ކްލަބް މޯލްޑިވްސް: ސެމީގެ ފަހު ޖާގަތައް އާރްއާރްސީ އާއި ފެނަކަ އަށް

Dec 13, 2021, 8:07 PM
އާރްއާރްސީގެ އާދަންނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---

އާރްއާރްސީގެ އާދަންނާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.---

ރާއްޖޭގައި ބޭއްވޭ އެންމެ ފޯރިގަަދަ ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި ޓީމު ފެނަަކަ އިން ހޯދައިފި އެވެ.

މިރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި އާރްއާރްސީން ވަނީ އެމްޕީއެލް އަތުން 3-2 އިން މޮޅުވެފަ އެވެ. ކުއާޓާގެ ފަހު މެޗު ފުރިހަމަ ވަގުތު ހަމަވިއިރު، ފެނަކަ އާއި އެސްޓީއޯ އޮތީ 4-4 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ފެނަކަ މޮޅުވީ 5-4 އިންނެވެ.

ބުރާސްފަތި ދުވަހުގެރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްއެސްއެމް ކުޅޭނީ ޕްރިޒަން ކްލަބާ އެވެ. ދެ ވަނަ ސެމީގައި މިރޭ މޮޅުވި އާރްއާރްސީ އާއި ފެނަކަ ބައްދަލުކުރާނެ އެވެ.

ރެހެންދި ފުޓްސަލް އެއް ވަނަ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި އާރްއާރްސީން ލީޑުނެގީ އެމްޕީއެލްގެ ނާއިހް މުފީދު ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 32 ވަނަ މިނިޓްގައި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުސްކޮށްލާފައި ދިން ބޯޅައަކުން އާދަމް ނާސިހު (އާދަންނާ) ވަނީ އާރްއާރްސީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން ބަދަލެއްގެ ގޮތުގައި ކުޅެން އަރައި އެމްޕީއެލްގެ އަހުމަދު ނިޒާމް (ނިޒާމްބެ) ދުރުދުރުން ފޮނުވާލި ބޯޅައިން އެ ޓީމަށް ގޯލެއް ޖަހައިދިނެވެ. އެކަމަކު، އާދަންނާ އިތުރު ގޯލެއް ޖަހައި އާރްއާރްސީގެ ލީޑުފުޅާކޮށްދިނެވެ. މިއީ އެމްޕީއެލްގެ ފަސް ފައުލު ހަމަވެގެން އާރްއާރްސީ އަށް ލިބުނު ދެ ވަނަ ޕެނަލްޓީން އާދަންނާ ޖެހި ގޯލެކެވެ. ފަސް ފައުލު ހަމަވެގެން ލިބުނު ފުރަތަމަ ޕެނަލްޓީ ބިޗަޑަށް ކާމިޔާބު ނުކުރެވުނެވެ.

އޭގެ ފަހުން އާރްއާރްސީގެ ފަސް ފައުލު ހަމަވެ، ނިޒާމްބެ ފޮނުވާލި ދުރު ޕެނަލްޓީ ނާކާމިޔާބުވިއިރު، ފަހުން މުހައްމަދު ޔަފާއު (ޔާ) އެމްޕީއެލް އަށް ގޯލެއް ޖަހައިދިން ނަމަވެސް އިތުރު ގޯލެއް ނުޖެހި، އާރްއާރްސީ މެޗުން މޮޅުވީ އެވެ.

ލަނޑު ޖެހުމަށް ފަހު އާރްއާރްސީގެ އާދަންނާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކުއާޓާގެ ފަހު މެޗުގައި މިރޭ ފެނަކަ އިން ވަނީ ފުރަތަމަ ހާފުގައި ތިން ގޯލުގެ ލީޑެއް ނަގައިފަ އެވެ. އަހުމަދު އަޔާޒް (އަޔާ) ޖެހި ބޯޅައެއް އަހުމަދު އަޖުވަދު (އަޖޭ) ގައިގައި ޖެހިފައި ގޯލަށް ބޯޅަ ވަދެ، ފެނަކަ އިން ލީޑުނެގި އެވެ. އޭގެ ފަހުން އޭރިއާބޭރުން އަޔާ ތިރިތިރިން ފޮނުވާލި ބޯޅައެއް ގޯލަށް ވަދެ، ފެނަކަ އިން ލީޑުފުޅާކުރި އެވެ. އަދި ރިހާމް އަބްދުލް ގަނީ (ބޮބީ) ދިން ބޯޅައަކުން އަޔާ އިތުރު ގޯލެއް ޖެހި އެވެ. ފުރަތަަމަ ހާފު ނިމުމުގެ ކުރިން އެސްޓީއޯގެ އަލީ އިފާޒް އެ ޓީމަށް ގޯލެއް ޖަހައިދީ އުއްމީދެއް ހޯދައިދިނެވެ.

އެސްޓީއޯ އިން ދެ ވަނަ ހާފުގައި ނުކުމެ ވަރުގަދަ ރޫހެއް ދައްކައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. އިސްމާއިލް ވަޖީހު (ވައްޖެ) ޖެހި ބޯޅަ ފެނަކަ ޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ފައިގައި ޖެހިފައި ވަނީ ގޯލަށެވެ. އޭގެ ފަހުން ވައްޖޭ ހުސްކޮށްލާފައި ދިން ބޯޅަ އެސްޓީއޯގެ ކެޕްޓަން މުހައްމަދު ޝާހު ވަނީ ގޯލުގެ ތެެރެއަށް ފޮނުވާލައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް އަޔާ ހެޓްރިކް ފުރިހަމަކޮށް ފެނަކަ އަށް އަލުން ލީޑުނަގައިދިނެވެ. މި ގޯލު ޖަހާފައި އަޔާ އެސްޓީއޯ ބެންޗު ކައިރީގައި ހުރެ އުފާފާޅުކުރި ގޮތުން ރެފްރީ އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. މި ކާޑާ އެކު އަޔާ އަށް ދެ ރީނދޫ ކާޑު ހަމަވެ، ސެމީ ފައިނަލް މެޗަށް ސަސްޕެންޑްވީ އެވެ. އެހެންވެ، ފެނަކަ ބެންޗުން ރެފްރީގެ ނިންމުމަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.

ލީޑުފުޅާކުރަން ފެނަކަ ޓީމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެސްޓީއޯގެ ފަސް ފައުލު ހަމަވެ، ލިބުނު ދުރު ޕެނަލްޓީ ޖަހަން ބެންޗުގައި ހުރެފައި އެރި އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފެނަކަ ޓީމުގެ އަޔާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ

އޭގެ ފަހުން ފެނަަކަ ޓީމުގެ ފަސް ފައުލު ހަމަވެ، އެސްޓީއޯ އަށް ލިބުނު ޕެނަލްޓީ ޖަހަން ބެންޗުން އެރި އަމީން އިބްރާހިމް ވަނީ ޕެނަލްޓީ ވައްދާލައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އެކަމަކު، އޭގެ ފަހުން އެސްޓީއޯ މޮޅުކޮށްދޭން ލިބުނު ޕެނަލްޓީ ޖަހަން ވެސް އަމީން ބެންޗުން އެރި އެވެ. އެކަމަކު މި ފަހަރު ބެންޗުން އަރައި އަމީން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ފުރިހަމަ ވަގުތު ހަމަވިިއިރު ދެ ޓީމު 4-4 އިން އެއްވަރުވެފައި އޮތުމުން ޕެނަލްޓީ ޖެހިއިރު، ދެ ޓީމުން ވެސް ފުރަތަމަ ޕެނަލްޓީ ވީ ނާކާމިޔާބެވެ. ފެނަަކަ ޓީމުގެ އައްމަޑޭ ޖެހި ޕެނަލްޓީ އެސްޓީއޯ ކީޕަރު އަބްދުﷲ ނާސިހު ވަނީ މަތަކޮށްފަ އެވެ. ލީޑުނަގަން އެސްޓީއޯގެ އަމީން ޖެހި ޕެނަލްޓީ ދިޔައީ ބޭރުންނެވެ.

އޭގެ ފަހުން ފެނަކަ އިން ޖެހި ފަސް ޕެނަލްޓީ ކާމިޔާބުކުރި އެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ ޔަސްފާދު ހަބީބު (މުލަކޭ)، އިބްރާހިމް އަރީޝް (އަރިއްޓެ)، އޮންލީ، ބޮބީ އަދި އާދަމް ޝަހީމް (އާނާ) އެވެ. އެސްޓީއޯގެ އިޔާން އަހުމަދު ރަޝީދު، ޝާހު، މުހައްމަދު ސަނީމް، އިބްރާހިމް މާޒް ޖެހި ޕެނަލްޓީ ކާމިޔާބުވި ނަމަވެސް އިފާޒް ޖެހި ޕެނަލްޓީ ނާކާމިޔާބުވެ، އެސްޓީއޯ ކެޓީ އެވެ.

މުބާރާތުގައި މާދަމާރޭ ކުޅޭނީ ކްލަބް މޯލްޑިވްސް ކަޕްގެ އަންހެން ޑިވިޝަން 18/30 ވިމެންސް ފުޓްސަލް ފިއެސްޓާ އެވެ. ސިފައިންގެ ކްލަބް ކުޅޭނީ ކްލަބް ވެމްކޯއާ އެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން އެމްޕީއެލް ވާދަކުރާނީ ޕޮލިސް ކްލަބާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox