މެއިންޓެނަންސް ފްރީ ތިމާވެއްޓާ ރައްޓެހި ވިލާ ފިއުޝަން ބެޓެރީ ބާޒާރަށް ނެރެފި

ވިލާ ހަކަތައިން އުފައްދައި ބާޒާރަށް ނެރުނު "ވިލާ ފިއުޝަން" ބެޓެރީ: މިއީ އުމުރު ދިގު، މެއިންޓެނެސް ފްރީ ބެޓަރީއެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލާ ހަކަތައިން އުފައްދައި ބާޒާރަށް ނެރުނު "ވިލާ ފިއުޝަން" ބެޓެރީ: މިއީ އުމުރު ދިގު، މެއިންޓެނެސް ފްރީ ބެޓަރީއެއް. -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ވިލާ ހަކަތާއިގެ އަމިއްލަ ބެޓެރީ ބްރޭންޑް "ވިލާ ފިއުޝަން" ލޯންޗުކޮށް، އެ ބްރޭންޑުގެ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހާއްސަ މެރިން ބެޓެރީ ރޭންޖު މިއަދު ބާޒާރަށް ނެރެފި އެވެ.

މިހާރު ކުރިޔަށްދާ މެރިން އެކްސްޕޯގައި ނެރުނު މެރިން ބެޓެރީ ރޭންޖުގެ ދަށުން ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހާއްސަ އަދި އާންމުކޮށް ބޭނުންކުރާ ހަތަރު ސައިޒެއްގެ ބެޓެރީ ވިލާ ހަކަތައިން ދައްކާލި އެވެ.

މިއީ ދިވެހި ކުންފުންޏަކުން އަމިއްލަ ބެޓެރީ އުފައްދައިގެން ބާޒާރަށް ނެރުނު ފުރުތަމަ ފަހަރެވެ. މި ބެޓެރީތައް އެސެމްބަލް ކުރަނީ އިންޑިއާގަ އެވެ.

ވިލާ ފިއުޝަން މެރިން ބެޓެރީ ރޭންޖު

  • 100 އެމްޕަޔަރު
  • 120 އެމްޕަޔަރު
  • 150 އެމްޕަޔަރު
  • 200 އެމްޕަޔަރު

މި ބެޓެރީތަކާ ގުޅިގެން މައުލޫމާތު ދެމުން ވިލާ ހަކަތައިގެ ސޭލްސް މެނޭޖަރު ބާސިލް ނަފީޒް ވިދާޅުވީ މިއަދު ބާޒާރަށް ނެރުނު ހަތަރު ސައިޒުގެ ބެޓަރިއަކީ ލޯންޗާއި ދޯނިފަހަރަށް އާންމުކޮށް ބޭނުންވާ ސައިޒުގެ ބެޓެރީ ކަމަށެވެ. މިއީ މެއިންޓެނަންސް-ފްރީ ބެޓެރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި އިވެންޓުގައި އަޅުގަނޑުމެން މި ލޯންޗު ކުރަނީ މެރިން މާކެޓަށް އެންމެ އެކަށީގެންވާ ހަތަރު ސައިޒު" އޭނާ ވިދާޅުވީ އެވެ.

މެރިން ބެޓެރީ ރޭންޖުގެ އިތުރުން، ވިލާ ފިއުޝަން ބްރޭންޑުގެ ދަށުން ކައިރި މުސްތަގުބަލުގައި އެއްގަމު އުޅަނދުތަކަށް ހާއްސަ ލޭންޑް ބެޓެރީ ރޭންޖެއް ނެރޭނެ އެވެ.

ބާސިލް ވިދާޅުވީ އެއްގަމު އުޅަނދުތަކަށް ހާއްސަ ބެޓެރީ ސައިޒުތައް ވިލާ ފިއުޝަންގެ ތެރެއިން ބާޒާރަށް އަންނާނެ ކަމަށެވެ. މި ރޭންޖުގެ ތެރޭގައި ކަރަންޓުން ދުވާ ބަގީއަށް ހާއްސަ ބެޓެރީ އާއި ކުދި ޕިކަޕަށާއި ސައިކަލަށް ހާއްސަ ބެޓެރީތައް ހިމެެނެ އެވެ.

މެރިން ބެޓެރީތަކެއް ވިޔަސް 100 އެމްޕަޔަރު ބެޓެރީ ބޭނުން ކުރެވޭނެ ޕިކަޕުތަކުގައި. އަދި ބޮޑެތި ސައިޒުތައް ބޭނުންކުރެވޭނެ ހެވީ ވެހިކަލްތަކުގައި" ބާސިލް ވިދާޅުވި އެވެ.

މެރިން އެކްސްޕޯގައި ހުރި "ވިލާ ހަކަތަ" ސްޓޯލް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
މެރިން އެކްސްޕޯގައި ހުރި "ވިލާ ހަކަތަ" ސްޓޯލް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މެރިން އެކްސްޕޯގައި ހުރި "ވިލާ ހަކަތަ" ސްޓޯލް -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

titledesc

ވިލާ ފިއުޝަންގެ ބެޓެރީތަކުގެ އަގާ ގުޅިގެން ބާސިލް ވިދާޅުވީ، މި ރޭންޖުގެ ބެޓެރީތަކުގެ އަގު ބާޒާރުގައި ހުރި އަގުތަކަށް ވުރެ ހެޔޮ ވާނެ ކަމަށެވެ.

މި ބެޓެރީތައް މިހާރު ވިލާ ހަކަތައިގެ އައުޓްލެޓްތަކުން ލިބޭނެ އެވެ. އަދި އޯޑަރުކޮށްލުމުން މާލެއިން ދޯންޏާ ހަމައަށް ޑެލިވަރީކޮށްދެ އެވެ.

ވިލާ ހަކަތައިން ބުނި ގޮތުގައި ވިލާ ފިއުޝަންއާ ގުޅިގެން އެއްވެސް މައުލޫމާތެއް ބޭނުންވާނަމަ، މެރިން އެކްސްޕޯގައި ހުރި ވިލާ ހަކަތައިގެ ސްޓޯލުން އެ މައުލޫމާތު ލިބޭނެ އެވެ.

މެރިން އެކްސްޕޯ އޮންނާނީ މިއަދުން ފެށިގެން ބުދަ ދުވަހާ ހަމައަށް، ކޮންމެ ދުވަހެއްގެ މެންދުރު 2:00 އިން ފެށިގެން ގޮސް ރޭގަނޑު 10:00 އާ ހަމައަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox