އެމްޕީއެލްގެ ޗެއާމަނަކަށް ޝަރީފް، އެމްއޭސީއެލްގެ ބޯޑަށް ސިޔާދު

އެމްޕީއެލްގެ ޗެއާމަނަކަށް ހަމަޖެއްސި މުހައްމަދު (ސެންކޯ) ޝަރީފް (ކ) އަދި އެމްއޭސީއެލްގެ ބޯޑަށް ހަމަޖެއްސި ސިޔާދު ގާސިމް (ވ). --

އެމްޕީއެލްގެ ޗެއާމަނަކަށް ހަމަޖެއްސި މުހައްމަދު (ސެންކޯ) ޝަރީފް (ކ) އަދި އެމްއޭސީއެލްގެ ބޯޑަށް ހަމަޖެއްސި ސިޔާދު ގާސިމް (ވ). --

ވިޔަފާރި ބަނދަރުތައް ހިންގާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާމަނަކަށް ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް)، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އައްޔަންކޮށްފި އެވެ.

މިހާރު ވެސް އެމްޕީއެލްގެ ބޯޑުގައި ހުންނަވާ ޝަރީފް އެ ކުންފުނީގެ ޗެއާމަނަކަށް ހަމަޖެއްސީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޒަކީ (ނަޒާކީ ޒަކީ) އެ މަގާމުން އިސްތިއުފާ ދެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

އެމްޕީއެލްގެ ޗެއާމަންކަމުން މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޒަކީ އިސްތިއުފާދެއްވީ، ކޮވިޑުގެ ފުރަތަމަ ލޮކްޑައުން ދުވަސްވަރު ވިޔަފާރި ބަނދަރުގައި ހިނގި ތެލުގެ ވައްކަމެއްގެ މައްސަލައެއްގައި ބޯޑާއި މެނޭޖްމަންޓާ އުފެދުނު ދެބަސްވުންތަކަށް ފަހު އެވެ.

ޝިޕިން ދާއިރާގެ ތަޖުރިބާކާރެއް ކަމުގައިވާ ޝަރީފް، ކުރިން ހިންގި ގައުމީ ޝިޕިން ލައިން މޯލްޑިވްސް ނޭޝަނަލް ޝިޕިން ލައިން (އެމްއެންއެސްއެލް)ގެ ޗެއާމަނުގެ މަގާމު އަދާކުރެއްވި އެވެ.

އެމްޕީއެލްގެ ބޯޑު މެމްބަރުން

  1. މުހައްމަދު ޝަރީފް - ޗެއާމަން
  2. ޝާހިދު އަލީ - ސީއީއޯ
  3. އިބްރާހިމް އަބްދުﷲ - ޑެޕިއުޓީ ސީއީއޯ
  4. ޖާދުﷲ ނާޒިމް - ޑިރެކްޓާ
  5. އަހުމަދު ލައިޝަމް - ޑިރެކްޓާ
  6. އިބްރާހިމް އާރިފް - ޑިރެކްޓާ

އެމްޕީއެލްއަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެހެންކަމުން މި ކުންފުނީގެ ބޯޑުގައި ތިބޭ ހުރިހާ އެންމެންނަކީ ވެސް ސަރުކާރުން ޕީސީބީ މެދުވެރިކޮށް އެ މަގާމުތަކަށް އައްޔަނުކޮށްފަ ތިބޭ ބަޔެކެވެ.

އެމްޕީއެލްއަށް ޗެއާމަނަކު ހަމަޖެއްސުމުގެ އިތުރުން ޕީސީބީން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑަށް ވިލާ ކުންފުނީގެ ސިޔާދު ގާސިމް އިއްޔެ ހަމަޖައްސާފަ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ކުންފުނީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަލުން، ސިޔާދު އެމްއޭސީއެލްގެ ބޯޑަށް ހަމަޖެއްސީ ނަން އެގްޒެކެޓިވް ބޯޑު މެމްބަރެއްގެ ގޮތުގަ އެވެ.

ސިޔާދު ބޯޑަށް ހަމަޖެއްސިއިރު، މިދިޔަ މަހު އެމްއޭސީއެލްގެ ސީއީއޯ ގޯޑޮން އެންޑްރޫ ސްޓުވާޓު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އެފަހުން އެ މަގާމު ހުރީ ހުހަށެވެ.

އެކަމަކު ގޯޑޮން ވަކިކުރުމުގެ ދުވަސްތަކެއް ކުރިން ކުންފުނީގެ އޮޕަރޭޝަންސް ހިންގަން ސީއޯއޯގެ މަގާމަށް ޑެރެން ވިލިއަމްސް ވަނީ ހަމަޖައްސާފަ އެވެ. އާންމުކޮށް ކުންފުނިތަކުގެ ސީއޯއޯ ބޯޑުގައި ހުންނެވި ނަމަވެސް، ވިލިއަމްސް ބޯޑުގައި ހުންނަކަމެއް ކަށަވަރެއް ނޫނެވެ.

އެމްއޭސީއެލްގެ ބޯޑު މެމްބަރުން

  1. މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) - ޗެއާމަން
  2. އިބްރާހިމް ނޫރައްދީން - ޑިރެކްޓާ
  3. ޑރ. އިބްރާހިމް މަހަފޫޒް - ޑިރެކްޓާ
  4. އައިޝަތު އަރުޝާ - ޑިރެކްޓާ
  5. އަހުމަދު އިމާން މޫސާ - ޑިރެކްޓާ
  6. ސިޔާދު ގާސިމް - ޑިރެކްޓާ

އެމްއޭސީއެލްއަކީ ވެސް ސައްތައިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ. އެހެންކަމުން މި ކުންފުނީގެ ބޯޑުގައި ތިބޭ ހުރިހާ އެންމެންނަކީ ވެސް ސަރުކާރުން ހަމަޖައްސާ ބަޔެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

Newsletter

Get the latest news delivered straight to your inbox