ޖެރާޑް، އެސްޓަން ވިލާ ގޮވައިގެން ލިވަޕޫލް ދަނޑަށް ނުކުންނާނީ މޮޅުވާން

Dec 11, 2021, 3:30 AM
ޖެރާޑް، އެސްޓަން ވިލާ ގޮވައިގެން ލިވަޕޫލް ދަނޑަށް ނުކުންނާނީ މޮޅުވާން

ލިވަޕޫލް (ޑިސެމްބަރު 11) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް ދަނޑުގައި ކުޅޭ މެޗަށް ނުކުންނާނީ އެސްޓަން ވިލާ މޮޅުކޮށްދޭން ކަމަށް އެ ޓީމުގެ ކޯޗު އަދި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.

ސަތާރަ އަހަރު ލިވަޕޫލަށް ކުޅުނު ޖެރާޑް ވަނީ އެ ޓީމަށް 710 މެޗުން 186 ގޯލު ޖަހައިފަ އެވެ. ޖެރާޑަކީ ޔާގެން ކްލޮޕަށް ފަހު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާނެ ކަމަށް ބެލެވޭ ކޯޗެވެ. އެކަމަކު، މި ވަގުތު އޭނާ ހުރީ އެސްޓަން ވިލާ ބެންޗުގައި އެ ޓީމުގެ ކޯޗުގެ މަގާމާ ހަވާލުވެ އެވެ. ޖެރާޑް، އެސްޓަން ވިލާއާ ހަވާލުވި ފަހުން އެ ޓީމުން ވަނީ ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ.

ޖެރާޑް ބުނީ ލިވަޕޫލް ކަހަލަ ގިނަ އަހަރުތަކެއް ވަންދެން ކުޅުނު އަމިއްލަ ޓީމަކާ ދެކޮޅަށް ކުޅެން ޖެހުމުން ހަނދާނަށް އަންނަ ބައެއް ކަންތައްތަކުގެ ސަބަބުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމަށެވެ. ލިވަޕޫލަށް އަބަދުވެސް ސަޕޯޓްކުރާނެ ކަމަށާއި އެކަމަކު، މިރޭ 90 މިނިޓަށް އެކަން ބަދަލުވާނެ ކަމަށް ޖެރާޑް ބުނެފައިވެ އެވެ.

Advertisement

"މި ހުރިހާ ހިތްހަމަޖެހުމަކާ އެކީ ދެން އަހަންނަށް އޮތް ކަމަކީ ވަރަށް މޮޅު ޓީމަކާއި ވަރަށް މޮޅު ކޯޗަކާ ދެކޮޅަށް ކުޅެގެން މޮޅެއް ހޯދުން. އެއީ މި ވަގުތަށް އޮތް ހަމައެކަނި ފޯކަސް އަކީ،" ޖެރާޑް ބުންޏެވެ. "އަހަރެން މި މެޗުން މޮޅުވެގެން އެނބުރި ޓީމު ބަހުގައި ބާމިންހަމް އަށް އަންނައިރު، ޔަގީން އަހަންނަކީ އެންފީލްޑް (ލިވަޕޫލް ދަނޑު)ގައި ތިބި މީހުންނަށް އެންމެ ކަމުދާނެ މީހާއެއް ނޫން ނޫން. އެކަމަކު، މި މެޗުގައި އެއީ މައްސަލަ އެއް ނޫން،"

ޖެރާޑް ކޯޗިން ކެރިއަރު ފެށީ ލިވަޕޫލް ޔޫތު ޓީމުންނެވެ. އެކަމަކު، ފަހުން ސްކޮޓްލެންޑްގެ ރޭންޖާސްއާ ހަވާލުވެ، އެ ޓީމަށް ސްކޮޓްލެންޑްގެ ލީގު ޗެމްޕިއަންކަން ހޯދައިދިނެވެ.

ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ޖެރާޑަކީ މިހާރު ތަޖުރިބާހުރި ކޯޗެއް ކަމަށާއި މެޗެއް ކުޅެން އެހެން ޓީމެއް ގޮވައިގެން ޖެރާޑް ލިވަޕޫލް ދަނޑަށް އައި ކަމުގައި ވިޔަސް އޭނާއާ މެދު ލިވަޕޫލުން ގެންގުޅޭނީ ޕްރޮފެޝަނަލް އުސޫލު ކަމަށެވެ.

"އަހަރެން މި ޓީމަށް އައި ފަހުން ޖެރާޑާ ބެހޭގޮތުން ގޯސް އެއްޗެއް އަޑެއް ނާހަން. އެކަމަކު، އޭނަ (ޖެރާޑް) މި ދަނޑަށް އެ އަންނަނީ ޓީމެއް ގޮވައިގެން ފުޓްބޯޅަ މެޗަކުން މޮޅުވާން. މެޗުގެ ކުރިން ސަލާމް ކުރާނަން. މެޗަށް ފަހު ވެސް ސަލާމް ކުރާނަން. އެކަމަކު، އެ ދެ ސަލާމުގެ ދެމެދުގައި އަހަރެމެން ތިބޭނީ ވަރަށް ވަރުގަދަ ޖޯޝެއްގައި މޮޅުވާން،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ ޔަގީންކަމާ އެކު އޭނާ އަށް ބުނަން އެނގޭ އެއް ކަމަކީ ޖެރާޑްގެ ކޯޗިން ކެރިއަރުގެ ކޮންމެ ވެސް ހިސާބަކުން އޭނާ ލިވަޕޫލާ ހަވާލުވާނެ ކަމަށެވެ. ޖެރާޑް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ވަނީ ލިވަޕޫލަށް ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން ނެތް ކަމަށް އޭނާ ބުނެފިނަމަ އެކަން ގަބޫލުކުރާނެ މީހެއް ނުހުންނާނެ ކަމަށް ބުނެފަ އެެވެ.

ލިވަޕޫލާއި އެސްޓަން ވިލާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox