ސެމީގައި އާރްއާރްސީ، އެފްއެސްއެމް، ޕްރިޒަން އަދި ފެނަކަ: ފޭވަރިޓަކީ ކޮން ޓީމެއް؟

Dec 15, 2021, 6:44 AM
ކްލަބް މޯލްޑިވްސް ކަޕް ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމުގެ ހަތަރު ކުޅުންތެރިން: (ކ.ވ) ފެނަކަ ޓީމުގެ އޮންލީ، އާރްއާރްސީގެ ގަބޭ، ޕްރިޒަންގެ މުރުތަޖާ އަދި އެފްއެސްއެމްގެ ތޯހިރު.-

ކްލަބް މޯލްޑިވްސް ކަޕް ސެމީ ފައިނަލުގައި ވާދަކުރާ ހަތަރު ޓީމުގެ ހަތަރު ކުޅުންތެރިން: (ކ.ވ) ފެނަކަ ޓީމުގެ އޮންލީ، އާރްއާރްސީގެ ގަބޭ، ޕްރިޒަންގެ މުރުތަޖާ އަދި އެފްއެސްއެމްގެ ތޯހިރު.-

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭއިރު، ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ޕްރިޒަން ކްލަބާއި ފިއުލްސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމު ފެނަކަ ބައްދަލުކުރާނެ އެވެ.

މުބާރާތުގެ މިހާތަނަށް އެންމެ ހައިރާންކުރަނިވި ނަތީޖާތައް ނެރެފައިވާ ޓީމަކީ އެފްއެސްއެމް އެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކްލަބް އިމިގްރޭޝަން ބަލިކުރުމުގެ އިތުރުން ގަދަ 16 ބުރުގައި ކްލަބް ވެމްކޯ އާއި ކުއާޓާ ފައިނަލުގައި ކްލަބް އެޗްޑީސީ ކަޓުވާލައިފަ އެވެ. ވެމްކޯ އާއި އެޗްޑީސީން އައީ ކުޅުނު ކޮންމެ މެޗަކުން މޮޅުވަމުންނެވެ. އެކަމަކު، އެފްއެސްއެމްއާ ހަމައިން ޖެހުނީ މުބާރާތުން ވަކިވާށެެވެ.

އެފްއެސްއެމް އިން ފުރަތަމަ ފަހަރަށް ސެމީ ފައިނަލުގައި ކުޅޭއިރު، އިދިކޮޅުގައި އޮތް ޕްރިޒަން އަކީ ވެސް އަލަށް ސެމީން ފުރުސަތު ހޯދި ޓީމެކެވެ. ގްރޫޕް ސްޓޭޖުގައި ފެނަކަ އަތުން ބަލިވި ނަމަވެސް އޭގެ ފަހުން ޕްރިޒަން ފަސް އެނބުރި ބަލާފައެއް ނުވެ އެވެ. ދެ ވަނަ ބުރުގައި ޕޮލިސް ކްލަބް ބަލިކުރިިއިރު، ކުއާޓާގައި އެމްއޭސީއެލް ކަޓުވާލީ ފަހު ވަގުތު ގޯލުތައް ޖަހައި އެއްވަރުކޮށް، ޕެނަލްޓީ ޖަހައިގެންނެވެ.

އެފްއެސްއެމްގެ ކޯޗު އިސްމާއިލް އިބްރާހިމް "އަދަދު" އަށް ބުނީ މުހައްމަދު ޝާހީންގެ އިރުޝާދުގެ ދަށުން ކުޅޭ ޕްރިޒަން ޓީމަކީ ވެސް ވަރަށް "ހިތްވަރުގަދަ" ޓީމެއް ކަމަށް ބުނެފަ އެވެ. އަދި ފޯރިގަދަ ސެމީ ފައިނަލް މެޗެއް ފެންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މެޗަކަށް ފަހު މެޗެއް ވަރުގަދަ ކުޅުމެއް ދައްކަމުން އަންނަ އާރްއާރްސީ އާއި ފެނަކަ ކުޅޭ ސެމީ ފައިނަލް މެޗަކީ ގާތްގަނޑަކަށް ފައިނަލެއް ފަދަ ވަރުގަދަ މެޗެކެވެ. ދެ ޓީމުގެ ބެންޗަށް ބެލިޔަސް ގިނައިން ތިބީ ކްލަބް މޯލްޑިވްސް ކަޕްގެ ކޮންމެ ޓީމެއްގެ ފަށާ ފަސް ކުޅުންތެރިންގެ ތެރޭގައި ކުޅެވިދާނެ ފަދަ ހުނަރުވެރި ކުޅުންތެރިންނެވެ.

އަހުމަދު ނިސާމް (ފޮޓޯ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ފެނަކަ ވަނީ މިހާތަނަށް މި މުބާރާތުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެފަ އެވެ. ގްރޫޕް ސްޓޭޖަށް ފަހު ދެ ވަނަ ބުރުގައި ފެނަކަ އިން ވަނީ 3-0 އިން ސްޓެލްކޯ ބަލިކޮށްފަ އެވެ. ކުއާޓާ ފައިނަލުގައި އެސްޓީއޯ އަތުން މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ.

ތަޖުރިބާކާރު ފުޓްސަލް ކޯޗު، އަބްދުﷲ ނަސީރު (އަބޯ)ގެ ކޯޗުކަމުގައި ކުޅޭ އާރްއާރްސީ ގްރޫޕް ސްޓޭޖުގައި އެޗްޑީސީ އަތުން ބަލިވި ނަމަވެސް ނޮކައުޓް ބުރުން ފުރުސަތު ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލް ކަޓުވާލައިފަ އެވެ.

ދެ ވަނަ ބުރުގައި ދިރާގު އަތުން އާރްއާރްސީ މޮޅުވީ 8-3 އިންނެވެ. އޭގެ ފަހުން ކުއާޓާ ފައިނަލުގައި އެމްޕީއެލްއާ ދެކޮޅަށް ކުޅެގެން އާރްއާރްސީ މޮޅުވީ ފޯރިގަދަ މެޗަކަށް ފަހު 3-2 އިންނެވެ.

ސާޖީ އަށް އަނިޔާވެއްޖެ، އަޔާ ސަސްޕެންޑް!

ފެނަކަ ޓީމުގެ އަޔާ (ކ) އާއި ޕްރިޒަންގެ ސާޖީ: އަޔާ މިރޭގެ ސެމީ އަށް ސަސްޕެންޑްވެފައިވާއިރު، އަނިޔާގެ ސަބަބުން ސާޖީ އަށް ނުކުޅެވޭނެ.-

ސެމީ ފައިނަލްގެ މެޗުތަކަށް ނުކުންނައިރު، އެންމެ ބޮޑު ބޮލުގެ ރިހުމެއް އޮންނާނެ ދެ ޓީމަކީ ޕްރިޒަން އާއި ފެނަކަ އެވެ. ޕްރިޒަންގެ މުހިއްމު ކުޅުންތެރިޔާ ސާޖިދު ރަޝީދު (ސާޖީ)، އިއްޔެ އެކްސިޑެންޓްވެ، ލިބުނު އަނިޔާތަކުން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ޖެހޭނެކަން ވަނީ ޔަގީންވެފަ އެވެ. ސާޖީ ނެތުމަކީ ޕްރިޒަން ޓީމަށް ލިބޭނެ ދެރައެކެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ފެނަކަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) ވަނީ ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވެފަ އެވެ. އެއީ ދެ ވަނަ ބުރުގައި ސްޓެލްކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރީނދޫ ކާޑާއި ކުއާޓާ ފައިނަލް މެޗުގައި އެސްޓީއޯއާ ދެކޮޅަށް ފެނަަކަ އިން ކުޅުނު މެޗުގައި އަޔާ އަށް ދެއްކި ރީނދޫ ކާޑުގެ ސަބަބުންނެވެ. ފެނަކަ ޓީމުން އަޔާގެ ކާޑު އެޕީލްނުކުރާތީ އޭނާ ހުރީ މިރޭގެ މެޗަށް ސަސްޕެންޝަނުގަ އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗު ފަށާނީ 20:15 އެވެ. އެ ވަގުތު ފަށާނީ ޕްރިޒަން އާއި އެފްއެސްއެމް ބައްދަލުކުރާ މެޗެވެ. ދެ ވަނަ ސެމީ ފައިނަލް ފަށާނީ މިރޭ 22:15 ގަ އެވެ. އެ މެޗުގައި ބައްދަލުކުރާނީ އާރްއާރްސީ އާއި ފެނަކަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox