ސަން ކުންފުނީގެ އެކައުންޓްތައް ހައިކޯޓުންވެސް ދޫނުކުރި

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު: ހައިކޯޓުންވެސް ތާއީދު ކުރީ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ދޫނުކުރަން -- ފޮޓޯ: މަޖިލިސް ފައިލް ފޮޓޯ

މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު: ހައިކޯޓުންވެސް ތާއީދު ކުރީ ސަން ޓްރެވަލްސް ކުންފުނީގެ އެކައުންޓްތައް ދޫނުކުރަން -- ފޮޓޯ: މަޖިލިސް ފައިލް ފޮޓޯ

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި, އެއްބަސްވުން ސަން ޓްރެވަލްސް އެންޑް ޓުއާސްއިން އުވާލި މައްސަލާގައި 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ އަމުރު ރާއްޖޭގައި ތަންފީޒުކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި ދަމަހައްޓައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ ކުންފުނި، ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރު އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް އަމުރުކުރި އެވެ.

އެ އަމުރު ތަންފީޒުކުރުމަށްޓަކައި ސިވިލް ކޯޓަށް ހުށާހެޅުމުން އެ ކޯޓުން މިދިޔަ އަހަރު ބޭންކުތަކަށް އަމުރުކުރީ ސަން ކުންފުނީގެ އެކައުންޓްތަކުގައި އަށް މިލިއަން ޑޮލަރު ހުރި ނަމަ އެ ފައިސާ ހިފަހައްޓުމަށެވެ. އަދި އެއަށް ވުރެ މަދުން ހުރި ނަމަ އެ ކުންފުނީގެ ނަމުގައިވާ ހުރިހާ އެކައުންޓަކު ހުރި ފައިިސާތައް އެއްކޮށް ހިިފެހެއްޓުމަށެވެ.

މި ހުކުމް ސަންއިން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މައްސަލަ ބެއްލެވި ދެ ފަނޑިޔާރެއްގެ އަގުލަބިއްޔަތުން ކަނޑައެޅީ އެ ނިންމުން ބާތިލްކުރަަން ނުޖެހޭ ކަމަށެވެ. ނަމަވެސް ސަން ކުންފުނީގެ އެކައުންޓްތަކުގައިވާ ފައިސާ ހިފަހައްޓަން ސިވިލް ކޯޓުން އަމުރު ކޮށްފައިވާ އިޖުރައާތް ރަނގަޅު ނޫން ކަމަށެވެ. އެހެންވިޔަސް އެއީ ހުކުމް ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށް މައްސަލަ ދިރާސާކުރެއްވި ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމި އެވެ.

އެގޮތުން ފަނޑިޔާރު ފާތިމަތު ފަރަހަނާޒް ވިދާޅުވީ އާބިޓްރޭޝަންގެ ނިންމުންތައް ބަލައިނުގަތުމަށް ކަނޑައެޅުމުގެ ފުރުސަތު އާބިޓްރޭޝަންގެެ ގާނޫނުގެ ދަށުން ކޯޓުތަކަށް ލިބިގެންވާތީ އާބިޓްރޭޝަންގެ ކޮންމެ ނިންމުމަކީ އޮޓަމެޓިކުން ކޯޓުތަކުގައި ތަންފީޒުު ކުރެވޭނެ ނިންމުންތަކެއް ނޫން ކަމަށެވެ. އެހެންވެ ސިވިލް ކޯޓުން ކުރި ހުކުމަށް ވާސިލްވުމުގައި އަމަލުކުރި އިޖްރައާތް ރަނގަޅު ނޫން ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

އެހެން ނަމަވެސް މިވަގުތު އެ އަމުރުތައް ބާތިލް ކުރުމުން އެ މައްސަލަ އިތުރަށް ލަސްވާނެ ކަމަށް ބެލެވޭތީ އާއި ލިބޭނެ އިތުރު ހައްލެއް ނެތުމުން އެ އަމުރު ބާތިލް ކުރެވެން ނެތް ކަމަށް ފަނޑިޔާރު ފަރަހަނާޒްގެ ރައުޔުގައި ވެއެވެ.

"އާބިޓްރަލް އެވޯޑްތައް ބަލައިގަތުމަށް ނުވަތަ ތަންފީޒުކުރުމަށް ހުރަސްއެޅޭ ފަދަ ކަމެއް ނެތް ކަމަށް ނިންމާފައިވާތީ މިހިނދުގައި އެއަމުރުތައް ބާތިލްކުރާނެ ތަނެއް ނެތް ކަމަށް ދެކެމެވެ،" ފަރަހަނާޒްގެ ރައުޔުގައި ވެއެވެ.

މި ނިންމުމަށް ތާއީދު ކުރެއްވި ފަނޑިޔާރު ހުސައިން މަޒީދު ދެކޭ ގޮތުގައި އާބިޓްރޭޝަންގެ ނިންމުމެއް ބަލައިނުގަތުމަށް ކޯޓުން ނުނިންމާ ހިނދަކު، އެ ނިންމުމެއް ތަންފީޒު ކުރުމުގެ މަސައްކަތް އިތުރު މަރުހަލާއަކަށް ނުގޮސްވެސް ކުރެވޭނެ އެވެ. އެއީ އާބިޓްރޭޝަންގެ ނިންމުމެެއް ބަލައިގަތުމާއި ތަންފީޒު ކުރުމަކީ ގުޅިފައިވާ ދެ ކަންތައް ކަމުގައި ވާތީ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން ފަނޑިޔާރު މަޒީދު ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ކަމުގައި ވިޔަސް، ސަންގެ އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ރައްދުވާ، ރާއްޖޭގެ ހަތަރު ބޭންކަކަށް އެ މައްސަލައިގެ އިސްތިއުނާފް ރައްދު ނުވާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ބޭންކުތަކުގެ މައްޗަށް ތަންފީޒީ އަމުރުތައް ނެރެފައިވަނީ އިޖުރާއަތާ އެއްގޮތަށް ބިދޭސީ އާބިޓްރަލް އެވޯޑް ބަލައިގަތުމުގެ ކުރިން ކަމުގައިވިއަސް، މި އިޖުރާއަތަކީ އަދިވެސް ރަނގަޅުކުރުމުގެ ފުރުސަތު އޮތް އިޖުރާއަތަކަށް ވެފައި މި ރައުޔުގައި މިކަމާގުޅިގެން ބަޔާންކޮށްފައިވާ ސަބަބުތަކަށް ރިއާޔަތްކޮށް ބޭންކުތަކުގެ މައްޗަށް ނެރެފައިވާ ތަންފީޒީ އަމުރުތައް މިހިނދަށް ބާތިލުކުރަންޖެހޭ ކަމުގައި ނުދެކެމެވެ." ފަނޑިޔާރު މާޖިދުގެ ރައުޔުގައި ވެއެވެ.

ސިވިލް ކޯޓުގެ ނިންމުމުގައި އިޖުރާއީ ގޯސްތަކެއް ހުރި ނަމަވެސް އެ ހުކުމް ބާތިލް ކުރަން ޖެހޭނެ ސަބަބެއް މި ދަނޑިވަޅުގައި ނެތް ކަމަށް ދެ ފަނޑިޔާރުން އިއްތިފާގު ވިނަމަވެސް ފަނޑިޔާރު ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔުގައި ވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކުރަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

އާބިޓްރޭޝަންގެ ގާނޫނަށް ހަވާލާދެއްވަމުން ފަނޑިޔާރު ވިދާޅުވީ އާބިޓްރޭޝަނެއްގެ ނިންމުން ރާއްޖޭގައި ތަންފީޒު ކުރެވޭނީ އެ ނިންމުމެއް ރާއްޖޭގެ ކޯޓަކުން ބަލައިގަތުމަށް ފަހު ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުން ސަން ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނެރިފައި ވަނީ އާބިޓްރޭޝަންގެ ނިންމުން ބަލައިނުގަނެ ކަމަށެވެ.

މި ހުކުމް ބާތިލް ކުރަން ޖެހޭ ކަމަށް ފަނޑިޔާރު ކަނޑައެޅުއްވީ:

  • ތަންފީޒީ ފިޔަވަޅު އެޅޭނީ އެ މައްސަލައެއް ބަލައިގަތުމަށްފަހު ކަމަށް އާބިޓްރޭޝަންގެ ގާނޫނުގައި ވާތީ.
  • އާބިޓްރޭޝަންގެ ގާނޫނުގެ ތަރަހައިގެ ބޭރުން ކުރި ހުކުމެއް ކަމުގައި ގަބޫލުކުރެވޭތީ.
  • މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ނެތި ތަންފީޒީ ފިޔަވަޅު އަޅާފައި ވާތީ.
  • ގާނޫނީ އިމުން ބޭރުން އަމަލުކުރިކުރުން ބަލައިގެންފިނަމަ، ގާނޫނުގެ މާއްދާތަކުގެ ބޭނުން ކެނޑިގެން ހިނގައިދާނެކަމަށް ބެލެވޭތީ.
  • ހައްގުތަކަށް އުނިކަން އަންނަގޮތަށް ތަންފީޒީ ފިޔަވަޅު އަޅާފައިވުމުން ބޭއިންސާފަށް މަގުފަހިވާނެތީ.

ސަންގެ އެކައުންޓްތަކުގައި ހުރި ފައިސާތަކެއް ހިފަހައްޓަން ކުރި އަމުރުތައް ހައި ކޯޓުން ދެމެހެއްޓިއިރު، މި މައްސަލާގައި ހިލްޓަން ކުންފުނިން ސަން ކުންފުންޏަށް 16 މިލިއަން ޑޮލަރު (246 މިލިއަން ރުފިޔާ) ދައްކަން ކުރި އަމަރު މިދިޔަ އަހަރު ހައިކޯޓުން ބާތިލްކޮށްްފައި ވެއެވެ. އަދި އެ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ތާއީދު ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox