ލިވަޕޫލަށް ލީގު ތާރީހުގައި 2000 ވަނަ މޮޅު، ރެކޯޑެއް!

Dec 16, 2021, 10:25 PM
ލިވަޕޫލަށް ލީގު ތާރީހުގައި 2000 ވަނަ މޮޅު، ރެކޯޑެއް!

ލިވަޕޫލް (ޑިސެމްބަރު 17) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 3-1 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ލީގު ތާރީހުގައި އެންމެ ފުރަތަމަ 2000 މޮޅު ހަމަކުރި ޓީމުގެ ރެކޯޑް ލިވަޕޫލުން ގާއިމްކޮށްފި އެވެ.

ނަވާރަ ފަހަރު އިންގްލެންޑްގެ ޗެމްޕިއަންކަން ހޯދި ލިވަޕޫލުން 2000 މޮޅު ހަމަކޮށް ރެކޯޑް ހެދިއިރު، އެ ޓީމާ އެންމެ ކައިރި ކުރާ ކްލަބަކަށް އޮތީ އާސެނަލް އެވެ. އާސެނަލުން ވަނީ ލީގު ތާރީހުގައި 1927 މޮޅު ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް އެވަޓަން 1872 މެޗުން މޮޅުވެފައިވާއިރު، ލީގުގެ އެންމެ ކާމިޔާބު ޓީމު މެންޗެސްޓާ ޔުނައިޓެޑް އޮތީ މި ލިސްޓުގެ ހަތަރެއްގަ އެވެ. އެއީ 1857 މޮޅު ހޯދައިގެންނެވެ.

މިރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އަންގާރަ ދުވަހުގެރޭ ލީޑްސް ޔުނައިޓެޑް އަތުން ހަތް ގޯލުން މޮޅުވި، ސިޓީ އެއް ވަނައިގައި އޮތީ 17 މެޗުން 41 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 17 މެޗުން 40 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ޗެލްސީ ވަނީ މިރޭ އަމިއްލަ ދަނޑުގައި 1-1 އިން އެވަޓަންއާ އެއްވަރުވެފަ އެވެ. ޗެލްސީގެ އޮތީ 17 މެޗުން 37 ޕޮއިންޓެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ލިވަޕޫލްގެ ވާޖިލް ވެން ޑައިކާއި ފަބީނިއޯ އަދި ކާޓިސް ޖޯންސް ނުލައި މިރޭ އެ ޓީމުން މެޗަށް ނުކުމެ، ކުރިމަތިލާން ޖެހުނީ ބޭނުންވި ކަންތަކާ އެއް ނޫނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ނިއުކާސަލްގެ މިޑްފީލްޑަރު ޖޮންޖޯ ޝެލްވީ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އޭރިއާބޭރުން ޝެލްވީ ޖެހި ބޯޅަ ގޯލަށް ވަންއިރު، ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަށް އެ ބޯޅަ ހުއްޓުވަން މާ ބޮޑު ކަމެއް ނުކުރެވުނެވެ.

ލިވަޕޫލުން ވަނީ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 21 ވަނަ މިނިޓްގައި ލިވަޕޫލަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޑިއޯގޯ ޖޮޓާ އެވެ. ޖޮޓާ މި ގޯލު ޖެހީ ނިއުކާސަލްގެ އިސާކް ހޭޑަން ބޮލަށް އަނިޔާވެގެން ވެއްޓިފައި އޮއްވައި، ކަމަށް ބުނެ ނިއުކާސަލް އިން އެޕީލްކުރި ނަމަވެސް މެޗުގެ ރެފްރީ މައިކް ޑީން ނިންމީ ގޯލެއް ކަމަށެވެ. އޭގެ ހަތަރު މިނިޓް ފަހުން ޝެލްވީ ހެދި ގޯހެއްގެ ފައިދާނަގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. މި ލަނޑާ އެކު ސަލާހު ވަނީ ޖެހިޖެހިގެން 15 މެޗުގައި ލީގުގައި ގޯލެއް ނޫނީ ގޯލެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެން ލެސްޓާގެ ފޯވާޑް ޖޭމީ ވާޑީ ހަދާފައިވާ ރެކޯޑާ ހަމަކޮށްފަ އެވެ.

ލިވަޕޫލަށް ތިން ވަނަ ލަނޑެއް ޖަހައިދޭން ފުރަތަމަ ހާފުގައި ސަލާހަށް ލިބުުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ޕްރެޝަރުގައި ދެ ވަނަ ހާފްގެ ބޮޑުބައި ކުޅުނުއިރު، ލިވަޕޫލްގެ ތިން ވަނަ ގޯލު ޖެހީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް އެވެ. އޭނާ މި ގޯލު ޖެހީ އޭރިއާބޭރުންނެވެ.

މި މެޗުގެ ފަހު ވިއްސަަކަށް މިނިޓް ބާކީ ހުއްޓައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް އެ ޓީމުގެ ތަރި ސަލާހު ބަދަލުކުރުމުން އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ.

ކޮވިޑާ ހެދި ޓިމޯ ވާނާ އާއި ރޮމެލޫ ލުކާކޫ އަދި ކަލުމް ހަޑްސަން އޮޑޯއި ނުލައި ޗެލްސީން ކުޅުނުއިރު، އެވަޓަން އިން ކުޅުނީ ކޮވިޑާއި އަނިޔާގެ މައްސަލަތަކުގެ ސަަބަބުން ސީނިއާ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ.

ޗެލްސީ އަށް މި މެޗުގެ 70 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މޭސަން މައުންޓް އެވެ. ރީސް ޖޭމްސް ދިން ބޯޅައަކުން އުމުރުން 22 އަހަރުގެ މައުންޓް ގޯލު ޖެހިއިރު، ޗެލްސީގެ ތާރީހުގައި ޖެހިޖެހިގެން ހަތަރު މެޗުގައި ގޯލު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އަކީ މައުންޓް އެވެ.

ޗެލްސީ އަށް ލީޑުހިފަހައްޓައިލެވުނީ ހަތަރު މިނިޓް އެވެ. އެވަޓަންގެ އެންތަނީ ގޯޑަން ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ އެ ޓީމުގެ 19 އަހަރުގެ ފޯވާޑް ޖަރާޑް ބްރަންތުވެއިޓް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

ކޮވިޑް-19ގެ ސަބަބުން މިރޭ ޓޮޓެންހަމާއި ލެސްޓާ ސިޓީ ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ. ދެ ޓީމުގެ ކޭމްޕުން ވެސް ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ވަނީ ރިޕޯޓްކޮށްފަ އެވެ. ލީގުގައި ހޮނިހިރު ދުވަހު މެންޗެސްޓާ ޔުނައިޓެޑުން ބްރައިޓަންއާ ކުޅެން އޮތް މެޗު ވެސް ވަނީ ކޮވިޑް-19ގެ ސަބަބުން ފަސްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox