ދެ ވަނަ މެޗުގައި ވެސް ރާއްޖޭގެ ގައުމީ ވޮލީ ޓީމުން ހައިދަރުއާބާދު ޓީމު ބަލިކޮށްފި

Dec 17, 2021, 7:39 PM
ދެ ވަނަ މެޗުން ވެސް ގައުމީ ވޮލީ ޓީމު މިރޭ ވަނީ ހައިދަރުއާބާދު ޓީމު ބަލިކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ މެޗުން ވެސް ގައުމީ ވޮލީ ޓީމު މިރޭ ވަނީ ހައިދަރުއާބާދު ޓީމު ބަލިކޮށްފައި.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފިިރިހެން ވޮލީބޯޅަ ޓީމުން އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ ތެރެއިން ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭން ހައިދަރުއާބާދު ޓީމު ބަލިކުރީ ފަހަތުން އަރައި 3-1 އިންނެވެ. މިރޭ ކުޅުނު މެޗުން ވެސް ގައުމީ ވޮލީ ޓީމު މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 25-13، 23-25، 25-20 އަދި 25-19 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ކުޅުނު މެޗު ޝަރަފްވެރިކޮށްދެއްވީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފް އެވެ.

މިރޭގެ މެޗު ފަށައިގެން، ގައުމީ ޓީމުގެ ފަރާތުން ފެނުނީ ރޭގެ މެޗު ނިންމާލިއިރު ފެނުނު މޮޅުވުމުގެ ރޫހު އެވެ. އެ ގޮތުގައި ފުރަތަމަ ސެޓު އެއްކޮށް ޑޮމިނޭޓްކުރީ ރާއްޖޭގެ ޓީމުންނެވެ. ރޭގެ މެޗުގައި ފޯމަކަށް އެޅިގެން މޮޅަށް ކުޅުނު ހަސަން ނިލާމް (ޕާޓޭ) މިރޭގެ މެޗުގައި ވެސް ރަނގަޅަށް ކުޅުނެވެ. ރާއްޖޭން ފުރަތަމަ ސެޓު ފަށައިގެން ލީޑުގައި އޮތުމުން ހައިދަރުއާބާދު ޓީމުން ޓައިމްއައުޓް ނަަގައިގެން މެޗުގެ ތެރެއަށް ވަދެވޭތޯ ކުރި މަސައްކަތް މި ސެޓުގައި ކާމިޔާބުނުވި އެވެ. އަދި ރެފްރީގެ ބައެއް ނިންމުންތަކާ މެދު ވެސް ހައިދަރުއާބާދު ޓީމު ހިތްހަމަނުޖެހުނެވެ. ދިވެހި ޓީމު ފޯމުގައި އޮވެ، ސެޓު ނިންމާލީ 25-13 އިންނެވެ.

ފުރަތަމަ ސެޓު ނިންމާލި ގޮތަށް ދެ ވަނަ ސެޓު ކުރީކޮޅުގައި ވެސް ރާއްޖޭން މޮޅަށް ކުޅުނެވެ. ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އަލީ ހުޒާމް (ހުޒަންޓެ)ގެ ރަނގަޅު ހަމަލާތަކެއް ފެނުނުއިރު، ސެޓު ފަށައިގެން ރާއްޖެ 7-0 އިން ކުރީގައި ވެސް އޮތެވެ. އެކަމަކު، މި ފަހަރު ޓައިމްއައުޓްތަކެއް ނަގައި ހައިދަރުއާބާދު ޓީމު ހަމަޔަކަށް އެޅުވި އެވެ. ސެޓުގެ ފަހު ކޮޅުގައި ހައިދަރުއާބާދުން މިރޭގެ މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނެގި އެވެ. އެއީ 20-21 އިންނެވެ. އެ ހިސާބުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޕޮއިންޓްތައް ދިޔައީ ވަރަށް ވާންކޮށެވެ. ހައިދަރުއާބާދު ޓީމުގައި ހިމެނޭ ރާއްޖޭގެ ގިނަ ޓީމުތަކަށް ކުޅުނު އަނޫޕް ޑިކޯސްޓާގެ ރަނގަޅު ކުޅުމާ އެކު އެ ޓީމުން މި ސެޓު ގެންދިޔައީ 23-25 އިންނެވެ.

ދެ ވަނަ ސެޓުގައި ހައިދަރުއާބާދު ޓީމުގައި ހިމެނޭ އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިޔާ، އަޖޭ ޗޯދުރީ ވެސް މޮޅު ކުޅުމެއް ދެއްކި އެވެ. ރާއްޖޭން ވަނީ ސެޓަރު، ހުސެއިން ޝާހިދު (ޝާޑު)ގެ ބަދަލުގައި ހުސެއިން ވިޝާމް (ބުޅިކެ) އާއި ނިލާމްގެ ބަދަލުގައި އާދަމް ނަސީމް (އެޑަމް) ދެ ވަނަ ސެޓުގައި ކުޅެން އަރުވައިފަ އެވެ.

ތިން ވަނަ ސެޓު ވަރަށް ވާދަވެރިކޮށް ދިޔައިރު، މި ސެޓުގައި ހައިދަރުއާބާދު ޓީމުން އަނެއްކާ ވެސް ރެފްރީގެ ނިންމުމަކާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ހައިދަރުއާބާދު ޓީމުން ލީޑު ނަގައިގެން ކުޅުނުއިރު، ސެޓުގެ މެދުތެރެއިން 12-12 އިން އެއްވަރުވި އެވެ. އެކަމަކު، މި ސެޓުގެ ފަހު ކޮޅުގައި ހައިދަރުއާބާދު ޓީމުގެ އިސްކޮޅުން ދިގު ކުޅުންތެރިޔާ، އަޖޭ އަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުނެވެ. ރާއްޖޭން ރަނގަޅަށް ކުޅެ، މި ސެޓު 25-20 އިން ގެންގޮސް މެޗުން މޮޅުވުމުގެ އުއްމީދު ބޮޑުކުރި އެވެ.

ހަތަރު ވަނަ ސެޓު ފަށައިގެން ހައިދަރުއާބާދު ޓީމު ލީޑެއް ނެގި އެވެ. އެކަމަކު، މާ ރަނގަޅަށް ހިފަހައްޓާލެވޭ ގޮތެއްނުވި އެވެ. ރާއްޖޭން 7-7 އިން އެއްވަރުކޮށް، އެ ހިސާބުން ސެޓު އަނބުރާލައި، އެ ގޮތުގައި ލީޑު ދެމެހެއްޓި އެވެ. އަދި މި ސެޓު 25-19 އިން ގެންގޮސް ރާއްޖެ މެޗުން މޮޅުވީ އެވެ.

ހައިދަރުއާބާދު ޓީމާ ދެކޮޅަށް ކުޅޭ ފަހު މެޗު އޮންނާނީ މާދަމާ ހަވީރު 16:30 ގަ އެވެ. ސަޕޯޓަރުންނަށް ހާއްސަކޮށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ވޮޮލީބޯލް އެސޯސިއޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިރޭގެ މެޗަށް ފަހު މިނިސްޓަރު މަހުލޫފް ވަނީ މި މަހު 23-29 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ ސެންޓްރަލް ޒޯން އަންހެން/ފިރިހެން މުބާރާތުގައި ވާދަކުރާ ގައުމީ ޓީމުތަކާ ބައްދަލުކޮށް ހިތްވަރު ދެއްވައިފަ އެވެ.

ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ފިރިހެން ޓީމަށް ސްރީ ލަންކާގެ ގައުމީ ޓީމާއި ދެކޮޅަށާއި ހައިދަރުއާބާދާ ދެކޮޅަށް މާލޭގައި ކުޅެން ޖުމްލަ އެއްކޮށް ހަ މެޗެއް ހަމަޖެއްސުނީ ވޮލީބޯލް އެސޯސިއޭޝަންގެ ލީޑަޝިޕާއި ޔޫތު މިނިސްޓްރީން ގުޅިގެން ކުރި މަސައްކަތުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތްތަނުގައި އަންހެން ވޮލީ ޓީމު ކުރިއަރުވަން ވެސް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށާއި ވޮލީ އަކީ އަބަދުވެސް މެޑަލް ހޯދަން މަސައްކަތް ކުރާ ކުޅިވަރެއް ކަމަށް މިނިސްޓަރު މަހުލޫފް ފާހަަގަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox