ދެ އަހަރު ތެރޭ ފުރަތަމަ މެޗު: ކޯޗު ކާއްޓެ އަށް ފެނުނީ ރަނގަޅު ކުރަން ޖެހޭ ކަންކަން

ކޯޗު ކާއްޓޭ ރޭގެ މެޗަށް ފަހު ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކޯޗު ކާއްޓޭ ރޭގެ މެޗަށް ފަހު ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިންނާ ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އޭވީސީ ސީނިއާ މެންސް ސެންޓްރަލް ޒޯން މުބާރާތަށް ތައްޔާރުވާން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅޭ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ރޭ ސީދާ ތިން ސެޓުން ރާއްޖެ ބަލިވިއިރު، ޓީމުގެ ފަރާތުން ބޭނުންވި ލެވަލްގެ ކުޅުމެއް ނުފެނުނު ކަމަށް ޓީމުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓެ) ބުނެފި އެވެ.

ރޭގެ މެޗަކީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލްގެ ކަތުމަންްޑޫގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގައި ލަންކާ އަތުން ސީދާ ތިން ސެޓުން ބަލިވި ފަހުން ރާއްޖޭގެ ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެހެންވެ ރޭގެ މެޗަކީ ދެ އަހަރު ތެރޭ ގައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. ކޮވިޑް-19ގެ ސަބަބުން ގައުމީ ޓީމުގެ ފަރިތަކުރުންތައް ދިގު މުއްދަތަކަށް ހުއްޓިފައި އޮތެވެ. އެ އަށް ފަހު ޕްރެކްޓިސްތައް ފެށޭގޮތްވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

ރާއްޖެ ރޭގެ މެޗުން ބަލިވިއިރު، ސެޓުތައް ދިޔައީ 25-13، 25-14 އަދި 25-18 އިންނެވެ. ކާއްޓޭ ބުނީ ދެ އަހަރު ދުވަސް ވަންދެން އެއްވެސް މުބާރާތެއް އެއްޗެއް ނުކުޅެ ފުރަތަމަ މެޗު ކުޅުނުއިރު، ފެނުނީ ރާއްޖެ ޓީމަށް ވުރެ ލަންކާ ޓީމު ތަފާތު މޮޅުކޮށް ކަމަށެވެ.

ރޭގެ މެޗުގައި ރާއްޖެ ޓީމުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔަ މި މެޗުގައި ކޯޗު ކާއްޓޭގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ އާދައިގެ ގޯސްތަކެވެ. އެއީ ކިތަންމެ ގިނަ ދުވަހު ކުޅުމާ ދުރުގައި ތިބެފައި އައުމަށް ފަހު ވެސް ހަދައިގެން ނުވާނެ ފަދަ މިސްޓޭކްތަކެއްކަން ކާއްޓޭ ވަނީ ފާހަގަކޮށްފަ އެވެ.

"ރާއްޖެ ޓީމު މިރޭ (ރޭ) މި ކުޅުނު ވަރަށް ވުރެ މޮޅުކޮށް ކުޅޭނެ ކަމަށް ގަބޫލުކުރަނީ. ފުރަތަމަ މެޗު ކަމަށް ވެސް ވެފައި ގައުމުގައި ސަޕޯޓަރުން ކުރިމަތީގައި ކުޅުނީމަ ކުޅުންތެރިން މާ ބޮޑަށް މޮޅުވާން ބޭނުންވެ، އެ ޕްރެޝަރު އިން ކަމަށް ފާހަގަކުރެވެނީ. ވަރަށް ބައިވަރު އަމިއްލަ މިސްޓޭކްތަކެއް ފެނުނު. މި އަށް ވުރެ ރަނގަޅު ނަތީޖާއެއް ލަންކާ ޓީމު ކައިރިން ހޯދޭނެ،" ކާއްޓެ ބުންޏެވެ. "ފަސް ސެޓަށް ވެސް ދުއްވާލެވިދާނެ. ލަންކާ ޓީމު ޕްރެޝަރަށް ދުއްވާލެވޭ ވަރުގެ ކުޅުމެއް ދައްކަން ޖެހޭ،"

ކާއްޓޭ ބުނީ އަމާޒަކީ މިރޭ ކުޅޭ މެޗާއި އާދިއްތަ ދުވަހުގެރޭ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ކުރިއެރުންތަކެއް ހޯދައި މި މަހު 22-29 އަށް ކުޅޭ އޭވީސީ ސެންޓްރަލް ޒޯން މުބާރާތުގެ ކުރިން ޓީމު ރަނގަޅު ލެވަލަކަށް ގެނައުމަށް ކަމަށެވެ.

ކާއްޓޭގެ ކޯޗުކަމުގައި ރާއްޖޭން ވަނީ 2019 ވަނަ އަހަރު އޮގަސްޓް މަހު މާލޭގައި ލަންކާއާ ދެކޮޅަށް ތިން މެޗެއް ކުޅެފަ އެވެ. ފުރަތަމަ މެޗުން ލަންކާ ސީދާ ތިން ސެޓުން މޮޅުވިއިރު، ދެން ކުޅުނު ދެ މެޗުން ލަންކާ ފަހަތުން އަރައި މޮޅުވީ ރާއްޖޭން ފުރަތަމަ ސެޓު ގެންގޮސްފައި އޮއްވަ އެވެ.

ލަންކާގެ ކޯޗު ޗަންނަ ޖަޔަސޭކަރަ ބުނީ ސީނިއާ ހަތަރު ވަރަކަށް ކުޅުންތެރިންނާއި ޖޫނިއާ ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން މި ފަހަރު ލަންކާ އިން މެޗުތަކަށް އައިސް ފުރަތަމަ މެޗުން މޮޅުވުމުން ބޭނުންވި ފުރަތަމަ ކަން ހާސިލްވީ ކަމަށެވެ. އަދި މެޗު ކުޅެން މާލެ އައިސް އެކަށީގެންވާ ވަގުތުގައި އަރާމެއް ނުކޮށް، އެއް ޕްރެކްޓިސް ކޮށްލައިގެން ރޭގެ މެޗަށް އައިސް ކުޅުންތެރިން ދެއްކި ހިތްވަރަށް ތައުރީފު ހައްގު ކަމަށް ޗަންނަ ވަނީ ބުނެފަ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ލަންކާއާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox