އިޒްރޭލުގެ ބޮޑު ވަޒީރު ޔޫއޭއީގެ ވަލީ އަހުދާ ބައްދަލުކޮށްފި

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އަދި ޔޫއޭއީގެ ވަލީ އަހުދު ޝެއިހް މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާން. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް އަދި ޔޫއޭއީގެ ވަލީ އަހުދު ޝެއިހް މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާން. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެން އެ ގައުމުގެ ވަލީ އަހުދު ޝެއިހް މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ބައްދަލުކުރައްވައިފި އެވެ.

މިއީ ދެ ގައުމުން 2020 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ފަހުން އިޒްރޭލުގެ ބޮޑު ވަޒީރަކު ޔޫއޭއީ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މީގެ ކުރިން އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔޫއޭއީ އަށް ވަޑައިގެންނެވި އެވެ.

ބެނެޓް އާއި ޝެއިހް މުހައްމަދު ބިން ޒަޔިދު ބައްދަލުކުރެއްވީ އެމަނިކުފާނުގެ ރަސްމީ ގަނޑުވަރުގަ އެވެ. މަޝްވަރާގައި އިސްކަންދެއްވީ ވިޔަފާރި އަށް ކަމަށާއި މިއީ މެދުއިރުމައްޗަށް "މުޅިން އާ ހަގީގަތެއް" ގެނައުމުގެ ފެށުން ކަމަށް އިޒްރޭލުން ބުންޏެވެ.

ބެނެޓް ޔޫއޭއީ އަށް ވަޑައިގެންފައި ވާއިރު، އިޒްރޭލުން ދަނީ ވިއެނާގައި ކުރިއަށްދާ އިރާނުގެ ނިޔުކްލިއާ މަޝްވަރާ ހުއްޓުވަން ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންނެވެ.

އިރާނާއި ބާރުގަދަ ގައުމުތަކާ ދެމެދު 2015 ވަނަ އަހަރު ސޮއިކުރި ނިޔުކްލިއާ އެއްބަސްވުން އިއާދަކުރުމާ ގުޅޭ ގޮތުން ބާއްވާ މަޝްވަރާތައް ދާދި ފަހުން އަލުން ފެށި އެވެ. އެއްބަސްވުމުގެ ދަށުން އިރާނުގެ ބައެއް ނިޔުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމުން، ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދިނެވެ.

އިރާނުން އުޅެނީ ނިޔުކްލިއާ ހަތިޔާރު އުފައްދަން ކަމަށް ތުހުމަތު ކުރި ނަމަވެސް އެ ގައުމުން ބުނަނީ އެއީ ސުލްހަވެރި ބޭނުމަށް ހިންގާ ހަކަތަ އުފެއްދުމުގެ ޕްރޮގްރާމެއް ކަމަށެވެ.

އެމެރިކާ އިން 2018 ވަނަ އަހަރު ނިޔުކްލިއާ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމުން އިރާނުން ވެސް އަލުން ޔުރޭނިއަމް މުއްސަނދި ކުރަން ފެށި އެވެ. މިހާރު ވިއެނާގައި ކުރިއަށްދާ މަޝްވަރާތަކުގެ އަމާޒަކީ އަލުން އެއްބަސްވުން ތަންފީޒު ކުރަން ނިންމުމެވެ.

ނަމަވެސް އިރާނުން "ނިޔުކްލިއާ ބްލެކްމެއިލް" ކުރާ ކަމަށް ތުހުމަތުކޮށް، މަޝްވަރާތައް ހުއްޓާލަން ބެނެޓް ވަނީ އެމެރިކާ އަށް ގޮވާލައްވާފަ އެވެ. ޔޫއޭއީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝެއިހް ތަހްނޫން ބިން ޒަޔިދް އަލް ނަހްޔާން މި މަހުގެ ކުރީކޮޅު އިރާނަށް ވަޑައިގެން، ރައީސް އިބްރާހިމް ރައިސީއާ ބައްދަލުކުރެއްވި އެވެ.

އެއީ 2016 ވަނަ އަހަރު އިރާނާއި ޔޫއޭއީގެ ގުޅުން ޑައުންގްރޭޑް ކުރި ފަހުން ޔޫއޭއީގެ ވެރިޔަކު އިރާނަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

އިޒްރޭލާ އެކު ފުރިހަމަ ޑިޕްލޮމެޓިކް ގުޅުން ގާއިމްކުރި ތިން ވަނަ އަރަބި ގައުމަކީ ޔޫއޭއީ އެވެ. އޭގެ ކުރިން މިސްރާއި އުރުދުން އިން ވަނީ ގުޅުން ގާއިމްކޮށްފަ އެވެ.

ޔޫއޭއީ އަށް ފަހު ބަހްރެއިން އާއި މޮރޮކޯ އިން ވެސް ގުޅުން ގާއިމްކުރި އެވެ. އެ ގައުމުތަކުން އިޒްރޭލާ އެކު ގުޅުން ގާއިމްކުރީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ޑީލްތަކެއްގެ ތެރެއިންނެވެ.

"އަބްރަހަމް އެކޯޑްސް"ގެ ގޮތުގައި މަޝްހޫރުވެފައިވާ ޑީލްތަކުގެ ތެރެއިން ސޫދާނުން ވެސް އިޒްރޭލާ އެކު ގުޅުން ގާއިމްކުރަން އެއްބަސްވި އެވެ. ނަމަވެސް މިހާތަނަށް ފުރިހަމަ ގުޅުން ގާއިމްކޮށްފައެއް ނުވެ އެވެ.

އެ ޑީލްތަކުގައި ސޮއިކުރި އިރު އިޒްރޭލުގެ ބޮޑު ވަޒީރަކަށް ހުންނެވި ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ އޭގެ ސަބަބުން ވާދަވެރި އިރާނާ ދެކޮޅަށް ސަރަހައްދީ ބައިވެރިންތަކެއް ލިބޭނެ ކަމަށެވެ. އިރާނުގެ ނިޔުކްލިއާ މަޝްރޫއު ހުއްޓުވަން އިޒްރޭލުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox