އެމެރިކާ އަށް ނަގޫރޯޅިތަކެއް އަރައި ގިނަ ބަޔަކު މަރުވެއްޖެ

އެމެރިކާ އަށް އެރި ނަގޫރޯޅިތަކުގައި ލިބުނު ގެއްލުން ބަލަން މީހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާ އަށް އެރި ނަގޫރޯޅިތަކުގައި ލިބުނު ގެއްލުން ބަލަން މީހުން ހަރަކާތްތެރިވަނީ. -- ފޮޓޯ: އޭއެފްޕީ

އެމެރިކާގެ ކެންޓަކީ ސްޓޭޓަށް ހުކުރު ދުވަހުގެ ދަންވަރު އެރި ނަގޫރޯޅިތަކެއްގައި 70 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

ސްޓޭޓުގެ ގަވަރުނަރު އެންޑީ ބެޝިއާ ވިދާޅުވީ އެ ސްޓޭޓުގެ ތާރީހުގައި ދިމާވި އެންމެ ނުރައްކާތެރި ނަގޫރޯޅިތަކުގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މޭފީލްޑް އަވަށުގައި އުއްބައްތި އުފައްދާ ފެކްޓްރީއެއް ތެރޭގައި ގިނަ އަދަދެއްގެ މީހުން މަރުވެފައިވާ ކަމަށް ބެލެވެ އެވެ.

މޭފީލްޑް އަވަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: އޭއެފްޕީ
މޭފީލްޑް އަވަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: އޭއެފްޕީ

މޭފީލްޑް އަވަށަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި. -- ފޮޓޯ: އޭއެފްޕީ

ކެންޓަކީގެ އިތުރުން އެހެން ސްޓޭޓުތަކަށް ނަގޫރޯޅީގެ އަަރުކޮށް ފަސް މީހުން މަރުވި އެވެ. ކެންޓަކީގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ގަވަރުނަރު ބެޝިއާ ވިދާޅުވީ ނަގޫރޯޅި އެރި އިރު 100 އަށް ވުރެ ގިނަ މީހުން މޭފީލްޑްގެ އުއްބައްތި ފެކްޓްރީ ތެރޭގައި ތިބި ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އޭގެ ތެރެއިން ގިނަ ބަޔަކު މަރުވެފައިވާ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ރައީސް ޖޯ ބައިޑެން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަގޫރޯޅިއާ ބެހޭ ގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު އިދާރާތަކުން ތަފްސީލް މައުލޫމާތު ފޯރުކޮށްދިން ކަމަށެވެ.

"މިފަދަ ތޫފާނެއްގެ ތެރޭގައި ލޯބިވާ މީހަކު ވަކިވެގެން ދިޔުމަކީ ހިތަށް ގެނެވޭވަރުގެ ކަމެއް ނޫން. ލިބުނު ގެއްލުންތައް ބަލައި، މީހުން ސަލާމަތް ކުރުން ކުރިއަށް ދާއިރު، އާއިލާތަކަށް ހުރިހާ އެހީއެއް ފޯރުކޮށްދޭން އަޅުގަނޑުމެން މި ދަނީ ގަވަރުނަރުންނާ އެކު މަސައްކަތް ކުރަމުން،" ބައިޑެން ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox