ކޮވިޑާ ހެދި މެޗުތައް ފަސްކުރުމަކީ ހައްލެއް ނޫން: ކްލޮޕް

Dec 17, 2021, 4:42 AM
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (ޑިސެމްބަަރު 17) - ކޮވިޑް-19 އާ ހެދި އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތައް ފަސްކުރުމަކީ އެކަން ކުރަން އޮތް އެންމެ ރަނގަޅު ގޮތްތޯ ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ސުވާލު އުފައްދައިފި އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19ގެ އާ ވޭރިއަންޓް އޮމިކްރޮން ފެތުރޭތީ މިހާތަނަށް ކްލަބްތަކުން ފެނުނު ކޮވިޑް ކޭސްތަކުގެ ސަބަބުން ވަނީ އެކި ފަހަރު މަތިން ޖުމްލަ ނުވަ މެޗެއް ވަނީ ފަސްކޮށްފަ އެވެ. އޭގެ ތެރޭގައި އެއް ކްލަބެއްގެ މެޗުތައް ވަނީ ތަކުރާރުވެފަ އެވެ.

ލީގުގައި ރޭ ލިވަޕޫލާއި ޗެލްސީން މެޗު ކުޅުނީ އެ ޓީމުގެ ކުޅުންތެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމުން ދެން ތިބި ކުޅުންތެރިން އިތުރު ޓެސްޓްތަކެއް ކުރުމަށް ފަހު އިތުުރު ކުޅުންތެރިއަކު ޕޮޒިޓިވް ނުވާތީ އެވެ. ލިވަޕޫލުން ކޮވިޑަށް ޕޮޒިޓިވްވީ ވާޖިލް ވެން ޑައިކާއި ފަބީނިއޯ އަދި ކާޓިން ޖޯންސް އެވެ.

ކްލޮޕް ބުނީ ލިވަޕޫލްގެ ހުރިހާ ކުޅުންތެރިން ވަނީ ކޮވިޑް-19ގެ ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައި ކަމަށާއި ބައެއް ކުޅުންތެރިން ބޫސްޓާ ޑޯޒް ވެސް ޖަހާފައިވާ ކަމަށެވެ.

"ލީގު މެޗުތައް ފަސްކޮށް، ލީގު ހުއްޓާލުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކެން. މީގެ އެންމެ ރަނގަޅު ގޮތަކީ ވަގުތު ލިބޭ ފަދަ ރަނގަޅު ޝެޑިއުލެއް އޮތުން. ފުޓްބޯޅަ ކުޅުންތެރިން ކޮންމެ ފަހަރަކު ކޮވިޑަށް ޓެސްޓްކޮށް މި ކުރިމަތިލާ ކަމަކީ ކުޑަ ކަމެއް ނޫން. އެ ހުރިހާ ކަމެއް ކޮށްގެން މި ގޮތަށް މެޗުތައް ފަސްކޮށް، އަލުން ޝެޑިއުލް ކުރާއިރު ހަމައެއް ނެތުމަކީ ގޯހެއް،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ރޭގެ މެޗުގެ ކުރިން ޕޮޒިޓިވްވި ތިން ކުޅުންތެރިންނާ ހަމައިން އެ ކްލަބުން ޕޮޒިޓިވްވާ ކުޅުންތެރިންގެ ކަންކަން ނުނިމޭނެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ކުޅުންތެރިންނާ ކޮވިޑް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ބްރެންޓްފޯޑް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނީ މީގެ ހައްލަކީ ހަފްތާއެއްހާ ދުވަހަށް ލީގާއި އިނގިރޭސި ލީގު ކަޕްގެ މެޗުތައް އެއްކޮށް ފަސްކުރުން ކަމަށެވެ.

ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ ވަކި މެޗުތަކެއް ކުޅެފައި، އެހެން މެޗުތަކެއް ނުކުޅުމަކީ ދެކޮޅު ޖެހޭނެ ގޮތެއް ނޫން ކަމަށެވެ. އަދި ހައްލަކީ ހުރިހާ މެޗެއް އެއްކޮށް ކުޅުން ނޫނީ އެ ގޮތަށް ކުޅެވޭނެ ހާލަތެއް އަންނަން ދެން މެޗުތައް ފަސްކުރުން ކަމަށް ހޯވް ދެކެ އެވެ.

ޗެލްސީން ރޭގެ މެޗުގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވީ ރޮމެލޫ ލުކާކޫ އާއި ޓިމޯ ވާނާ އަދި ކަލުމް ހަޑްސަން އޮޑޯއި އެވެ.

ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ސްޕޯޓްސް ޕޮލިޓިކްސްގެ ވާހަކަ އޭނާ ނުދައްކާނެ ކަމަށާއި އޭނާގެ ވަޒީފާ އަކީ ކޮވިޑް ވިޔަސް އަދި އެ ނޫން ކޮންމެ ހާލަތެއް ތެރޭގައި ވެސް ބޭނުންކުރެވޭނެ ކުޅުންތެރިން ލައިގެން މެޗުތަކަށް ޓީމު ތައްޔާރު ކުރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox