ކަންނެލި މަސްވެރިންގެ އެތައް ކަންބޮޑުވުމަކަށް ރައީސްގެ އުންމީދީ ތަސައްވުރު

ރައީސް ސޯލިހް: ބޮޑު ކަންނެލި މަސްވެރިން ކުރި އިހްތިޖާޖްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހް: ބޮޑު ކަންނެލި މަސްވެރިން ކުރި އިހްތިޖާޖްގައި ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު، އެ މައްސަލަތަކަށް އަންނަ އަހަރު ތެރޭގައި ހައްލެއް ލިބިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ރާއްޖޭގައި ފާހަގަކުރަމުންދާ 41 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބާއާއި ގުޅުވައިގެން، ބޮޑު ކަންނެލި މަސްވެރިން ގާފަރު ކައިރީގައި، ކަނޑުމަތީގައި ކުރި އިހްތިޖާޖްގައި ރައީސް ވަނީ މިއަދު މެންދުރު ބައިވެރިވަޑައިގެންފަ އެވެ.

އިހްތިޖާޖް ކުރަމުން ދިޔަ މަސް އޮޑިއަކަށް ރައީސް އެރުމާއެކު، ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާގެ ފަރާތުން ވަނީ އެ ސިނާޔަތުގައި މަސައްކަތް ކުރަމުންދާ މަސްވެރިންގެ ކަންބޮޑުވުންތައް ރައީސްއާ ހިއްސާކޮށްފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ އެމީހުން އެދުނީ ބޮޑު ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައަޅައި ދިނުމަށާއި، ދިވެހި މަސް ކުންފުނި (މިފްކޯ) އިން ބޮޑު ކަންނެލި ގަނެ، އެކްސްޕޯޓް ކުރަން ފެށުމަށެވެ. އެއީ ބޮޑު ކަންނެލި މަސްވެރިކަމާއި، ކަނޑު މަސްވެރިކަމާއި މެެދުގައިވާ ތަފާތުކުރުން ނައްތާލުމަށްޓަކައި ކުރަން ޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އިހްތިޖާޖުގެ ބައިވެރިން ގަބޫލުކުރެ އެވެ.

މި އެދުމަށް ޖަވާބު ދެއްވަމުން ދެއްވަމުން ރައީސް ވަނީ އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި މި މައްސަލަ ހައްލުވެގެން ދާނީ މަހަށް ހަމަ އަގު ލިބެން ފެށުމާއެކު އެވެ.

މަސްވެރިން ދެވަނަ ކަމަކަށް ފާހަގަކުރީ ހުޅުމާލެ ޖެޓީގައި އަސާސީ ހިދުމަތްތައް ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ. އެގޮތުން ފާހަނާކޮށް، ފެންވަރާ ލެވޭނެ އިންތިޒާމްތައްވެސް އެ ޖެޓީގައި ނުހުންނަ ކަމަށް އެފަރާތްތަކުން ބުންޏެވެ. އަދި މާލެ ޖެޓީގެ ޖާގައިގެ ދަތިކަމުގެ ޝަކުވާވެސް އެމީހުން ކުރި އެވެ.

"ވަރަށް ގިނަ ފަހަރު ދޯނިފަހަރު ކަނޑުގައި ބާއްވާފައި، ބާލިދީގައި ތަކެތި ހިފައިގެން ފަތާފައި ފައިބަން ޖެހިފައި އެބަހުރި" އިހްތިޖާޖްގެ ބައިވެރިއެއް "އަދަދު"އަށް ބުންޏެވެ.

މި ކަންބޮޑުވުމާއި ގުޅިގެން ރައީސް ވަނީ ހުޅުމާލެ ޖެޓީގައި ހުރި މައްސަލަތައް މިހާރުން މިހާރަށް އެޗްޑީސީއާއެކު ހައްލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މާލެ ބަނދަރު ތެރޭގައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، ދޯނިތަކުން ފަސޭހަކަމާއެކު މަސް ބޭލޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

އިހްތިޖާޖްގެ ބައިވެރިން ދެން ބުނީ ކަންނެލި މަސްވެރިކަން ފުޅާކޮށް ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުގައި އެއްވެސް އިރަކު ފައިސާ ހިމަނާފައި ނުވާ ކަމަށެވެ. އަދި ކޮވިޑުގެ ބަލިމަޑުކަމުގައި 45ރ. އަށް ވިއްކި ކަންނެލި 25ރ. އަށް ތިރިކުރުމާ ގުޅިގެން، ބޮޑު ކަންނެލި މަސްވެރިކަމަށްދާ އެއްވެސް މީހަކަށް އިންކަމް ސަޕޯޓް އެލެވެންސް ލިބިފައި ނުވާ ކަމަށެވެ.

މީގެ އިތުރުން މަސްވެރިން ތަމްރީނުކޮށް، މަހުގެ ކޮލިޓީ ރަނގަޅު ކުރުމަށްޓަކައި، ޕްރޮގްރާމެއް ފެށުމަށް، ޔޫތު މިނިސްޓްރީއަށާއި، ފިޝަރީސް މިނިސްޓްރީއަށް ބޮޑު ކަންނެލި ޖަމިއްޔާގެ ފަރާތުން ހުށަހެޅި ނަމަވެސް އެ ކަމަށްވެސް އަލިމަގެއް ފެނިފައި ނުވާ ކަމަށް ބުންޏެވެ.

މިކަމާ ގުޅިގެން ރައީސް ވިދާޅުވީ ބޮޑު ކަންނެލި މަސްވެރިކަން ފުޅާކޮށް ކުރިއެރުވުމަށްޓަކައި މިހާރުން މިހާރަށް ކުރެވެން ހުރި ކަންތައްތަކާއި، ދިގު މުއްދަތެއްގައި ކުރެވެން ހުރި ކަންތައްތައް ތަރުތީބެއްގެ ތެރެއިން ކުރަމުން ގެންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާތަނަށް ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތަކީ ބޮޑު ކަންނެލި މަސްވެރިކަން ޕްރައިވެޓް ސެކްޓާއަށް ދޫކޮށްލާފައި ބޭއްވުމެވެ.

ނަމަވެސް އެ ސިޔާސަތަށް ބަދަލުތަކެއް ގެނެސް، މަސްވެރިކަމާގުޅޭ ދެ ގާނޫނެއްވެސް އަންނަ އަހަރު ތެރޭ މަޖިލީހުން ފާސްކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. ހަމައެއާއެކު މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް ކުރެވެން ހުރި މަސައްކަތްތައްވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

އިހްތިޖާޖްގެ ބައިވެރިންގެ މައި ކަންބޮޑުވުމަކަށްވީ ސަރުކާރުން ބޮޑު ކަންނެލި މަސްވެރިކަން އިޝްތިހާރުކުރުމަށް މާ ބޮޑު އަހައްޔަމިއްޔަތު ކަމެއް ނުދޭ ކަމެވެ. އެގޮތުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ސަރުކާރުން ކުރަމުން ދާ މަސައްކަތާއި، މަސްވެރިކަމުގެ ސިނާޔަތަށް ދޭ އަހައްމިޔަތުކަމާ އިހްތިޖާޖްގެ ބައިވެރިން ވަރުން އެޅުވި އެވެ.

އެފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ޑިއުޓީއަކާ ނުލާ ބޮޑު ކަންނެލި ބޭރުކުރެވޭނެ އެތައް މާކެޓެއް އެބައޮތެވެ. މިކަން ފާހަގަކޮށް ބޮޑު ކަންނެލި މަސްވެރިންގެ ފަރާތުން ސަރުކާރަށް ގޮވާލީ ޑިއުޓީއާ ނުލާ ބޮޑު ކަންނެލި ބޭރުކުރެވޭނެ މާކެޓްތަކެއް ހޯދައި ދިނުމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު، ޔޫރަޕއިން ޔޫނިއަން (އީޔޫ)އަށް މަސްވިއްކުމުގައި ދަތިތަކެއް ހުރި ކަމަށެވެ. ޔޫރަޕްގެ މާކެޓަށް 24 ޕަސެންޓުގެ ޑިއުޓީގައި ބޮޑު ކަންނެލި މިހާރު އެކްސްޕޯޓް ކުރަމުން ދާއިރު، އިންޑިއާ ކަނޑުގައިވާ ގައުމުތަކުގެ މަސްވެރިކަމާ ރާއްޖެއިން ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ. ނަމަވެސް، އެކަން ހައްލުކޮށް، އިންޑިއާ ކަނޑުގައިވާ ގައުމުތަކާ ވާދަކުރެވޭނެ ފެންވަރަށް ރާއްޖެ ގެންދިއުމުގެ މަސައްކަތް އެމަނިކުފާނު އިސްވެ ހިންގާ ސަރުކާރުން ކުރަމުންދާ ކަން ފާހަގަކުރެއްވި އެވެ.

އަދި އޭރުން ރާއްޖެއިން ވިއްކާ ބޮޑު ކަންނެއްޔަށް ޔޫރަޕް މާކެޓުން ބޮޑު ނަފާއެއް ލިބިގެން ދާނެ ކަމުގައި ރައީސް ގަބޫލުކުރައްވަ އެވެ.

"ކުރިއަށް އޮތް އަހަރު ތެރޭގައި މިކަމަށް އަލި މަގެއް ލިބިގެންދާނެ. އޭރުން ރާއްޖެއިން ވިއްކާ ބޮޑު ކަންނެލިއަށް ރަނގަޅު އަގެއް ޔޫރަޕްގެ ގައުމުތަކުގައި ލިބިގެން ދާނެ" ރައީސް ވިދާޅުވި އެވެ.

ޑިއުޓީއާ ނުލާ މަސް ވިއްކާނެ މާކެޓްތައް ހޯދުމުގެ މަސައްކަތްވެސް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތުގެ ތަފްސީލު ހިއްސާ ކުރައްވާނެ ކަމަށްވެސް އިހުތިޖާޖްގެ ބައިވެރިންނާ މުހާތަބްކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ގައުމީ ފެންވަރެއްގައި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ގާފަރުގަ އެވެ. މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް ސާލިހް އެރަށަށް ވަޑައިގަތީ މިއަދު މެންދުރުފަހު އެވެ.

މި ދަތުރުފުޅުގައި ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވަވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށާއި, ފިޝަރީސް އެކްސްޕޯ ބައްލަވައިލެއްވުމަށް ވެސް ރައީސް ވަޑައިގަންނަވާނެ އެވެ.

އޭގެ އިތުރުން މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ގާފަރުގައި މިރޭ ބާއްވާ ރަސްމީ ޖަލްސާގައިވެސް އެމަނިކުފާނު ބައިވެރިވަޑައިގަންނަވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox