ޓޮޓެންހަމް-ރެެނެސް މެޗާ މެދު ގޮތެއް ނިންމާނީ ޔުއެފާ އެތިކްސް ކޮމިޓީން

Dec 11, 2021, 1:24 PM
ޓޮޓެންހަމް-ރެެނެސް މެޗާ މެދު ގޮތެއް ނިންމާނީ ޔުއެފާ އެތިކްސް ކޮމިޓީން

ލަންޑަން (ޑިސެމްބަރު 11) - ޔުއެފާ ކޮންފަރެންސް ލީގުގައި ފްރާންސްގެ ރެނެސްއާ ދެކޮޅަށް އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް ކުޅެން އޮތް މެޗު ފަސްކުރުމަށް ފަހު އަލުން ކުޅެވޭނެ ތާރީހާ މެދު ގޮތެއް ކަނޑަނޭޅި އެ މެޗާ މެދު ގޮތެއް ނިންމަން ޔުއެފާ އެތިކްސް ކޮމިޓީ އަށް ފޮނުވައިފި އެވެ.

ބުރާސްފަތި ދުވަހުގެރޭ ޓޮޓެންހަމް ދަނޑުގައި ރެނެސްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރީ މެޗު ފެށެން 12 ގަޑިއިރަށް ވުރެ ކުޑަ ވަގުތު ކޮޅަކަށްވެފައި ވަނިކޮށެވެ. އެއީ ޓޮޓެންހަމްގެ އަށް ކުޅުންތެރިންނާއި ހަތަރު ޓީމު އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، އެ ކްލަބްގެ ހާލަތާ މެދު ސީދާކޮށް ކަންތައްތަކެއް ސާފުނުވާތީ އެވެ.

މެޗު ކުޅެން އޮތް ދުވަހު ޔުއެފާ އިން މެޗު ފަސްކުރަން ނިންމުމުން ރެނެސް އިން ހިތްހަމަ ނުޖެހުނެވެ.

ޔުއެފާގެ ގަވާއިދު ބުނާގޮތުން މި މަސް ނިމުމުގެ ކުރިން ޔޫރަޕްގެ ކްލަބް މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ފުރިހަމަ ކުރަން ޖެހޭނެ އެވެ. ކޮންފަރެންސް ލީގަކީ ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތެވެ.

ޔުއެފާ އިން ބުނީ ރެނެސް އާއި ޓޮޓެންހަމާ މަޝްވަރާކުރި ނަމަވެސް އަލުން މެޗު ކުޅެން ތާރީހަކާ މެދު ގޮތެއް ނުނިންމުނު ކަމަށެވެ. އެންމެ ބޮޑު ސަބަބަކަށް ދިމާވީ މި މަހު ޓޮޓެންހަމްގެ ގިނަ މެޗުތަކެއް ކުޅެން ޝެޑިއުލްކޮށްފައިވުމެވެ.

ޔުއެފާ އިން މިހާރު ޓޮޓެންހަމް އާއި ރެނެސް ބައްދަލުކުރާ މެޗާ މެދު ގޮތެއް ނިންމަން ވަނީ ޔުއެފާ އެތިކްސް ކޮމިޓީއާ ހަވާލުކޮށްފަ އެވެ.

ރެނެސް ވަނީ ގްރޫޕް އެއް ވަަނައިގެ ގޮތުގައި އަނެއް ބުރުން ފުރުސަތު ހޯދައިފަ އެވެ. ޓޮޓެންހަމް އޮތީ ތިން ވަނައިގަ އެވެ. އެއީ ނެދަލެންޑްސްގެ ވިޓޭސީ އަށް ވުރެ ތިން ޕޮއިންޓް މަދުން ހޯދައިގެންނެވެ. ރެނެސް އަތުން ޓޮޓެންހަމް މޮޅުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ ލިބޭނެ އެވެ.

ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ޓޮޓެންހަމުން އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ ބްރައިޓަންއާ ކުޅެން އޮތް މެޗު ވެސް ވަނީ ފަސްކޮށްފަ އެވެ.

މިހާރު އޮތްގޮތުން ޓޮޓެންހަމް ދެން އެންމެ އަވަހަށް ކުޅޭނެ މެޗަކީ އަންނަ ބުރާސްފަތި ދުވަހު ލެސްޓާ ސިޓީއާ ކުޅޭ މެޗެވެ. އަދި 19 ވަނަ ދުވަހު ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ލިވަޕޫލާ ކުޅޭނެ އެވެ. އޭގެ ފަހުން މި މަހު ޓޮޓެންހަމުން ލީގު ކަޕްގެ ކުއާޓާ ފައިނަލުގައި ވެސްޓް ހޭމްއާ ކުޅުމުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އާއި ސައުތެމްޓަންއާ ކުޅޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox