ކުނި މެނޭޖްކުރުމުގެ ބިޔަ މަޝްރޫއުއާއެކު ރައީސްގެ ހާއްސަ އިލްތިމާސެއް

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

ދިރިއުޅުމުގެ ވައްޓަފާޅިއަށާއި އިގުތިސޯދީ ހަރަކާތްތައް ފުޅާވުމާއެކު ކުނި އުފެދޭ މިންވަރު ވެސް އިތުރުވެގެންދާނެތީ، ރަށްރަށުގެ މާހައުލީ ނިޒާމާއި ތިމާވެށި ހިމާޔަތްކުރުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހާއްސަ އިލްތިމާސެއް ކުރައްވައިފި އެވެ.

ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓުގެ ދަށުން ތިލަފުށީގައި ކުނި ނައްތާލުމުގެ ވަސީލަތްތައް ގާއިމުކުރުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކުނިން އުފެދިގެން އައި ތިލަފުށީގެ އިތުރުން ރަށްރަށުގައި ވެސް ކުނި ނައްތާލަމުން އައީ ކުނި އަންދައިގެން ކަމަށެވެ.

ތިމާވެއްޓަށާއި ރައްޔިތުންގެ ސިއްހަތަށް ބެލުމެއްނެތި އެކަން ކުރުމުގެ ސަބަބުން އުފަލަންޖެހޭ ތަކުލީފު ބޮޑުކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

މިއީ ރަނގަޅަށް ކުނި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުވެފައި އޮތް ނަމަ ވެގެންވާނެ ކަންކަމެއް ނޫން. ގައުމު ތަރައްގީ ކުރަންވާނީ ވެސް، އަދި އިގުތިސޯދީ ހަރަކާތްތައް ހިންގަންވާނީވެސް، ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުނި މެނޭޖްކޮށް ތިމާވެށި ރައްކާތެރި ކުރުމަކީ، ހަމައެކަނި މާލެ ސަރަހައްދަށް އަމާޒު ހިފާފައިވާ ސިޔާސަތެއް ނޫނެވެ.

މިގޮތުން، މިއީ ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި އުފެދޭ ކުނިވެސް، ރައްކާތެރި ގޮތުގައި ނައްތާލައިގެން ތިމާވެށި އަލުން ދިރުވައި އާލާކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި، ފަތުރުވެރިކަން ފުޅާވެ އިގުތިސޯދީ ހަރަކާތްތައް ވެސް އިތުރުވާ މިންވަރާއެކު ކުނި އުފެދޭ މިންވަރު ވެސް އިތުރުވާ ކަމަށެވެ.

"އަޅުގަނޑުމެން ތިބެންޖެހޭނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެގެން. ރަށު ފަތުރުވެރިކަން ފުޅާވެ، ހޯމް ސްޓޭ ފަތުރުވެރިކަން ތައާރަފްވާއިރު، ރަށްރަށް ސާފުތާހިރުކޮށް ބޭއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގެ ތަފާތު ސަރަހައްދުތަކުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތައް ގާއިމުކުރުމުގެ ހަގީގީ ބޭނުމަކީ ރައީސް ވިދާޅުވި ގޮތުގައި، ރަށްރަށުގައި އުފެދޭ ފަނާވާ ޒާތުގެ ކުނި ފިޔަވައި، އެނޫން ބާވަތްތަކުގެ ކުނިތައް، ކުނި މެނޭޖްކުރާ މަރުކަޒުތަކަށް ގެންގޮސް ރައްކާތެރި ގޮތުގައި ނައްތައިލުމެވެ.

މީގެ ސަބަބުން، ރަށްރަށުގައި ކުނި އެންދުމާއެކު ޖައްވުގެ ތެރެއަށް ވިހަ ގޭސްތައް ބޭރުވުމުގެ އިތުރުން ރަށު ތެރެއަށް ދުމާއި ނުބައި ވަސް ފެތުރުން ވެސް ހުއްޓުމަކަށް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މާނައަކީ، ރަށުގައި އުފެދޭ ކުނިން، އެ ރަށެއްގެ މީހުންނަށް އިތުރު އުނދަގޫތަކާއި ނުރައްކާތައް ކުރިމަތިވުން ހުއްޓުމަކަށް އަންނާނެޔޭ،" ރައީސް ވިދާޅުވި އެވެ.

މަޝްރޫއުގެ ހުލާސާ

މިއަދު މިއިފްތިތާޙްކުރާ "ވޭސްޓް ޓު އެނާޖީ" މަޝްރޫއުއަކީ، މާލެއަތޮޅާއި އަރިއަތޮޅާއި ވާވު އަތޮޅުގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކުގައި އުފެދޭ ކުނި ރައްކާތެރި ގޮތުގައި ނައްތައިލުމަށް ފަށާ ވަރަށް މުހިންމު މަޝްރޫއެއް ކަމަށް ސަރުކާރުން ބުނެ އެވެ.

މިއީ ކުނި ނައްތައިލުމާއި ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ގޮތުން ރާއްޖޭގައި ފަށާ އެންމެ އަގު ބޮޑު އެއް މަޝްރޫއުއަށްވާއިރު، މި މަޝްރޫއުގެ ޖުމްލަ އަގަކީ، 304 މިލިއަން އެމެރިކާ ޑޮލަރެވެ.

ރަށު ފެންވަރުގައި ކުނި މެނޭޖްކުރާނެ މަރުކަޒުތަކާއި، އެކަމަށް ބޭނުންވާނެ ވަސީލަތްތައް ޒޯން ތިނެއްގައި ހިމެނޭ 35 ރަށުގައި ގާއިމުކުރެވިގެންދާއިރު، ރަށްރަށުގައި އުފެދޭ ކުނީގެ ތެރެއިން ފަސޭހައިން ނައްތާނުލެވޭ ބާވަތްތަކުގެ ކުނިތައް ކައުންސިލްތަކާ ގުޅިގެން ތިލަފުއްޓަށް ގެނައުމަށްޓަކާ އެކަމަށް ހާއްސަ ތިން ލޭންޑިން ކްރާފްޓް ބޭނުންކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ ތެރެއިން ކޮންސްޓްރަކްޝަން އެންޑް ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓަކާއި، ވެހިކަލް ޑިސްމެންޓްލިން ވާކްޝޮޕެއްގެ އިތުރުން، ދުވާލަކު 250 ޓަނުގެ ކުނި ނައްތާލުމުގެ ގާބިލުކަން ލިބިގެންވާ ދެ އިންސިނަރޭޝަން ޕްލާންޓް ތިލަފުށީގައި ބެހެއްޓިގެންދާނެ އެވެ. އެއާއެކު ދުވާލަކު 500 ޓަނުގެ ކުނި ނައްތާލުމުގެ ކެޕޭސިޓީ މިތަނުގައި ގާއިމު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މީގެ އިތުރުން، ވޭސްޓް ޓު އެނާޖީ ނުވަތަ ކުނިން ހަކަތަ އުފެއްދޭނެ ނިޒާމުގެތެރެއިން ދުވާލަކު އަށް މެގަވޮޓާއި، 5.8 މެގަވޮޓާއި ދެމެދުގެ ކަރަންޓު ހަކަތައިން އުފެއްދުމާއެކު ތިލަފުށީގެ މަސައްކަތަކަށާއި، ގްރޭޓާ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން މި ކަރަންޓު ބޭނުންކުރެވޭނެ މަގު ފަހިވެގެންދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox