ގައުމީ ވޮލީ ޓީމާއި ހައިދަރުއާބާދު ކުޅޭ ފަހު މެޗުން ދެ ސަޕޯޓަރަކަށް ރަނުގެ ފުރުސަތެއް

Dec 18, 2021, 3:42 AM
ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން ގައުމީ ޓީމުގެ ހުޒާމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެެރެއިން ގައުމީ ޓީމުގެ ހުޒާމް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމާއި ހައިދަރުއާބާދު ސްޕައިކާސް މިއަދު ހަވީރު ކުޅޭ މެޗުގައި ނަގާ ލަކީޑްރޯ އަކުން ހޮވޭ ދެ ސަޕޯޓަރަކަށް މި މަހު 23-29 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ މެޗެއް ބަލާލުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެފި އެވެ.

ހައިދަރުއާބާދު ޓީމާ ދެކޮޮޅަށް ގައުމީ ވޮލީ ޓީމުން ކުޅުނު ފުރަތަމަ ދެ މެޗުން ވަނީ 3-1 ސެޓުން މޮޅުވެފަ އެވެ. ފަހު މެޗު ކުޅޭނީ މިއަދު ހަވީރު އެވެ. މެޗު ފަށާނީ 16:30 ގަ އެވެ.

މެޗު ބަލަން ސަޕޯޓަރުން ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓަށް އައުމުން ވައުޗަރެއް ދޭނެ ކަމަށާއި އެ ވައުޗަރު އެ ތަނުގައި ބެހެއްޓިފައި ހުންނަ ފޮއްޓައް ލުމުން ގުރުއަތުލުމުގައި ބައިވެރިވެވުނީ އެވެ. އަދި މެޗު ނިމުމުން ގުރުއަތުލުން ބާއްވާނެ ކަމަށް ވީއޭއެމުން ބުނެފައިވެ އެވެ.

ގުރުއަތުލުމުން ހޮވޭ ދެ ސަޕޯޓަރަކު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ގައުމީ ޓީމު ކުޅޭ މެޗެއް ބަލާލުމަށް ބަންގްލަދޭޝަށް ދިއުމުގެ ދެކޮޅު ޓިކެޓް ދޭނެ ކަމަށް ވީއޭއެމުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވެސް ގައުމީ ވޮލީބޯޅަ ޓީމުގެ ދެ ޖޯޒީ ދެ ސަޕޯޓަރަަކަށް ދޭން ވަނީ ނިންމައިފަ އެވެ.

ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ)، "އަދަދު" އަށް ވިދާޅުވީ ހައިދަރުއާބާދު ޓީމާ ދެކޮޅަށް މިއަދު ހަވީރު ގައުމީ ޓީމު ކުޅޭ މެޗަކީ ސެންޓްރަލް ޒޯންގެ އެންމެ ފަހުގެ ތައްޔާރީ ކަމަށާއި އެހެންވެ، އެންމެ ފަހު ވަގުތު ޓީމުގެ ފަަހަތުގައި ސަޕޯޓަރުން ތިބިކަން ދައްކައިދޭން މި މެޗު ވީހާވެސް ފޯރިގަދަކޮށް ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ.

"ވީހާވެސް ގިނަ ސަޕޯޓަރުން މުބާރާތަށް ޓީމު ދިއުމުގެ ކުރިން ޓީމަށް ފެއާވެލްއެއްގެ ގޮތުގައި ވިސްނައިގެން ވެސް ސަޕޯޓް ދޭން މި މެޗަށް އައުމަކީ ޓީމަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެއް،" ރަނޭ ވިދާޅުވި އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ވޮލީ ޓީމުން ވަނީ މި މަހު ސްރީ ލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ވެސް މާލޭގައި ތިން މެޗެއް ކުޅެފަ އެވެ. އެ މެޗުތައް ބަލަން ވެސް އައީ ނިސްބަތުން މަދު ސަޕޯޓަރުންނެވެ. އަދި ހައިދަރުއާބާދު ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗު ބަލަން ވެސް ދިޔައީ މަދު ސަޕޯޓަރުންނެވެ. ވީއޭއެމްގެ އެދުމަކީ މިއަދު ހަވީރު ކުޅޭ މެޗަށް ވީހާވެސް ގިނަ ސަޕޯޓަރުން ދިއުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox