ފަހު މެޗު ފުރަތަމަ ދެ މެޗަށް ވުރެ ރަނގަޅުވާނެ: ކުޑަކާއްޓެ

Dec 12, 2021, 3:42 AM
ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ).-- ފޮޓޯ: ރައީސް އޮފީސް

ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ).-- ފޮޓޯ: ރައީސް އޮފީސް

މި މަހު ބަންގްލަދޭޝްގައި ބާއްވާ އޭވީސީ ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ގައުމީ ވޮލީ ޓީމުން މާލޭގައި ލަންކާއާ ދެކޮޅަށް ކުޅުނު ފުރަތަމަ ދެ މެޗަށް ބަލާއިރު ކަންކަން ރަނގަޅު އެބަކުރެވޭ ކަމަށާއި މިރޭ ކުޅޭ ފަހު މެޗު ފުރަތަމަ ދެ މެޗަށް ވުރެ ރަނގަޅުވާނެ ކަމަށް ޓީމުގެ ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރެޔާއި ހުކުރު ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. ފުރަތަމަ މެޗުގެ ސެޓުތައް ދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ. ރޭ ކުޅުނު މެޗުގައި ރާއްޖޭން ރަނގަޅު ވާދައެއް ކުރިއިރު، ސެޓުތައް ދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ. ދެ މެޗަށް ބަލާއިރު، ރާއްޖޭން ދެ ވަނަ މެޗުގައި ވަރަށް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

"މެޗަކަށް ފަހު މެޗެއް ރަނގަޅުވަމުން މި އަންނަނީ. ހުރިހާ ކުޅުންތެރިންގެ ޕާފޯމަންސް ރަނގަޅުވަމުން މި އަންނަނީ. ފަހު މެޗު ފުރަތަމަ ދެ މެޗަށް ވުރެ ރަނގަޅުވާނެ. އިންޝާﷲ،" ކުޑަކާއްޓެ ބުންޏެވެ.

ރާއްޖޭން ލަންކާއާ ދެކޮޅަށް މި ކުޅެނީ ބޮޑު ބްރޭކަކަށް ފަހު އެވެ. އެއީ ކޮވިޑް-19އާ ހެދި ރާއްޖޭގައި ކުޅިވަރު ހަރަކާތްތައް ހުއްޓާލާފައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށް ފަހު އެވެ. ނޭޕާލުގެ ކަތުމަންޑޫގައި 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު ސައުތު އޭޝިއަން ގޭމްސް އަށް ފަހު ގައުމީ ޓީމުން ކުޅޭ ފުރަތަމަ މެޗުތަކަކީ ލަންކާއާ ދެކޮޅަށް މި ކުޅޭ މެޗުތަކެވެ.

"ފުރަތަމަ މެޗާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އަޅުގަނޑަށް ހީވަނީ ވަރަށް ބޮޑު ބްރޭކަކަށް ފަހު އަޅުގަނޑުމެން މެޗެއް މި ކުޅުނީ، ގާތްގަނޑަކަށް ބުނަންޏާ ލޮކްޑައުން އަށް ފަހު ދެ އަހަރު ވަރު ކޮށްލާފައި މެޗެއް މި ކުޅުނީ. އެންމެން އެއްކޮށް ހަމަވެގެން ޕްރެކްޓިސް ކުރެވުނީ އެއް މަސް ދުވަސް،" މެޗުތަކަށް އައިއިރު ހުރި ގޮންޖެހުމަށް އިޝާރާތްކޮށް ކުޑަކާއްޓެ ބުންޏެވެ.

"ތަންކޮޅެއް ބޮޑަށް ލަންކާ ޓީމު ބަދަލުވެފައި އޮތީމައާ އެކު ކޮންފިޑެންސާއި މެޗު އެކްސްޕީރިއަންސް މި ދޭތެރޭގައި ދަށްވުން އެއީ ދިމާވި ކަމަކީ. ދެން ފުރަތަމަ މެޗަށް ވުރެ ދެ ވަނަ މެޗު ހިތްހަމަޖެހޭ އެކަމު، ސެޓެއް އެއްޗެއް ނުލިބުނީމަ ފުދޭވަރަަކަށް ދެރަވޭ،"

ގައުމީ ޓީމުގެ ހެޑް ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) ވެސް ވަނީ މެޗަކަށް ފަހު މެޗެއް ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަ ކަމަށް ބުނެފަ އެވެ. އަދި ދެ ވަނަ މެޗުގައި ދެެއްކި ކުޅުމުގައި ގޯސްކޮށްދިޔައީ ސެޓިންގެ މައްސަލަ އާއި ކުޅުންތެރިންނަށް ހެދުނު ކުދިކުދި ގޯސްތައް ކަމަށެވެ. ކެޕްޓަން، ކުޑަކާއްޓެ ވެސް އެކަމަށް އެއްބަސްވެ އެވެ.

"ދެ ވަނަ މެޗުގައި ވަރަށް ރަނގަޅަށް ކުޅެވިފައި ދިޔައީ. ޑިފެންސް ބޯޅައިގައި ގިނަ ބޯޅަތައް އަޅުގަނޑުމެންނަށް ނުނިންމިގެން ދިޔައީ. އޭގެއިން އަޅުގަނޑުމެންނަށް ލީޑު ނަގަން ލިބޭ ޕޮއިންޓްތައް ވެސް ގެއްލިގެން މިދިޔައީ. އަމިއްލަ މިސްޓޭކް ވެސް ތަންކޮޅެއް ގިނަވީ،" ކުޑަކާއްޓެ ބުންޏެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:00 ގަ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox