ޓީމުގެ އިތުބާރު ރަނގަޅުކުރަން މެޗު ކުޅެން ލިބުމަކީ ކާއްޓޭ އަށް ހިތްހަމަޖެހުމެއް

Dec 17, 2021, 6:21 AM
ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ރޭގެ މެޗަށް ފަހު އިންޓަވިއު ދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ރޭގެ މެޗަށް ފަހު އިންޓަވިއު ދެނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ސެންޓްރަލް ޒޯން މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން ރާއްޖޭގެ ގައުމީ ޓީމުން އިންޑިއާގެ ލީގުގައި ކުޅޭ ހައިދަރުއާބާދު ސްޕައިކާސްއާ ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން ރޭ މޮޅުވިއިރު، މި މެޗުތަކަކީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ގައުމީ ވޮލީ ޓީމުގެ އިތުބާރު ރަނގަޅުކުރަން ބަލާއިރު، ވަރަށް މުހިއްމު މެޗުތަކެއް ކަމަށް ގައުމީ ވޮލީ ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.

ސެންޓްރަލް ޒޯނަށް ވޮލީ ޓީމުގެ ސްކޮޑު ފައިނަލް ކުރި ފަހުން ކުޅުނު ފުރަތަމަ މެޗުން ރޭ ރާއްޖެ މޮޅުވީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 25-19 އިން ހައިދަރުއާބާދު ޓީމު ގެންދިޔައިރު، ރާއްޖެ ވަނީ ދެން ކުޅުނު ތިން ސެޓު ގެންގޮސްފަ އެވެ. އެއީ 18-25، 18-25 އަދި 17-25 އިންނެވެ.

މެޗަށް ފަހު ކާއްޓޭ ބުނީ ގިނަ މެޗު ލިބުނު ވަރަކަށް ޓީމުގެ ޕާފޯމަންސް ރަނގަޅުވަމުން އަންނަކަން ފާހަގަކުރާ ކަމަށެވެ. އެކަން ރޭގެ މެޗު ބަަލަން ތިބި އެންމެނަށް އެނގޭނެކަން ކާއްޓޭ ފާހަގަކުރި އެވެ.

ހައިދަރުއާބާދު ޓީމުން ރާއްޖެއާ ދެކޮޅަށް ތިން މެޗު ކުޅެން ހަމަޖެހިފައިވާއިރު، ރޭގެ މެޗު އެ ޓީމުން ކުޅުނީ އިއްޔެ އިރުއޮއްސުނުއިރު، މާލެ އައިގޮތަށެވެ.

ކާއްޓޭ ބުނީ ރޭގެ މެޗަށް ވުރެ ރަނގަޅަށް ކުޅޭނެ ހައިދަރުއާބާދު ޓީމުން ކުރިއަށް އޮތް ދެ މެޗުގައި ކުޅޭނެ ކަމަށެވެ.

"އެ މީހުންގެ ކޮންމެ ވެސް ވަރަަކަށް ދަތުރު ވަރުބަލިކަން އެބަހުރި. އެހެންވީމަ އެ ސަބަބަށްޓަކައި މިރޭ (ރޭ) އެ މީހުންގެ ސީދާ ޕާފޯމަންސް ނުފެނުމަކީ އެކަށީގެންވާ ކަމެއް. އަދި ކުރިއަށް އޮތްތަނުގައި މި އަށް ވުރެ ރަނގަޅަށް ކުޅޭނެ. ރާއްޖެ ޓީމަށް ގިނަ މެޗު ކުޅޭ ވަރަކަށް އެ ކޮންފިޑެންސް ލިބޭކަން ފާހަގަކުރަން،" ކާއްޓޭ ބުންޏެވެ.

ސެންޓްރަލް ޒޯނަށް ތައްޔާރުވާން އެންމެ ފުރަތަމަ ރާއްޖެ ޓީމުން މާލޭގައި ސްރީލަންކާގެ ގައުމީ ޓީމާ ދެކޮޅަށް ތިން މެޗެއް ކުޅުނެވެ. ދެ އަހަރަށް ފަހު ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުގައި ލަންކާ އަތުން ތިން މެޗުން ވެސް ސީދާ ތިން ސެޓުން ބަލިވީ އެވެ. ސެޓެއް ވެސް ނުލިބުނީ ލަންކާ ޓީމު ވަރުގަދަ ރޫހެއްގައި ކުޅެ، މެޗު އެކްސްޕީރިއަންސްގެ ގޮތުން ވެސް ރަނގަޅު ލެވަލެއްގައި ހުރުމުންނެވެ.

"ހަގީގަތުގައި ނެޝަނަލް ޓީމަކާ ވީމަ ތަފާތު ތަކެއް ހުންނާނެ. ލަންކާ ޓީމު، ޓީމެއްގެ ގޮތުގައި ވަރުގަދަ. ކުޅޭއިރުގައި ވެސް ޓީމެއްގެ ގޮތުގައި އެ ފޯރި ނަގައިގެން ކޮންފިޑެންސާ އެކު ކުޅޭ. އަޅުގަނޑުމެންގެ ޓީމަށް ވެސް އެ ލެވަލްގެ ގިނަ މެޗުތައް ލިބޭ ވަރަކަށް މިސްޓޭކްތައް ރަނގަޅުކޮށް، ކޮންފިޑެންސް ވެސް ލިބޭ،" ކާއްޓޭ ބުންޏެވެ.

ލަންކާ ތިން މެޗަށް ފަހު ރާއްޖޭން ބެލީ ބަންގްލަދޭޝަށް ސެންޓްރަލް ޒޯން ކުޅެން ދިއުމުގެ ކުރިން ރާއްޖޭން ބޭރުގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދިއުމަށެވެ. ގައުމީ ޓީމުން ކޭމްޕްކުރަން ބެލި ގައުމުތަކުގެ ތެރޭގައި ގަތަރު، ތައިލެންޑް، ބަހްރޭން، އިންޑޮނީޝިއާ އަދި އިންޑިއާ ހިމެނެ އެވެ. އެކަމަކު، ކޮވިޑާ ހެދި ހުރި ދަތިތަކުގެ ސަބަބުން ޓްރެއިނިން ކޭމްޕް ނުދެވި މާލޭގައި މެޗުތަކެއް ކުޅެން ރޭވީ އެވެ.

ކާއްޓޭ ބުނީ ކޮވިޑްގެ ނުރައްކާ އޮތް މި ފަދަ ދުވަސްވަރެއްގައި މި ގޮތަށް އަމިއްލަ ގައުމުގައި ތިބެ މެޗުތަކެއް ކުޅެލަން ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ.

"މި ގޮތަށް މެޗުތަކެއް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ މުބާރާތަށް ދިއުމުގެ ކުރިން. އެހެން ގައުމުތަކުގައި ނުލިބޭ ފުރުސަތު އަޅުގަނޑުމެންނަށް ލިބިއްޖެ ޕްރެކްޓިސް މެޗު ކުޅެން. އެހެން ނަމަވެސް އެ ގައުމުތަކުގައި ލީގު ވަރަށް ވަރުގަދަ، ވަރުގަދަ އަށް ލީގު ކުޅެފި ބޭރުން މީހުން ގެނެސްގެން،" ކާއްޓެ ބުންޏެވެ.

ހައިދަރުއާބާދު ކުޅުންތެރިއަކު ޖަހާ ޝޮޓެއް ރާއްޖެ ޓީމުގެ ބުޅިކެ ބްލޮކްކުރަނީ.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކާއްޓޭ ބުނީ ރާއްޖޭގެ ޓީމާ ދެކޮޅަށް ކުޅެން މި އައި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް ޓީމަކީ އިންޑިއާގެ ލީގުގައި އެންމެ ވަރުގަދަ އަށް ކުޅޭ އިންޑިއާ ނެޝަނަލް ޓީމަށް ވެސް ކުޅޭ ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ.

"ހާއްސަކޮށް ސެންޓަ ދެ މީހުންނަކީ ނެޝަނަލް ޓީމަށް ވެސް ކުޅޭ މީހުން. އިންޑިއާގައި ކުޅެން ތައްޔާރުވެފައި އޮތް ލީގުގައި ވެސް އެންމެ ރޭންކިން މަތި ސެންޓަ އެބަހުރި. މި މެޗުތަކަކީ (ދިވެހި ޓީމަށް) ވަރަށް ރަނގަޅު މެޗުތަކެއް،" ކާއްޓޭ ބުންޏެވެ.

ރާއްޖޭގެ ޓީމަށް ލަންކާ މެޗުތަކުގައި އެންމެ ބޮޑަށް ދިމާވި އެއް މައްސަލަ އަކީ ސެޓަރުންނަށް އެންމެ ރަނގަޅަށް ނުކުޅެވުމެވެ. އެކަން ކާއްޓޭ ވެސް ވަނީ ފާހަަގަކޮށްފަ އެވެ. ކާއްޓޭ ބުނީ އެކަން ވެސް މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި ރޭގެ މެޗުން ރާއްޖެ އަށް މޮޅުވުމުގައި ސެޓަރަކަށް ކުޅުނު ހުސެއިން ވިޝާމް (ބުޅިކެ) އާއި ހުސެއިން ޝާހިދު (ޝާޑު)ގެ ރޯލު ބޮޑުކަން ކާއްޓޭ ފާހަގަކުރި އެވެ.

ލަންކާ މެޗުތަކުގައި ހަސަން ނިިލާމް (ޕާޓޭ)ގެ ކުޅުން ނުފެންނާތީ ކަންބޮޑުވި ނަމަވެސް ރޭ ހައިދަރުއާބާދު ކޮޅަށް ނިލާމްގެ ކުޅުން ވެސް ރަނގަޅު ކަމަށް ކާއްޓޭ ބުންޏެވެ.

މާއިޝް، ނާފިއު އަދި ޝަމްވީލް މުސްތަގުބަލުގައި ގައުމީ ޓީމަށް ކުޅޭނެ

ވީއޭއެމްގެ މިހާރުގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް ވޮލީ ސްކޮޑު ފައިނަލްކުރިއިރު، ޒުވާން ވޮލީބޯޅަ ކުޅުންތެރިން އުފެއްދުމުގެ ޕްރޮގްރާމްގެ ތެރެއިން ސީނިއާ ވޮލީ ޓީމަށް ނެގި ޒުވާން ތިން ކުޅުންތެރިން ވަނީ ފައިނަލް ސްކޮޑުގައި ވެސް ހިމަނައިފަ އެވެ. އެ ތިން ކުޅުންތެރިންނަކީ މާއިޝް އަހުމަދު، އަހުމަދު ނާފިއު އަދި ޝާމިލް މުހައްމަދު އެވެ.

އުމުރުން 17 އަހަރުގެ މާއިޝް އަކީ 19 އަހަރުން ދަށުގެ ކެޓަގަރީގެ ބީޗް ވޮލީ ޗެމްޕިއަނެކެވެ. އަދި 23 އަހަރުގެ ޗެމްޕިއަންކަން ހޯދީ ނާފިއު، 19، އާއި ޝާމިލް، 20، ގެ ޕެއާ އިންނެވެ. މާއިޝް އާއި ޝާމިލް އަކީ ސްޕައިކަރުންނެވެ. އަދި ނާފިއު ކުޅެނީ ސެންޓަ އަށެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗަކީ ކުޅުމުގެ ފުރުސަތު ނުލިބުނު ކަމުގައި ވިޔަސް ނާފިއު، ޝާމިލް އަދި މާއިޝް ގައުމީ ޓީމާ އެކު ކުރި ފުރަތަމަ ތަޖުރިބާ އެވެ. ރޭ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ދެ ވަނަ ސެޓުގެ ފަހުކޮޅުގައި ނާފިއު ވަނީ ކުޅެން އަރުވައިފަ އެވެ.

ކާއްޓޭ ބުނީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް އަދި އެންމެ ޖޫނިއާކޮށް ތިން ކުޅުންތެރިން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް އެރި ފުރަތަަމަ ފަަހަރު ކަަަމަށެވެ. އަދި އޭގެ ތެރެއިން އެންމެ ޖޫނިއާ އެއް ކުޅުންތެރިއަކީ އުމުރުން 17 އަހަރުގެ މާއިޝް ކަމަށާއި މިއީ އެ އުމުރުގައި ގައުމީ ޓީމުގެ ފައިނަލް ސްކޮޑުގައި ކުޅުންތެރިއަކު ހިމެނުނު ފުރަތަމަ ފަހަރު ކަމަށެވެ.

"އަޅުގަނޑު ވިސްނާ ގޮތުގައި، މިހާރު އެ ތިން ކުދިން ހުރި ލެވަލަށް ބަލާފައި ކުރިއަށް އޮތް އަހަރެއްހާ ދުވަސްތެރޭ ނެޝަނަލް ޓީމުގެ ފުލް ހައެއްގައި ކުޅުމުގެ ފުރުސަތު އެބައޮތް،" ކާއްޓޭ ބުންޏެވެ.

"މި ވަގުތަށް އެ ތިން ކުޅުންތެރިން ނަގާފައި އެ ތިބީ މި މެޗުތަކުގައި ބޭނުންކުރާކަށް ނޫން. އެއީ ރާއްޖޭގެ މުސްތަގުބަލަށް ނަގާފައި އެ ތިބީ. ވަރަށް މުހިއްމު މި ޓީމާ އެކު އެ ތިން ކުޅުންތެރިން އުޅުން، ދަތުރު ދިއުން، އެކްސްޕީރިއަންސް ކުރުން. މިހެން ލިބޭ މެޗުތަކުގައި ކިރިޔާ ވެސް ފުރުސަތެއް ލިބިއްޖިއްޔާ އެ ކުޅުންތެރިން ބޭނުން ކޮށްގެން އެ ޕްރެޝަރު ތެރޭ ކުޅެލަން އެ ޗާންސް ދިނުން ވެސް ވަރަށް މުހިއްމު،"

ކާއްޓޭ ބުނީ ކުރިން އެ ގޮތަށް ޒުވާން ކުޅުންތެރިންނަށް ފުރުސަތު ނުލިބި ހުރުމަކީ ވޮލީގެ ކުރިއެރުމަށް ބަލާއިރު ވެސް ހުރަހެއްގެ ގޮތުގައި ދިމާވެފައިވާ ކަމެއް ކަމަށެވެ. އެ ގޮތުން ކާއްޓޭ މިސާލަކަށް ނެގީ ޓީމުގެ ސެންޓަރަކަށް ކުޅެމުން އަންނަ ޝުއައިބު އަބްދުލް ލަތީފް، 28، އެވެ.

"މިސާލަކަށް ޝުވައިބު، ޝުވައިބަކީ ކުރިން އެ ލެވަލްގައި ކުޅެފައި ހުރި ކުޅުންތެރިއެއް ނޫން. މިހާރު އެ ލެވަލްގައި ކުއްލިއަކަށް ކުޅެންވީމަ ވަރަށް ބޮޑަށް ޕްރެޝަރު ނަގާ. މިހާރުން ސުރެ އަޅުގަނޑު ބޭނުންވީ އެ ޒުވާން ކުޅުންތެރިންނަށް (މާއިޝް، ނާފިއު އަދި ޝަމްވީލް އަށް) އެ އެކްސްޕީރިއަންސް، އެ ޕްރެޝަރު ދީގެން މުސްތަގުބަލުގައި ގައުމީ ޓީމަށް ކުޅެން ތައްޔާރުކުރަން،" ކާއްޓޭ ބުންޏެވެ.

ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ މިރޭ 9 ޖަހާއިރު އެވެ. ގައުމީ ޓީމު ބަންގްލަދޭޝަށް ސެންޓްރަލް ޒޯން މުބާރާތް ކުޅެން ފުރަން ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox