ޓައިމް މަޖައްލާގެ "ޕާސަން އޮފް ދަ އިޔާ" އަކީ އީލޮން މަސްކް

ބިލިއަނަރު އެލޮން މަސްކް އަކީ ޓެސްލާ ކުންފުނީގެ ވެރިޔާ.

ބިލިއަނަރު އެލޮން މަސްކް އަކީ ޓެސްލާ ކުންފުނީގެ ވެރިޔާ.

ޓެސްލާ ކުންފުނީގެ ވެރިޔާ އަދި ޖައްވީ ވިޔަފާރީގެ ތެރެއަށް ވަދެފައިވާ ބިލިއަނަރު އީލޮން މަސްކް އަކީ މި އަހަރުގެ ޓައިމް މަޖައްލާގެ "ޕާސަން އޮފް ދަ އިޔާ" ކަމަށް އިއުލާނުކޮށްފި އެވެ.

އެމޭޒަން ކުންފުނީގެ ވެރިޔާ ޖެފް ބެޒޯސް ފަހަތަށް ވައްޓާލުމަށް ފަހު ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުގެ ލަގަބު މި އަހަރު މަސްކް ހޯދި އެވެ. އަދި ޖައްވަށް އެންމެ ފުރަތަމަ ދާ ބިލިއަނަރަށް ވުމުގެ ރޭހުގައި ވެސް ބެޒޯސް ފަހަތައް ވައްޓާލައި ރިޗަޑް ބްރެންސަން ކުރި ހޯދި އިރު، މަސްކު އޭނާ އަށް ހިތްވަރު ދިނެވެ.

ޓައިމްގެ އެޑިޓާ އިން ޗީފް އެޑްވާޑް ފެލްސެންތަލް ލިޔުއްވި ގޮތުގައި ވަކިވަކި ފަރުދުންގެ މިނިވަންކަން ކުރިއަށް ނެރި، ސަރުކާރުތަކުގެ ނާގާބިލުކަމުން ވިޔަފާރިތަކަށް ލިބިފައިވާ ޒިންމާ އާއި ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަމުންދާ އެއް މަހުޖަނަކީ މަސްކް އެވެ.

މިދިޔަ އަހަރު ޓައިމް މަޖައްލާގެ "ޕާސަން އޮފް ދަ އިޔާ" ކަމަށް ހޮވުނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ނައިބު ރައީސް ކަމަލާ ހެރިސް އެވެ. އެ މަޖައްލާ އިން ކުރިން ބުނެފައި ވަނީ އެ ލަގަބު ލިބޭ ފަރާތެއް ހޮވަނީ އަހަރުގައި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަވާ ކަމަކާ ގުޅިފައިވާ ޝަހުސިއްޔަތަކަށް ކަމަށެވެ.

އޮކްޓޯބަރު މަހު، މަސްކްގެ އިލެކްޓްރިކް ކާރު ކުންފުނީގެ އަގު ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ދިޔަ އެވެ. އޭނާގެ ސްޕޭސްއެކްސް އިން ވަނީ ނާސާއާ އެކު ގިނަ ޖައްވީ މިޝަންތަކެއް ހިންގަން އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ގިނިހިލައަކުން ދުނިޔެ ސަލާމަތް ކުރުމަށް ހިންގާ "ޓެސްޓް ރަން" ވެސް ހިމެނެ އެވެ.

ފޯބްސް މަޖައްލާގެ ރިއަލް ޓައިމް ބިލިއަނަރުންގެ ލިސްޓުގައިވާ ގޮތުގައި ދެކުނު އެފްރިކާ އަށް އުފަން އުމުރުން 50 އަހަރުގެ މަސްކްގެ މުއްސަނދިކަން ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި 250 ބިލިއަން ޑޮލަރަށް ވުރެ އިތުރުވި އެވެ.

އޭގެ އިތުރުން މަސްކްގެ ޓްވިޓާ އަކީ ވެސް ގިނަ ބަޔެއްގެ ސަމާލުކަން ލިބޭ އެއްޗެކެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހު އޭނާގެ ޓެސްލާ ކުންފުނީގެ ހިއްސާގެ 10 ޕަސެންޓު ވިއްކާލަންވީތޯ ސުވާލުކޮށް، އާއްމުންގެ ހިޔާލަށް ޕޯލް ހުޅުވާލި އެވެ.

ފަސްދޮޅަސް ހަ މިލިއަނަށް ވުރެ ގިނަ މީހުން ޓްވިޓާގައި އޭނާ ފޮލޯކުރެ އެވެ. އޭގެ އިތުރުން އެމެރިކާގެ މަޝްހޫރު ޓީވީ ޝޯ، ސަޓަޑޭ ނައިޓް ލައިވް މިދިޔަ މޭ މަހު ގެސްޓެއްގެ ގޮތުގައި ހުށަހަޅައިދިނެވެ.

މަސްކްގެ އެންމެ ބޮޑު އެއް ހުވަފެނަކީ މާސްގެ ބިމުގައި އިންސާނުން ދިރިއުޅެން ފެށުމެވެ. "ޕާސަން އޮފް އިޔާ" ކަން ލިބުމުން ޓައިމް މަޖައްލާ އަށް ދިން އިންޓަވުގައި ވެސް އޭނާ ބުނީ "އަމާޒަކީ ދިރިއުޅުމަކީ މަލްޓި ޕްލެނެޓަރީ ނުވަތަ ގިނަ ޕްލެނެޓުތަކުގައި ކުރިއަށްދާނެ އެއްޗަކަށް ހެދުން" ކަމަށެވެ.

މަސްކްގެ އެންމެ ޓްވީޓަކުން މާކެޓުތަކަށް ބޮޑެތި ބަދަލު އައިސް، ކްރިޕްޓޯކަރަންސީގެ އަގުތަކަށް ބަދަލު އާދެ އެވެ. ނަމަވެސް އޭނާގެ އެންމެ ބޮޑު ނުފޫޒެއް ހިނގަނީ އިލެކްޓިކް ކާރުގެ ސިނާއަތަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox