ނުވަ އަހަރަށް ފަހު "ބިރުވެރި" ގެކޮޅުގައި ޖަޕާނުގެ ބޮޑު ވަޒީރަކު ދިރިއުޅެނީ!

ޖަޕާނުގެ އާ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ؛ އެމަނިކުފާނު ދިރިއުޅުއްވާނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި.

ޖަޕާނުގެ އާ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ؛ އެމަނިކުފާނު ދިރިއުޅުއްވާނީ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި.

ނުވަ އަހަރަށް ފަހު ޖަޕާނުގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގައި ފުރަތަމަ ފަހަރަށް ބޮޑު ވަޒީރަކު ދިރިއުޅެން ފައްޓަވައިފި އެވެ.

ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅަކީ "ބިރުވެރި" ކަންތައްތަކެއް ހިނގާ ތަނެއްގެ ގޮތުގައި ޖަޕާނުގައި އޮންނަނީ އަޑު ފެތުރިފަ އެވެ.

ނަމަވެސް އާ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ހޯމަ ދުވަހު ވިދާޅުވީ އެފަދަ އެއްވެސް ކަމެއް އެތަނުގެ ތެރެއިން ދިމާނުވާ ކަމަށެވެ.

ވެރިރަށް ޓޯކިޔޯގައި މެދުގައި އޮންނަ އަގުބޮޑު ބިމެއްގައި ބިނާކޮށްފައިވާ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ފާއިތުވި ނުވަ އަހަރު ހުރީ ފަޅުކޮށެވެ.

ޖަޕާން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު. -- ފޮޓޯ: އެންއެޗްކޭ
ޖަޕާން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު. -- ފޮޓޯ: އެންއެޗްކޭ

ޖަޕާން ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު. -- ފޮޓޯ: އެންއެޗްކޭ

އެންމެ ފަހުން ބޮޑު ވަޒީރުކަން ކުރެއްވި ޔޮޝިހިޑޭ ސޫގާ އާއި އޭގެ ކުރިން އެ މަގާމުގައި ހުންނެވި ޝިންޒޯ އަބޭ ވެސް އެ ގެކޮޅުގައި ދިރިނޫޅުއްވަ އެވެ.

އެ ގެކޮޅަކީ 1936 ވަނަ އަހަރު ޖަޕާނުގައި ސިފައިން ހިންގަން މަސައްކަތް ކުރި ބަގާވާތެއްގައި ގިނަ އަދަދެއްގެ އިސް އޮފިޝަލުން މަރުވި ތަނެކެވެ.

ޖަޕާނުގައި އަޑު ފެތުރިފައި އޮންނަ ގޮތުން ނަމަ، މަރުވި މީހުންގެ ސޫރައިގައި ތިބޭ "ގޯސްޓު" ގެކޮޅުގެ ތެރެއިން އަބަދުވެސް ފެނެ އެވެ.

ނަމަވެސް އެ ގެކޮޅުގައި ދިރިއުޅެން ފެއްޓެވި ކިޝީޑާ ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ނުވާ ކަމަށާއި "ވަރަށް އަރާމުކޮށް ނިދާލެވޭ" ކަމަށެވެ.

"އަޅުގަނޑު ރޭގައި ވަރަށް ރަނގަޅަށް ނިދިން. އެއްވެސް ބިރުވެރިކަމެއް އަދި ދިމައެއް ނުވޭ،" ހޯމަ ދުވަހު ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެމުން އާ ބޮޑު ވަޒީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox