ހުޅަނގު އައްސޭރީގެ މުނިސިޕަލް އިންތިހާބުގައި ހަމާސްއިން ބައިވެރިއެއް ނުވޭ

މުނިސިޕަލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ޕޯސްޓަރުތައް ހަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީފ

މުނިސިޕަލް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ޕޯސްޓަރުތައް ހަރުކޮށްފައި. -- ފޮޓޯ: އޭއެފްޕީފ

ރާމަﷲ، ފަލަސްތީން (ޑިސެމްބަރު 12) - އިޒްރޭލުން ވެރިވެގަނެގެން އުޅޭ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އަވަށްތަކުގައި ހޮނިހިރު ދުވަހު ބޭއްވި މުނިސިޕަލް އިންތިހާބު، ގާޒާގައި ވެރިކަން ކުރާ ހަމާސް އިން ބޮއިކޮޓްކޮށްފި އެވެ.

ހަމާސް ޖަމާއަތުން މުނިސިޕަލް އިންތިހާބު ބޮއިކޮޓް ކުރަން ނިންމީ ފަލަސްތީނުގެ އިންތިހާބުތައް ލަސްވާ މައްސަލައިގައި އިހްތިޖާޖް ކުރުމުގެ ގޮތުންނެވެ. އެގޮތުން ރިޔާސީ އިންތިހާބާއި ޕާލިމެންޓު އިންތިހާބު ނުބާއްވާތާ 15 އަހަރު ވެއްޖެ އެވެ.

އެންމެ ފަހުން މުނިސިޕަލް އިންތިހާބެއް ބޭއްވީ 2017 ވަނަ އަހަރު އެވެ. އެ ފަހަރު ވެސް ހަމާސް އިން ބައިވެރިއެއް ނުވެ އެވެ.

ހުޅަނގު އައްސޭރީގައި ހުންނަ ފަލަސްތީނުގެ 367 އަވަށުގެ ތެރެއިން 60 އަވަށުން އެއްވެސް ކެންޑިޑޭޓެއް ވާދައެއް ނުކުރެ އެވެ. އިތުރު 162 އަވަށުން ވާދަކުރީ އެންމެ ކެންޑިޑޭޓެކެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވޯޓުލުން އޮތީ 154 އަވަށުގެ މުނިސިޕަލް ވެރިން ހޮވުމަށެވެ.

ހުޅަނގު އައްސޭރީގައި ވޯޓުލުން ކުރިއަށް ދަނީ. -- ފޮޓޯ: އޭއެފްޕީ
ހުޅަނގު އައްސޭރީގައި ވޯޓުލުން ކުރިއަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

ހުޅަނގު އައްސޭރީގައި ވޯޓުލުން ކުރިއަށް ދަނީ. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީން ސެންޓްރަލް އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު ފަރީދް ތާމުﷲ އޭއެފްޕީ އަށް ވިދާޅުވީ އިންތިހާބު ކުރިއަށް ގެންދަން ހަމަޖެހިފައި އޮތް ހުރިހާ އަވަށެއްގައި ވެސް ހޮނިހިރު ދުވަހު ވޯޓުލާ މަރުކަޒުތައް ހުޅުވި ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މި އިންތިހާބަށް ފަހު ރިޔާސީ އިންތިހާބަކަށް މަގުފަހިވެ، އަޅުގަނޑުމެން ތަމްސީލް ކުރާ ރައީސަކާއި ސަރުކާރެއް ހޮވުން،" ނިލިން އަވަށުގެ އުމުރުން 26 އަހަރުގެ މަސްލަމާ ސުރޫރު ބުންޏެވެ.

"މި ސަރުކާރު އަނެއްކާ ވެސް އޮންނާކަށް ބޭނުމެއް ނޫން. ބޭނުން ވަނީ އާ ގޮތެއް. އާ، ޒުވާން މީހުންނާ އެކު ބަދަލުތަކެއް ފެންނަން ބޭނުން ވަނީ،" އޭނާ އޭއެފްޕީ އަށް ބުންޏެވެ.

މުނިސިޕަލް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 405،000 މީހުންނަށް ލިބިގެންވެ އެވެ. ހޮނިހިރު ދުވަހު ހަވީރު 04:00 އާ ހަމައަށް ވޯޓުލީ 46 ޕަސެންޓު މީހުންނެވެ. ވޯޓުލާ މަރުކަޒުތައް ބަންދު ކުރީ އިރުއޮއްސި 07:00 ގެ ފަހުންނެވެ.

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަހްޔާ ސިންވާރް. -- ފޮޓޯ: އޭއެފްޕީ
ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަހްޔާ ސިންވާރް. -- ފޮޓޯ: އޭއެފްޕީ

ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޔަހްޔާ ސިންވާރް. -- ފޮޓޯ: އޭއެފްޕީ

މުނިސިޕަލް އިންތިހާބަކީ ފަލަސްތީނަށް މާ މުހިއްމު އިންތިހާބެއްގެ ގޮތުގައި ނުބެލެވެ އެވެ. ގިނަ ކެންޑިޑޭޓުން ވާދަކުރަނީ ވެސް އަމިއްލަ ހައިސިއްޔަތުންނެވެ. ނަމަވެސް މި އިންތިހާބަށް ފަހު މާޗް 2022 ވަނަ އަހަރު ސިޓީތަކުގެ ވޯޓުލުން އޮންނާނެ އެވެ.

"މި އިންތިހާބު ސިޔާސީ ގޮތިން މުހިއްމު ނުވަނީ ސިޓީތަކުގެ ބަދަލުގައި އަވަށްތަކުގައި ވޯޓުލުން ކުރިއަށް ދާތީ އަދި ހަމާސްގެ ބައިވެރިވުން ނެތީމަ،" ޕޮލިޓިކަލް އެނެލިސްޓް ޖިހާދް ހަރްބް ވިދާޅުވި އެވެ.

ދެހާސް ހަތް ވަނަ އަހަރުން ފެށިގެން ގާޒާގައި ވެރިކަން ކުރާ ހަމާސް އިން ހިތްހަމަނުޖެހެނީ ރިޔާސީ އިންތިހާބު މުއްދަތެއް ނެތް ގޮތުގައި ފަސްކުރަން ރައީސް މަހްމޫދު އައްބާސް ނިންމަވާފައި ވާތީ އެވެ. ކުރިން ނިންމާފައި އޮތީ ރިޔާސީ އިންތިހާބާއި ޕާލިމެންޓު އިންތިހާބު ވެސް މި އަހަރުގެ ކުރީކޮޅު ބޭއްވުމަށެވެ.

އެނެލިސްޓުން ލަފާކުރި ގޮތުގައި ޕާލިމެންޓު އިންތިހާބުން ހަމާސް އަށް ބޮޑު ކާމިޔާބެއް ލިބޭނެ އެވެ. އެންމެ ފަހު ވަގުތު އިންތިހާބުތައް ފަސްކުރީ އެހެންވެގެން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. ނަމަވެސް މަހްމޫދު އައްބާސް ވިދާޅުވީ އިންތިހާބު ފަސްކުރަން ޖެހުނީ އިރުމަތީ ގުދުސްގައި ވޯޓުލުމަށް ފުރުސަތު ނުދޭން އިޒްރޭލުން އުޅޭތީ ކަމަށެވެ.

މަހްމޫދު އައްބާސްގެ ރިޔާސީ ދައުރު ގާނޫނީ ގޮތުން ނިމުމަކަށް އައީ 2009 ވަނަ އަހަރު އެވެ. އުމުރުން 86 އަހަރުގެ މަހްމޫދު އައްބާސް އަކީ ފަތަހްގެ ލީޑަރެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. -- ފޮޓޯ: އޭއެފްޕީ
ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. -- ފޮޓޯ: އޭއެފްޕީ

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް. -- ފޮޓޯ: އޭއެފްޕީ

ހަމާސް އާއި ފަތަހްގެ މެދުގައި ސިޔާސީ ވާދަވެރިކަން ވަރަށް ބޮޑެވެ. ދެ ގްރޫޕުގެ މެދުގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގުމަށް ފަހު 2007 ވަނަ އަހަރު ހަމާސް އިން ގާޒާގެ ކޮންޓްރޯލް ހޯދުމާ އެކު އެ ވާދަވެރިކަން އިތުރަށް ގޯސްވި އެވެ.

އެ ކުރިމަތިލުމަށް ފަހު ގާޒާގައި ހަމާސް އިން ވެރިކަން ކުރާއިރު، ހުޅަނގު އައްސޭރީގައި އޮންނަނީ ފަތަހްގެ ވެރިކަމެވެ. ނަމަވެސް ފަތަހް ޖަމާއަތުން ކޮންޓްރޯލް ކުރާ ފަލަސްތީނު ސަރުކާރަށް ހުޅަނގު އައްސޭރީގައި ވެސް ބޭނުންވާ ގޮތަށް ވެރިކަމެއް ނުކުރެވެ އެވެ. އެއީ އިޒްރޭލުން އެ ތަނަށް ވެރިވެގަނެގެން އުޅޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox