ގިނަ މެޗު ކުޅުމުގެ ތަފާތު އެބަފެނޭ: ކުޑަކާއްޓެ

Dec 18, 2021, 5:09 AM
ގައުމީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ރޭގެ މެޗުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ރޭގެ މެޗުގެ ތެރެއިން.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސެންޓްރަލް ޒޯން މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ޓީމަށް އިތުރު މެޗުތަކެއް ކުޅެން ލިބުމުގެ ތަފާތު ޓީމުގެ ކުޅުމުން ފެންނަ ކަމަށް ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބުނެފި އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭން މި މަހު އެންމެ ފުރަތަމަ ކުޅުނީ ސްރީ ލަންކާ ގައުމީ ޓީމާ ދެކޮޅަށެވެ. ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ.

އެކަމަކު، އޭގެ ފަހުން އިންޑިއާ ލީގުގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް މިދިޔަ ދެ ރޭ ކުޅުނު ދެ މެޗުން ވެސް ރާއްޖެ ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. ރޭ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ 25-13، 23-25، 25-20 އަދި 25-19 އިންނެވެ.

މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ކުޑަކާއްޓެ ބުނީ ހައިދަރުއާބާދާ ދެކޮޅަށް ކުޅުނު ދެ މެޗުން މޮޅުވިއިރު، މި މެޗުތަކުގެ ބޭނުންހިފޭ އެހެން ގޮތްތަކެއް ވެސް އެބަހުރި ކަމަށެވެ.

"މި މޮޅުވުން އެއީ އަޅުގަނޑަށް ހީވަނީ މުބާރާތަށް ފުދޭ ވަރަކަށް ރަނގަޅު ކާމިޔާބީއެއް. އެކްސްޕީރިއަންސް އެއް. ދެން ކުޅުންތެރިން ތެރެއިން ޓެސްޓް ކޮށްލަން، ޗާންސް ދޭން ވެސް ރަނގަޅު ފުރުސަތެއް މުބާރާތަށް ތައްޔާރުވުމުގެ ގޮތުން،" ކުޑަކާއްޓެ ބުންޏެވެ.

ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާގެ ހައިސިއްޔަތުން ކުޑަކާއްޓެ، 31، ދެކޭގޮތުގައި ލަންކާއާ ދެކޮޅަށް ކުޅުނު މެޗުތަކަށް ވުރެ ހައިދަރުއާބާދު މެޗުތަކުގައި ރަނގަޅު ކުރެވުނު ކަންތައްތަކެއް ވެސް އެބަހުއްޓެވެ.

"އަމިއްލަ މިސްޓޭކް މަދުކުރުން. އެބައި ތަންކޮޅެއް ރަނގަޅުކޮށް މިދަނީ. ކުރިން މެޗުތަކާ އަޅާބަލާއިރު ވަރަށް މަދުން މި ދަނީ. ދެން ބްލޮކް ޑިފެންސް ވަރަށް ރަނގަޅުކޮށް މި ދަނީ މެޗަކަށް ވުރެ މެޗެއް،" ކުޑަކާއްޓެ ބުންޏެވެ.

ރާއްޖޭން މި ފަހަރުގެ ސެންޓްރަލް ޒޯން މުބާރާތަށް މީގެ ދޮޅު މަހެއްހާ ދުވަސް ކުރިން ފަރިތަކުރުުންތައް ފެށީ ދެ އަހަރު ރަސްމީކޮށް ވޮލީ ކުޅުމާ ދުރުގައި ތިބުމަށް ފަހު އެވެ. އެއީ އެންމެ ފަހުން ގައުމީ ޓީމު ކުޅުނު މުބާރާތަކީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބޭއްވި ސައުތު އޭޝިއަން ގޭމްސް ކަމަށްވާއިރު، އޭގެ ފަހުން ކޮވިޑާ ހެދި އައި މެދުކެނޑުމުގެ ތެރޭގައި ވޮލީ އޮތީ ހުއްޓިފައި ކަމަށްވާތީ އެވެ.

އަލުން ވޮލީ ފަށައިގެން ސެންޓްރަލް ޒޯން މުބާރާތަށް ދިއުމުގެ ކުރިން ރާއްޖޭން ޓްރެއިނިން ކޭމްޕެއް ބޭރަށް ދާން ރޭވި ނަމަވެސް ހާލަތުގެ ގޮތުން އެކަން ކުރެވޭ ގޮތެއް ނުވި އެވެ.

"ކޮވިޑް ހާލަތުގެ ގޮތުން ބޭރަށް ޓްރެއިނިން ކޭމްޕެއް ނުގޮސް މާލޭގައި މި މެޗުތަކެއް ކުޅެވުމަކީ އެޑްވާންޓޭޖެއް،" ކޭމްޕެއް ނުދެވި މާލޭގައި ހުރެ ވެސް މެޗުތަކެއް ކުޅެލަން ލިބުމާ ބެހޭގޮތުން ކުޑަކާއްޓެ ބުންޏެވެ.

ސެންޓްރަލް ޒޯން މުބާރާތަށް މާދަމާ ބަންގްލަދޭޝަށް ދާން ފުރުމުގެ ކުރިން ގައުމީ ޓީމުން މާލޭގައި ކުޅޭ ފަހު މެޗު އޮންނާނީ މިއަދު ހަވީރު އެވެ. ހައިދަރުއާބާދު ޓީމާ ދެކޮޅަށް މިއަދު ކުޅޭ މެޗު ފަށާނީ ހަވީރު 16:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox