ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ކުޅޭނީ ނަޕޯލީއާ ދެކޮޅަށް

Dec 13, 2021, 12:49 PM
ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ބާސެލޯނާ ކުޅޭނީ ނަޕޯލީއާ ދެކޮޅަށް

ނިޔޯން، ސްވިޒަލެންޑް (ޑިސެމްބަރު 13) - އެކާވީސް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ، ޔުއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި އިޓަލީގެ ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހިއްޖެ އެވެ.

ބާސެލޯނާ މި ފަހަރު ޔޫރޮޕާ ލީގުގައި ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގައި ވާދަކުރި ގްރޫޕްގެ ތިން ވަަނަ ދިއުމުންނެވެ. ބާސެލޯނާ އިން އެންމެ ފަހުން ޔޫރޮޕާ ލީގުގައި ކުޅުނުއިރު، މި މުބާރާތުގެ ނަމަކީ ޔުއެފާ ކަޕް އެވެ. އެއީ 2004 ވަނަ އަހަރު އެވެ. އޭރު ބާސެލޯނާގެ މިޑްފީލްޑަރަކަށް މިހާރު އެ ޓީމާ ހަވާލުވެ ހުރި ކޯޗު ޒަވީ ހެނާންޑޭޒް ކުޅުނެވެ.

ނަޕޯލީން ގްރޫޕް ސްޓޭޖުގެ ދެ ވަނަ ހޯދީ އިންގްލެންޑްގެ ލެސްޓާ ސިޓީ ކަޓުވާލުމަށް ފަހު އެވެ. ނަޕޯލީ އާއި ބާސެލޯނާ ވަނީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ކުޅެފަ އެވެ. ނަޕޯލީ އާއި ބާސެލޯނާ ވަނީ 2019/2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމުގެ ބުރުގައި ކުޅެފަ އެވެ. ނަޕޯލީ ދަނޑުގައި 1-1 އިން އެއްވަރުވިއިރު، ބާސެލޯނާ ދަނޑުގައި އެ ޓީމު މޮޅުވީ 3-1 އިންނެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގުގެ ފައިނަލް ކުޅޭ ސެވިލް ސަރަަހައްދަށް ނިސްބަތްވާ ސެވިއްޔާ އިން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓީ ތިން ވަނައިގެ ގޮތުގަ އެވެ. ހަ ފަހަރު ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފައިވާ ސެވިއްޔާ ދެ ވަނަ ބުރުގައި ކުޅޭނީ ކްރޮއޭޝިއާގެ ޑިނަމޯއާ އެވެ. އިޓަލީގެ އެޓަލަންޓާ އިން ކުޅޭނީ ގްރީސްގެ އޮލިމްޕިއާކޯސްއާ އެެވެ.

ޖަރުމަނުގެ އާރްބީ ލައިޕްޒިގު ކުޅެން ޖެހޭނީ ސްޕެއިނުގެ ރެއާލް ސޮސިއެޑާޑާ އެވެ. ރަޝިއާގެ ޒެނިޓް ޕީޓާސްބާގް ކުޅޭނީ ސްޕެއިނުގެ ރެއާލް ބެޓިސްއާ އެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ސްކޮޓްލެންޑްގެ ޗެމްޕިއަން ރޭންޖާސްއާ ބައްދަލުކުރަން ޖެހުނުއިރު، މޮލްޑޯވާގެ ޝެރިފް ޓިރާސްޕޯލް ބައްދަލުކުރާނީ ޕޯޗުގަލްގެ ބްރާގާއާ އެވެ. އަދި ޕޯޗުގަލްގެ ޕޯޓޯ ކުޅޭނީ އިޓަލީގެ ލާޒިއޯއާ އެވެ.

ދެ ވަނަ ބުރުގެ މެޗުތައް އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 17 އާއި 24 ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox