ވެލެންސިއާ އަށް ތައްޔާރެއް ނުވެވުނު

ކްލަބް ވެލެންސިއާގެ ފަރިތަކުރުމެއްގެ ތެރެއިން: ސީޒަން ފެށެން ވާއިރަށް ވެލެންސިއާ އަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށް އެ ޓީމުން ވެސް ވަނީ ބުނެފައި.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ކްލަބް ވެލެންސިއާގެ ފަރިތަކުރުމެއްގެ ތެރެއިން: ސީޒަން ފެށެން ވާއިރަށް ވެލެންސިއާ އަށް އެންމެ ރަނގަޅަށް ތައްޔާރު ނުވެވޭ ކަމަށް އެ ޓީމުން ވެސް ވަނީ ބުނެފައި.-- ފޮޓޯ: އާއިމް ޒަމީރު/ އަދަދު

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗަށް ކްލަބް ވެލެންސިއާ އިން އެންމެ ރަނގަޅަށް ތައްޔާރުނުވެވޭ ކަމަށް އެ ޓީމުގެ ކޯޗިން ޓީމުގައި ހިމެނޭ އާފިއު މުހައްމަދު ބުނެފި އެވެ.

ވެލެންސިއާގެ ޕްރީ ސީޒަންގެ ތެެރެއިން އެ ޓީމުގެ ކޯޗަކަށް ހުރި މުހައްމަދު އާތިފް (އާތީ) ވަނީ އިސްތިއުފާ ދީފަ އެވެ. ވެލެންސިއާ އިން މިރޭ ޝީލްޑް މެޗުގައި ނުކުންނާނީ ކޯޗިން ޓީމެއްގެ އިރުޝާދުގެ ދަށުންނެވެ. ކޯޗިން ޓީމުގައި އާފިއު އާއި ކުޑަހީނާގެ އިތުރުން ދެން ހިމެނެނީ އިލްމާއު ހުސެއިން (މައު) އެވެ.

ވެލެންސިއާ އިން ޒުވާން ކުޅުންތެރިންނާ އެކު މަހެއްހާ ދުވަސް ކުރިން ޕްރެކްޓިސްތައް ފެށިއިރު، ސީނިއާ ކުޅުންތެރިން ޓީމުގެ ޕްރެކްޓިހުގައި ބައިވެރިވާން ފެށީ މިދިޔަ ދެ ހަފްތާއެއްހާ ދުވަސް ތެރޭގަ އެވެ. މުޅި ޓީމު އެއްކޮށް ބޭނުންވާ ވަރަށް ކުރެވިފައިވަނީ މަދު ޕްރެކްޓިހެކެވެ.

ޗެރިޓީ މެޗުގެ ކުރިން ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އާފިއު ބުނީ ޗެރިޓީ މެޗަށް ތައްޔާރުވާން އެންމެ އެކަށީގެންވާ ވަގުތު ޓީމު ގޮވައިގެން ނުލިބުނު ކަމަށެވެ.

"އެއް މަސް ދުވަހަކީ ޕްރީ ސީޒަނެއް ހަދަން އެންމެ ރަނގަޅު މުއްދަތެއް ނޫން. އޭތި ދެން ފާހަގަކޮށްލާނަން. އެ މުއްދަތު ކުޑަކަމުން ދަތިތަކެއް އެބަހުރި. މައްސަލައެއް ކަމަށް މި ބަލަނީ،" އާފިއު ބުންޏެވެ.

"މި މުއްދަތަކީ ސީޒަނަކަށް ތައްޔާރުވާން އެންމެ އެކަށީގެންވާ މުއްދަތެއް ނޫން. ޕްލޭޔަރުން ހަމަވިއިރު މި އިނީ ގާތްގަނޑަކަށް ދެ ހަފްތާ އަށް ވެފައި މި މެޗަށް. އެންމެން އެއް ލެވަލަކަށް ގެންނަން ނަގާނެ ދުވަސްކޮޅެއް. މިހާރު މަޑުމަޑުން ފޯމަކަށް އެޅެމުން މި އަންނަނީ. (ކުޅެފައި ތިބި ކުޅުންތެރިންނަށް) ނެޝަނަލް ޓީމު ޕްލޭޔަރުން މި އުޅެނީ. ދެން ތިބި ޕްލޭޔަރުންނަކީ ދިގު މުއްދަތަކަށް ނުކުޅެ ތިބެފައި އައިސް ފަށައިގެން އުޅޭ ކުޅުންތެރިން،"

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އާފިއު ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާފިއު ބުނީ ޗެރިޓީ މެޗަކީ އެންމެ މެޗަކަށްވާއިރު، އެ މެޗުގެ 90 މިނިޓަށް ތައްޔާރުވާން ޖެހޭ ވަރަށް އެ ޓީމުގެ ތައްޔާރީތައް ފެންނަ ފެނުމަށް ރަނގަޅު ކަމަށެވެ.

"މި މެޗަށް ތައްޔާރުވެވިފައި ކަމަށް މި ބަލަނީ،" ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

ވެލެންސިއާ އިން ވަނީ ކުރިއަށް އޮތް ސީޒަނަސް އާ ކުޅުންތެރިންތަކެއް އެ ޓީމަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި މިދިޔަ ސީޒަނުގައި އީގަލްސް އަށް ކުޅުނު އަސްހަދު އަލީ (އަޑުބަރޭ)، މާޒިޔާ އަށް ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ޑިފެންޑަރު އަމްދާން އަލީ (އެންޑީ)، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކެޕްޓަންކަން މިދިޔަ އަހަރުކުރި އިސްމާއިލް އީސާ (މެސީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މިދިޔަ ސީޒަނުގައި ފެނުނު އާދަމް އިޝާމް (ސަން) ހިމެނެ އެވެ.

ވެލެންސިއާ އިން ގެނައި ބިދޭސީ ކުޅުންތެރިންނަށް ބަލާއިރު، މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ސްޕެއިނުގެ ފޯވާޑް ބޯހަސް މާޓިން އާއި ޑިފެންޑަރު ހޯސޭ އެންޓޯނިއޯ ހިމެނެ އެވެ. އަލަށް ގެނައި ބިދޭސީ ކުޅުންތެރިންނަކީ ޓީސީ، މާޅޮސް، ފޯކައިދޫ އަދި ގްރީން ސްޓްރީޓްސް ކުރިން ކުޅުނު މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް އާއި މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ލަންކާ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް އެވެ.

ވެލެންސިއާގެ ޕްރެކްޓިސްތަކުގައި އެ ޓީމުގެ ކެޕްޓަންކަން މިދިޔަ ސީޒަނުގައި ކުރި އަލީ އަޝްފާގު (ދަގަނޑޭ) ބައިވެރިވާން ފެށީ ދާދި ފަހުންނެވެ.

"ދަގަނޑޭ ބަލާބެލުމަށް ފިޓްކޮށް ހުރީ. ސާފް ޗެމްޕިއަންޝިޕާ އެއްޗެހި ނިންމާފައި. ދަގަނޑޭގެ ފިޓްނަސް އަކަށް މާ ބޮޑު ކަމެއް ކުރަން ޖެހޭނެ ކަމަށް ނުދެކެން. މެއިންޓެއިން ކުރީމަ އިންނާނީ ސެޓުވެފައި،" ދަގަނޑޭއާ ބެހޭގޮތުން އާފިއު ބުންޏެވެ.

އެންމެ ފުރަތަމަ ސީޒަން ހުޅުވަން ކުޅޭ ޗެރިޓީ ޝީލްޑް އުފުލާލި ޓީމަކީ ވެލެންސިއާ އެވެ. އެއީ 2009 ވަނަ އަހަރު ވީބީ އައްޑޫ އެފްސީ އަތުން 2-1 އިން މޮޅުވެގެންނެވެ. އޭގެ ފަހުން ވެލެންސިއާ ޝީލްޑް މެޗެއްގައި ކުޅުނީ 2017 ވަނަ އަހަރު މާޒިޔާއާ ދެކޮޅަށެވެ. އެ މެޗުން ބަލިވީ 1-0 އިންނެވެ. މިރޭ ވެސް ވެލެންސިއާ އިން ޝީލްޑް މެޗުގައި ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މާޒިޔާ ވަނީ މިދިޔަ އަހަރުގެ ޝީލްޑް މެޗުން އީގަލްސް އަތުން ބަލިވެފަ އެވެ.

ވެެލެންސިއާ އާއި މާޒިޔާ ކުޅޭ ޝީލްޑް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox