މިއީ ގައުމުގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ނަގޫރޯޅިތަކަށް ވެދާނެ: ބައިޑެން

އެމެރިކާ އަށް އެރި ނަގޫރޯޅިތަކާ ގުޅޭ ގޮތުން ރައީސް ޖޯ ބައިޑެން ގައުމާ މުހާތަބު ކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާ އަށް އެރި ނަގޫރޯޅިތަކާ ގުޅޭ ގޮތުން ރައީސް ޖޯ ބައިޑެން ގައުމާ މުހާތަބު ކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ

ވިލްމިންގްޓަން، އެމެރިކާ (ޑިސެމްބަރު 12) - ހުކުރު ދުވަހުގެ ދަންވަރު އެމެރިކާގެ އެކި ހިސާބުތަކަށް އެރި ބާރުގަދަ ނަގޫރޯޅިތަކަކީ "ގައުމުގެ ތާރީހުގައި ދިމާވި އެންމެ ބޮޑު ނަގޫރޯޅިތަކަށް ވެދާނެ" ކަމަށް ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ،

"މިއީ ބޮޑު ހިތާމައެއް. މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް އަދިވެސް ޔަގީންކޮށް ބުނަން ނޭނގޭ އަދި ލިބުނީ ކިހާ ގެއްލުމެއް ކަމެއް ވަޒަން ކުރަން ނޭނގޭ،" ޓީވީ މެދުވެރިކޮށް ގައުމާ މުހާތަބު ކުރައްވަމުން ހޮނިހިރު ދުވަހު ބައިޑެން ވިދާޅުވި އެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި މަދުވެގެން 78 މީހުން މަރުވި އެވެ. އޭގެ ތެރެއިން 70 މީހުން މަރުވީ ކެންޓަކީ ސްޓޭޓުންނެވެ. ގިނަ އަދަދެއްގެ ނަގޫރޯޅިތައް އެއް ފަހަރާ އެރުމުން ފަސް ސްޓޭޓަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރު ވާނެ ކަމަށް ލަފާކުރެވެ އެވެ.

"ރައްޔިތުންނަށް ބޭނުންވާ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއް ފޯރުކޮށްދޭން ވެސް އަޅުގަނޑު މަސައްކަތް ކުރާނަން،" ނޫސްވެރިންނަށް ސުވާލު ކުރުމުގެ ފުރުސަތު ދީގެން ގައުމާ މުހާތަބު ކުރުމަށް ބޭއްވި ޕްރެސް ކޮންފެރެންސްގައި ބައިޑެން ވައުދުވެވަޑައިގެންނެވި އެވެ.

މޫސުމީ ބަދަލުގެ އަސަރު ނަގޫރޯޅިތަކަށް ކޮށްފައި ވޭތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ "ޔަގީންކޮށް ބުނަން ނޭނގޭ" ކަމަށެވެ. ނަމަވެސް އެ ސުވާލާ ގުޅޭ ދިރާސާތައް ކުރަން އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އަށް އަންގަވާނެ ކަމަށް ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން އެންމެންނަށް ވެސް ސާފުވާ ހަގީގަތަކީ ދުނިޔެ ހޫނުވާ ވަރަކަށް ހުރިހާ ކަމެއްގެ އަސަރު ވެސް މާ ބޮޑަށް ކުރަމުންދާކަން،" ބައިޑެން ވިދާޅުވި އެވެ.

"ބެލެވެނީ މިކަމުގައި ވެސް އޭގެ ސަބަބުން އަސަރުތަކެއް ހިމެނޭނެ ކަމަށް. އެކަމަކު އެއީ އަޅުގަނޑަށް ގޮތް ކިޔަން އެނގޭ ދާއިރާއެއް ނޫން."

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox