އަގުއޭރޯގެ ރިޓަޔަމެންޓް މެސެޖް: "އެންމެ މުހިންމީ ސިއްހަތު"

Dec 15, 2021, 12:06 PM
ރިޓަޔަމެންޓް އިއުލާނުކުރަން ބޭއްވި އިވެންޓްގެ ތެރެއިން އަގުއޭރޯ.-- ފޮޓޯ: އޭއެފްޕީ

ރިޓަޔަމެންޓް އިއުލާނުކުރަން ބޭއްވި އިވެންޓްގެ ތެރެއިން އަގުއޭރޯ.-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާ (ޑިސެމްބަރު 15) - ހިތުގެ މައްސަލައެއް ފާހަގަވެގެން މި ވަގުތު ކުޅުމާ ދުރުގައި ހުރި ބާސެލޯނާގެ އާޖެންޓީނާގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ފުޓްބޯޅައިން ރިޓަޔާކުރިކަން ރަސްމީކޮށް އިއުލާނުކޮށްފި އެވެ.

އަގުއޭރޯ ރިޓަޔާކުރީ އޭނާ އަށް ދިމާވި ހިތުގެ މައްސަލަތަކުގެ ސަަބުންނެވެ.

އުމުރުން 33 އަހަރުގެ އަގުއޭރޯ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކުރީ މިއަދު ބާސެލޯނާ ދަނޑުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ. އަގުއޭރޯއާ އެކު މި އިވެންޓްގައި ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ބައިވެރިވެވަޑައިގެންނެވި އެވެ.

"އަހަރެން ނިންމައިފިން ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކުރަން. މިއީ ވަރަށް ވެސް އުނދަގޫ ނިންމުމެއް. އެކަމަކު، އަހަރެން މި ނިންމުމާ މެދު ހިތްހަމަޖެހޭ. ކޮންމެ ގޮތެއް ވިޔަސް އެންމެ މުހިންމީ އަހަރެންގެ ސިއްހަތު. އެ ކަމަށް ވިސްނާފައި ކުޅުން ހުއްޓާލަން ނިންމީ،" ރޮވިފައި ހުރެ، ކަރުނަ ފޮހެމުން އަގުއޭރޯ ރިޓަޔަމެންޓް އިއުލާނުކުރަން ބުންޏެވެ.

"އަހަރެން ހަފްތާއެއްހާ ދުވަސް ކުރިން މި ނިންމުން ނިންމައިފިން. އެއީ ޑޮކްޓަރުން ލަފާދެނީ ވެސް އެ ގޮތަށް،"

މި ފަހަރު މެންޗެސްޓާ ސިޓީ ދޫކޮށް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި އަގުއޭރޯ ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އޭނާ އަށް އެ ޓީމުގެ ޖޯޒީގައި ކުޅެވުނީ ފަސް މެޗެެވެ. އަގުއޭރޯ ސްޕެނިޝް ލީގުގެ މެޗެއްގައި ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފުރަަތަމަ ކުޅުނީ އޮކްޓޫބަރު 30 ވަނަ ދުވަހު އަލަވޭސްއާ ދެކޮޅަށެވެ. އެ މެޗުގެ 41 ވަނަ މިނިޓްގައި އަގުއޭރޯ އަށް ނޭވާލާން އުނދަގޫވެގެން ދަނޑުމަތީގައި ފަރުވާ ދިނުމަށް ފަހު ބަދަލުކުރި އެވެ.

އެ މެޗަށް ފަހު ބާސެލޯނާ އިން އެރޭ ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިތުގެ ޓެސްޓްތަކެއް ހަދަން އަގުއޭރޯ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާ ކަމަށެވެ. އަގުއޭރޯގެ ހާލަތު ދެނެގަންނަން ތިން މަސް ދުވަހުގެ މުއްދަތަށް މޮނިޓަރިންގައި ބަހައްޓަން ނިންމި ނަމަވެސް ފުރަތަމަ ޓެސްޓްތަކުން ވެސް އަގުއޭރޯ އަށް ދެން ފުޓްބޯޅައިން ކުރިއަށްދިއުން ވާނީ އުނދަގޫކަމެއްކަން އެނގި އޭނާ ނިންމީ ރިޓަޔާކުރާށެވެ.

ބާސެލޯނާ ޖޯޒީގައި ކުޅުނު ހަމައެކަނި އެލްކްލަސިކޯ މެޗުގައި އަގުއޭރޯ ވަނީ ރެއާލް މެޑްރިޑް ކޮޅަށް ގޯލު ޖަހާފައި.

އަގުއޭރޯ ބުނީ ބާސެލޯނާ އަށް އައީ ވަރަށް ފޮނި އުއްމީދުތަކަކާ އެކީ ކަމަށާއި އެކަމަކު، ބޭނުންވި ކަންކަން ފުރިހަމަ ނުވެ ދާން ޖެހުނު ކަމުގައި ވިޔަސްް އެ ކްލަބުން ބެހެއްޓި ގާތްކަން އަބަދުވެސް ހަނދާނުގައި ހުންނާނެ ކަމަށެވެ.

އާޖެންޓީނާގެ ކްލަބް، އިންޑިޕެންޑިއޭޓް އިން ވިދާލި އަގުއޭރޯ ޔޫރަޕްގައި ފުރަތަމަ ކުޅުނީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމަށް 2010 ވަނަ އަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދޭން އެހީތެރިވި އަގުއޭރޯ ވަނީ އެ ޓީމަށް ކުޅެދިން 234 މެޗުން 101 ގޯލު ޖަހައިފަ އެވެ.

މެންޗެސްޓާ ސިޓީން އަގުއޭރޯގެ ސޮއި ހޯދީ 2011 ވަނަ އަހަރު 44 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިފަ އެވެ. ސިޓީން 44 އަހަރުކޮށްފައި، 2011-2012 ވަނަ އަހަރުގެ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދި ގޯލު ޖެހި އަގުއޭރޯ ވަނީ އެ ކްލަބަށް 10 އަހަރު ކުޅެދީފަ އެވެ. އަގުއޭރޯ އަކީ ސިޓީގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ސިޓީ އަށް 390 މެޗުން 260 ގޯލު ޖަހައިދިންއިރު، އޭގެ ތެރޭގައި 16 ހެޓްރިކް ހިމެނެ އެވެ. އަގުއޭރޯ އަކީ ބިދޭސީ ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

އަގުއޭރޯ ލެޖެންޑެއްގެ ގޮތުގައި ސިޓީ ދޫކޮށްލިއިރު، އެ ޓީމާ އެކު ޕްރިމިއާ ލީގު ފަސް ފަހަރު، އެފްއޭ ކަޕް އެއް ފަހަރު އަދި ލީގު ކަޕް ހަ ފަހަރު ކާމިޔާބުކުރި އެވެ. އަދި ފަހު ސީޒަނުގައި ސިޓީއާ އެކު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނެވެ.

އަގުއޭރޯ ވަނީ އާޖެންޓީނާގެ 23 އަހަރުން ދަށުގެ ޓީމާ އެކު 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދުމުގެ އިތުރުން 28 އަހަރަށް ފަހު އާޖެންޓީނާ އިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއް ކާމިޔާބު ކުރި ޓީމުގައި ހިމެނިފަ އެވެ. އާޖެންޓީނާ އިން ކާމިޔާބުކުރީ މި ފަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތެވެ. އަދި އަގުއޭރޯ އަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލަށް ދިޔަ އާޖެންޓީނާ ޓީމުގެ ކުޅުންތެރިއެކެވެ.

އަށާރަވަރަކަށް އަހަރުވީ ސީނިއާ ފުޓްބޯޅަ ކެރިއަރުގައި ކްލަބްތަކާއި ގައުމީ ޓީމުތަކަށް ކުޅުނު މެޗުތަކުގައި އަގުއޭރޯ ވަނީ 786 މެޗުން 427 ގޯލު ޖަހަައިފަ އެވެ.

އަގުއޭރޯ ރިޓަޔާކުރުމުން އޭނާއާ އެކު ކުޅުނު ގިނަ ކުޅުންތެރިންނާއި އޭނާ ކުޅުނު ކްލަބްތަކުގެ އިތުރުން ވާދަވެރި ޓީމުތަކުން ވެސް ވަނީ އޭނާގެ އަގުވަޒަންކޮށް މެސެޖް ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox