއްޓުވަން މަސައްކަތް ކުރާ ފުލުހުން.

ރަބަތް، މޮރޮކޯ (ޑިސެމްބަރު 18) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން މޮރޮކޯގައި ދޭން އުޅުނު ބޮމުގެ ހަމަލާއެއް އެމެރިކާގެ އެހީއާ އެކު ހުއްޓުވައި، އެކަކު ހައްޔަރުކޮށްފި އެވެ.

"މިއީ މޮރޮކޯ ސަލާމަތީ ފައުޖުތަކާއި އެމެރިކާގެ ފުލުހުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ،" މޮރޮކޯގެ ސެންޓްރަލް ބިޔުރޯ އޮފް ޖުޑީޝަލް އިންވެސްޓިގޭޝަނުން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ބަޔާނުގައި ބުނީ ހައްޔަރު ކުރީ ރަބަތްގެ އުތުރުން އޮންނަ ސަލާ އަލް ޖަދީދާގައި ދިރިއުޅޭ އުމުރުން 24 އަހަރުގެ މީހެއް ކަމަށެވެ. އޭނާ އަކީ، ބެލެވޭ ގޮތުގައި، އައިއެސްގެ މެމްބަރެކެވެ.

މިހާތަނަށް ބެލި ބެލުމުން އެ މީހާ އައިއެސް އަށް ބައިއަތު ހިފާފައިވާކަން ވަނީ އެނގިފަ އެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރީ ބޭރު ގައުމުތަކުގައި ހިންގާ އައިއެސްގެ ކޭމްޕަކަށް ދިޔުމަށެވެ.

ނަމަވެސް ފަހުން އޭނާ ނިންމީ ގޮވާ ޒާތުގެ ތަކެތި ބޭނުންކޮށްގެން މޮރޮކޯގައި ހަމަލާ ދޭން ރާވާފައިވާ ބަޔަކާ ގުޅިގެން މަސައްކަތް ކުރުމަށެވެ.

އެ މީހާ ހައްޔަރު ކުރުމަށް ފަހު އިލެކްޓްރޯނިކް ޑިވައިސްތަކާއި ގޮވާ ތަކެތި ތައްޔާރު ކުރަން ބޭނުންވާ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

މިދިޔަ އޮކްޓޯބަރު މަހު ވެސް މޮރޮކޯގައި "ޓެރަރިސްޓުންގެ ސެލް"އެއް ރޫޅާލައި، ފަސް މީހަކު ހައްޔަރު ކުރި އެވެ. އެ މީހުންނަށް ވެސް ތުހުމަތު ކުރީ ބޮމުގެ ހަމަލާތައް ދޭން އުޅުނު ކަމަށެވެ.

އޭގެ ކުރިން ސެޕްޓެމްބަރު މަހު ވެސް އައިއެސްއާ ގުޅުން ހުރި ހަތް މީހުން ހައްޔަރު ކުރި އެވެ. މޮރޮކޯ ފުލުހުން ބުނީ 2002 ވަނަ އަހަރުން ފެށިގެން 2000 އަށް ވުރެ ގިނަ "ޓެރަރިސްޓުންގެ ސެލް" ރޫޅާލާފައިވާ ކަމަށެވެ. އެ ސެލްތަކާ ގުޅުން ހުރި 3،500 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox