ޖަޕާނުގެ ކްލިނިކެއްގައި ރޯކުރި ކަމަށް ބެލެވޭ މީހާގެ ހާލު ސީރިއަސް

ހުކުރު ދުވަހު ނަފްސާނީ އެހީދޭ ކްލިނިކްގައި ރޯވުމުން އަލިފާން ނިއްވަން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހުކުރު ދުވަހު ނަފްސާނީ އެހީދޭ ކްލިނިކްގައި ރޯވުމުން އަލިފާން ނިއްވަން މަސައްކަތް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޓޯކިޔޯ، ޖަޕާން (ޑިސެމްބަރު 18) - ޖަޕާނުގެ ނަފްސާނީ އެހީދޭ ކްލިނިކެއްގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅުން ހުރި ކަމަށް ޝައްކު ކުރެވޭ މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

އުމުރުން 61 އަހަރުގެ ފިރިހެން މީހާ އަކީ އޮސާކާގައި ހުންނަ ކްލިނިކުން ކުރިން ފަރުވާ ހޯދާފައިވާ މީހެކެވެ. ފުލުހުންނާ ހަވާލަދީ އެންއެޗްކޭ އިން ރިޕޯޓު ކުރި ގޮތުގައި އެ މީހާ އަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ހުކުރު ދުވަހުގެ ހެނދުނު 30 މިނެޓު ވަންދެން އަލިފާންގަނޑު ފެތުރުނެވެ. ކްލިނިކް ގާއިމްކޮށްފައި ހުންނަ ހިމަ އިމާރާތުގެ ހަތަރު ވަނަ ފަންގިފިލާ ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އެ ކްލިނިކަކީ ޖެނެރަލް ސިއްހީ ފަރުވާ ވެސް ފޯރުކޮށްދޭ ތަނެކެވެ.

އަލިފާނުގެ ހާދިސާ ހިނގި އިމާރާތް. --ފޮޓޯ: އޭއެފްޕީ
އަލިފާނުގެ ހާދިސާ ހިނގި އިމާރާތް. --ފޮޓޯ: އޭއެފްޕީ

އަލިފާނުގެ ހާދިސާ ހިނގި އިމާރާތް. --ފޮޓޯ: އޭއެފްޕީ

އެންއެޗްކޭ އާއި އަސަހީ ޝިމްބުން ޑެއިލީ އިން ބުނީ ކްލިނިކްގައި ހިނގި ހާދިސާ އާއި އޭގެ 30 މިނެޓު ކުރިން ތުހުމަތު ކުރެވޭ ފިރިހެން މީހާގެ ގޭގައި ހިނގި ކުޑަ އަލިފާނުގެ ހާދިސާއަކާ ގުޅުމެއްވާ ކަމަށް ބެލެވޭތީ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އޮސާކާ ސިޓީގެ އަލިފާން ނިއްވާ ޑިޕާޓްމަންޓުން ބުނީ ކްލިނިކްގައި ރޯވެ، 24 މީހުން މަރުވި ކަމަށެވެ. އަދި އެއީ ގަސްތުގައި ރޯކުރުމުގެ އަމަލެއްގެ ގޮތުގައި ބަލައިގެން ކުރިއަށްދާ ކަމަށް ބުންޏެވެ. ހަތަރު މީހަކަށް ދަނީ އަދިވެސް ފަރުވާދެމުންނެވެ.

ޖަޕާނުގެ މީޑިއާ އިން ބުނީ ގިނަ މީހުން މަރުވީ އަލިފާން ރޯކޮށްފައި ހުރި ޔުނިޓުން ނުކުންނަ ދޮރު ނުހުޅުވޭ ގޮތް ހަދާފައި ވާތީ އެތަނުގައި ތާށިވެ ކާބަންމޮނޮކްސައިޑް ގޭހުން ވިހަވެގެން ކަމަށެވެ.

ހުޅުހިފާ ޒާތުގެ އެއްޗެއް ހުރި ކަރުދާސް ކޮތަޅެއް ހީޓަރެއް ކައިރީގައި ބެހެއްޓުމަށް ފަހު، އޭތި ވައްޓާލައި ރޯކޮށްލި މަންޒަރު ފެނުނު ކަމަށް ބައެއް މަންޒަރު ދުށް މީހުން ވަނީ ނޫސްތަކަށް ބުނެފަ އެވެ.

ނަފްސާނީ އެހީދޭ ކްލިނިކް ހިންގާ ޑޮކްޓަރުގެ ބައްޕަ ބުނީ އޭނާގެ ދަރިފުޅު ސަލާމަތުން ހުރިކަން ސާފުނުވާ ކަމަށެވެ. ވަޒީފާ ނެތް މީހުންނަށް ހާއްސަ އިންޝުއަރެންސް ހޯދަން ބޭނުންވާ ސެޓްފިކެޓް ދޭން އެދި ގިނަ ޕޭޝެންޓުން ޑޮކްޓަރަށް ޕްރެޝަރު ކުރަމުން ދިޔަ ކަމަށް އޭނާ ބުންޏެވެ.

ޖަޕާނުގެ ހުޅަނގުގައި އޮންނަ އޮސާކާ އަކީ ޓޯކިޔޯ އަށް ފަހު އެ ގައުމުގެ އެންމެ ބޮޑު މެޓްރޮޕޮލިސް ސަރަހައްދެވެ. އިމާރާތް ކުރުމާއި މެއިންޓެއިން ކުރުމާ ގުޅޭ ހަރުކަށި ގަވާއިދުތައް ތަންފީޒު ކުރާ ޖަޕާނުގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަނީ ވަރަށް މަދުންނެވެ. ބޮޑެތި ކުށްތައް ވެސް ޖަޕާނުގައި ހިނގަނީ ވަރަށް މަދުންނެވެ.

ފަހުގެ ތާރީހެއްގެ ޖަޕާނުގައި ހިންގި މިފަދަ އެންމެ ނުރައްކާތެރި ކުށަކީ ކިޔޯޓޯގައި ހުންނަ އެނިމޭޝަން ސްޓޫޑިއޯއެއްގައި 2019 ވަނަ އަހަރު ރޯކުރި އަލިފާންގަނޑެވެ. އެ ފަހަރު 36 މީހުން މަރުވި އެވެ. އެ ހާދިސާއާ ގުޅިގެން މިދިޔަ އަހަރު މީހަކާ ދެކޮޅަށް ދައުވާ ކުރި އެވެ.

ފަހަކަށް އައިސް ޖަޕާނުގެ ރޭލު ނެޓްވޯކުގައި ވަޅި އާއި އަލިފާނުން ދޭ ހަމަލާތައް އިތުރުވެފައިވާކަން ފާހަގަވެ އެވެ. މިދިޔަ އޮކްޓޯބަރު މަހު، ޖޯކަރުގެ ކޮސްޓިއުމް ލައިގެން ހުރި 24 އަހަރުގެ ފިރިހެނަކު ޓޯކިޔޯގެ ރޭލެއް ތެރޭގައި ވަޅިން މީހަކަށް ހަމަލާދީ އަލިފާން ރޯކުރުމުން ހައްޔަރު ކުރި އެވެ.

އޭގެ ފަހުން އުމުރުން 69 އަހަރުގެ ފިރިހެނަކު ވަނީ ކިޔޫޝޫ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ބުލެޓް ރޭލެއް ތެރޭގައި ވެސް އަލިފާން ރޯކުރަން މަސައްކަތްކޮށްފަ އެވެ. އެ ފަހަރު އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox