ފަހަތުން އަރައި މޮޅުވެ ބަޔާނުން އެއް ވަނައިގައި ލީޑުފުޅާކޮށްފި

Dec 11, 2021, 6:39 PM
ބަޔާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ބަޔާން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (ޑިސެމްބަރު 11) - ޖަރުމަނު ލީގުގައި މިރޭ ފަހަތުން އަރައި މައިންޒް އަތުން 2-1 އިން މޮޅުވެ، ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި ލީޑުފުޅާކޮށްފި އެވެ.

ބަޔާނަށް ލީޑުފުޅާކުރެވުނީ ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ވީއެފްއެލް ބޯކުމް ދަނޑުގައި 1-1 އިން އެއްވަރުވުމުންނެވެ. ބަޔާން އެއް ވަނައިގައި އޮތީ 15 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 15 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ.

މިރޭގެ ނަތީޖާއާ އެކު ބަޔާންގެ ކޯޗު، އުމުރުން 34 އަހަރުގެ ހޫލިއަން ނާގަލްސްމަން ވަނީ ޖަރުމަނު ލީގުގައި 100 މޮޅު ހަމަކޮށްފަ އެވެ. ނާގަލްސްމަން ބަޔާނާ ހަވާލުވުމުގެ ކުރިން ކޯޗުކޮށްދިނީ ހޮފެންހައިމާއި އާރްބީ ލައިޕްޒިގަށެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން: އޭނާ އަކީ ޖަރުމަނު ލީގުގައި އެންމެ ހަގު އުމުރުގައި 100 މޮޅު ހަމަކުރި ކޯޗު.

ބަޔާންގެ އަލިއާންޒް އެރީނާގައި މިރޭ ކުޅުނު މެޗު ފަށައިގެން 22 ވަނަ މިނިޓްގައި މައިންޒުން ވަނީ ލީޑުނަގައިފަ އެވެ. އޭރިއާތެރެއަށް ޖޮނަތަން ބާކާޑްޓް ނަގައިދިން ހުރަހަކުން މައިންޒްގެ ކަރީމް އޮނިސީވޯ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ނަތީޖާ ހަމަހަމަކުރަން ބަޔާނުން ކުރި މަސައްކަތް ކާމިޔާބެއް ނުވި އެވެ. އެކަމަކު، ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ބަޔާނުން ވަނީ ނަތީޖާ ހަމަަހަމަކޮށްދީފަ އެވެ.

މެޗުގެ 53 ވަނަ މިނިޓްގައި ބަޔާންގެ ފްރާންސްގެ ދެ ކުޅުންތެރިން ގުޅިގެން ކުރި އެޓޭކެއްގައި ވަނީ އެ ޓީމުގެ ފުރަަތަމަ ގޯލު ޖަހައިފަ އެވެ. ކިންގްސްލީ ކޯމަން މި ގޯލު ޖެހީ ކޮރެންޓިން ޓޮލީސޯ ދިން ބޯޅައަކުންނެވެ.

ބަޔާން މޮޅުވާން ކުރި މަސައްކަތް ކާމިޔާބު ކޮށްދިނީ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ. މެޗުގެ 74 ވަނަ މިނިޓްގައި ބެންޖަމިން ޕަވާޑް ދިން ބޯޅަ މުސިއާލާ ވަނީ ގޯލުގެ ކަނަށް ފޮނުވާލައިފަ އެވެ. މައިންޒްގެ މޫސާ ނިއަކާޓޭ އެ ޓީމަށް އެއްވަރުކޮށްދޭން ފޮނުވާލި ބޯޅަ ބަޔާން ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި ބޯކުމް އަށް ލީޑުނަގައިދިނީ ޕެނަލްޓީ އަކުން ސަބެސްޓިއަން ޕޯލްޓާ އެވެ. ޑޯޓްމަންޑަށް އެއްވަރުކޮށްދިނީ އާލިން ބްރައުޓް ހާލަންޑް ނަގައިދިން ހުރަހަކުން ހޫލިއަން ބްރަންޑްޓް އެވެ. ބްރަންޑް އެ ގޯލު ޖެހުމުގެ ކުރިން ޑޯޓްމަންޑުން ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox