"ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ."

"ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ."

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން

"ޙަމްދު" ގެ ބަހަވީ މާނައަކީ ރީތި ތަޢުރީފާއި ޘަނާ އެވެ. "ޙަމްދު" ޚާއްޞަވެފައިވަނީ ހަމައެކަނި މާތް ﷲ ގެ ޙަޟުރަތަށެވެ. އެކަލާނގެ ދެއްވާފައިވާ ނިޢުމަތްތަކަށްޓަކައި އެކަލާނގެ ޙަޟުރަތަށް މަދަޙަ ކިޔުމާއި ޘަނާ ދެންނެވުމާއި ޝުކުރު އަދާކުރުމުގެ މާނަތައް "ޙަމްދު" ގައި ހިމެނެ އެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ޙަމްދުކުރުމުގެ ކަލިމަ ވާރިދުވެފައި ވެ އެވެ. އެ ކަލިމަ ވާރިދުވެފައިވާ ކޮންމެ އާޔަތެއްގައި، އެ ކަލިމަ ވާރިދުވެފައިވަނީ ނިޢުމަތްތަކުގެ ތެރެއިން ބޮޑު ނިޢުމަތެއް ބަޔާންކުރެއްވުމާއެކުގަ އެވެ. އެފަދަ ނިޢުމަތްތައް ދެއްވުމަކީ މާތް ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކާ ލާހިކުވެގެންވާ ކަމެއް ނޫނެވެ. މިހެންވެ، އެކަލާނގެ ޙަޟުރަތަށް އަބަދާއަބަދު ޙަމްދުކުރަންޖެހެ އެވެ.

ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ފަށްޓަވާފައިވަނީ ޙަމްދުގެ ކަލިމައިންނެވެ. އޭގެ މިސާލަކީ ސޫރަތުލް ފާތިޙާއާއި ސޫރަތުލް އަންޢާމާއި ސޫރަތުލް ކަހްފެވެ.

ސޫރަތުލް ފާތިޙާގެ ފުރަތަމަ އާޔަތުގެ މާނައަކީ "ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ." މި އެވެ. ﷲ އީ ޢާލަމްތަކުގެ ވެރިފަރާތް ކަމުގައިވުމުން ދޭހަވާ މާނަތަކެއް ވެ އެވެ. އެކަލާނގެއީ ޢާލަމްތައް ހެއްދެވި ރަސްކަލާނގެ އެވެ. ޢާލަމްތައް ބަލަހައްޓަވައި، ޢާލަމްތަކުގައިވާ އެންމެހައި މަޚުލޫޤުންނަށް ރިޒުޤު ދެއްވަނީ އެކަލާނގެ އެވެ.

ސޫރަތުލް އަންޢާމްގެ ފުރަތަމަ އާޔަތުގެ މާނައަކީ "ޙަމްދުހުރީ އުޑުތަކާއި ބިން ހައްދަވައި އަނދިރިކަމާއި، އަލިކަން ލެއްވި اللَّه އަށެވެ. ދެންވެސް ކާފިރުވި މީހުން އެއުރެންގެ ވެރިރަސްކަލާނގެއާއި، އެހެންތަކެއްޗާ ހަމަހަމަކޮށް ޝަރީކުކުރެތެވެ." މި އެވެ. މި އާޔަތުގައިވާ އުޑުތަކާއި ބިން ހެއްދެވުމުގެ ޝަރަޙައިގައި ޢިލްމުވެރިން ވިދާޅުވެފައި ވެ އެވެ. އުޑުތަކާއި ބިން ހެއްދެވުމުގެ މާނައިގައި އެތައް ކަންކަމެއް ހިމެނެ އެވެ. އެއިން އެއް ކަމަކީ އެތަންތާނގައި އެކަލާނގެ ލެއްވި މަޚުލޫޤުންނަށް ބޭނުންވާނެ ރިޒުޤު އެ ތަންތާނގައި ލެއްވުމެވެ. އަދި އެ ތަންތާނގައި މަޚުލޫޤުން ލެއްވުމުގެ ކުރިން އެ މަޚުލޫޤުންނަށް ބޭނުންވާނެ ރިޒުޤު އެ ތަންތާނގައި ލެއްވުމުގެ މާނަ ވެސް އޭގައި ހިމެނެ އެވެ.

ސޫރަތުލް ކަހްފުގެ ފުރަތަމަ އާޔަތުގެ މާނައަކީ "ޙަމްދުހުރީ اللَّه އަށެވެ. އެކަލާނގެއީ، އެކަލާނގެ އަޅާއަށް ފޮތް ބާވައިލެއްވި ރަސްކަލާނގެ އެވެ. އަދި އެކަލާނގެ އެ ފޮތުގައި، އެއްވެސް ގުދުކަމެއް (ނުސީދާކަމެއް) ނުލައްވަތެވެ." މި އެވެ. މި އާޔަތުގައި ބަޔާންކުރައްވާފައިވާ ފޮތް ބާވައިލެއްވުމަކީ ވަރަށް ބޮޑު ނިޢުމަތެކެވެ. އެ ފޮތަކީ ކީރިތި ޤުރުއާނެވެ. ޤިޔާމަތަށްދާންދެން ދެމިއޮންނާނެ އެކަލާނގެ ކަލާމްފުޅެވެ. އޭގައި ދައްކަވާފައިވާ ތެދުމަގުގައި ސާބިތުވެއްޖެ މީހަކު މަގުފުރެދިގެނެއް ނުދާނެ އެވެ. އެކަމަށްޓަކައި އެކަލާނގެ ޙަޟުރަތަށް ޙަމްދުކުރަންޖެހެ އެވެ.

ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި ވަނީ މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރުމަށް މަގުދައްކަވާފަ އެވެ. އެކަލާނގެ ދެއްވާފައިވާ ކޮންމެ ނިޢުމަތަކަށްޓަކައި އެކަލާނގެ ޙަޟުރަތަށް ޙަމްދުކުރަންޖެހެ އެވެ. އެކަލާނގެ އަޅަމެން ޚަލްޤުކުރެއްވިކަމަށްޓަކައި ޙަމްދުކުރަންޖެހެ އެވެ. އެކަލާނގެ އަޅަމެންނަށް ތެދުމަގު ދެއްކެވި ކަމަށްޓަކައި ޙަމްދުކުރަންޖެހެ އެވެ. އެކަލާނގެ އަޅަމެންނަށް ރިޒުޤު ދެއްވި ކަމަށްޓަކައި ޙަމްދުކުރަންޖެހެ އެވެ. އަދި މި ދުނިޔޭގައި އަޅަމެންނަށް ބޭނުންވާ ކަންކަމާއި ތަކެތި ލެއްވި ކަމަށްޓަކައި ވެސް ގިނަގިނައިން ޙަމްދުކުރަންޖެހެ އެވެ. އެފަދަ ކަންކަމާއި ތަކެތީގެ ތެރޭގައި، ދުވާލުގެ އަލިކަމާއި ރޭގަނޑުގެ އަނދިރިކަން ހިމެނެ އެވެ. ބިމުގައިވާ ފެނާއި ޖައްވުގައިވާ ވައި ހިމެނެ އެވެ.

މާތް ﷲ އިންސާނުންނަށް ތެދުމަގު ދެއްކެވުމަށްޓަކައި ފޮނުއްވި ރަސޫލުބޭކަލުން ވަނީ އެކަލާނގެ ޙަޟުރަތަށް ގިނަގިނައިން ޙަމްދުކުރައްވާފަ އެވެ. އެކަލާނގެ އެ ބޭކަލުންނަށް ދެއްވި ގިނަގުނަ ނިޢުމަތްތައް، އެ ބޭކަލުން އަބަދުމެ ހަނދުމަފުޅުކުރެއްވި އެވެ. އަދި އެކަލާނގެ ޙަޟުރަތަށް މަލާއިކަތުން ވެސް ޙަމްދުކުރައްވަ އެވެ. އެކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެ އެވެ.

ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތަކުން އެނގޭ ގޮތުގައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރަންޖެހޭ އިރުވަރުތަކެއް ވެ އެވެ. އެ އިރުވަރުތަކުގެ ތެރޭގައި، އިރުއެރުމުގެ ކުރީކޮޅުގެ ވަގުތާއި އިރުއޮއްސުމުގެ ކުރީކޮޅުގެ ވަގުތު ހިމެނެ އެވެ. މެންދުރު ވަގުތާއި ޢަޞްރު ވަގުތު ހިމެނެ އެވެ. ފަތިސް ވަގުތާއި ހަވީރުގެ ވަގުތު ހިމެނެ އެވެ. އަދި ފަރުޟު ފަސް ނަމާދުންކުރެ ކޮންމެ ނަމާދެއް ކުރުމަށްޓަކައި ތެދުވާ ވަގުތު ހިމެނެ އެވެ.

މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރަންޖެހޭ އިރުވަރުތަކެއް ނަބަވީ ސުންނަތުގައި ވެސް ބަޔާންކުރައްވާފައި ވެ އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި އުންމަތަށް އިރުޝާދުދެއްވާފައިވަނީ، ނިދަން އޮށޯންނައިރުގައްޔާއި ނިދިން ހޭލާއިރުގައި މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރުމަށެވެ. ކެއިންބުއިމުގެ ކަންކަން ފެށުމުގެ ކުރިންނާއި އެ ކަންކަމުގެ ފަހުގައި ވެސް އެކަލާނގެ ޙަޟުރަތަށް ޙަމްދުކުރުމަށެވެ. އާ ފޭރާމެއް ލުމުގެ ކުރިން ވެސް އެކަލާނގެ ޙަޟުރަތަށް ޙަމްދުކުރުމަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މާތް ﷲ ގެ ޙަޟުރަތަށް ޙަމްދުކުރުމަކީ ތިޔަބޭފުޅުންގެ ދޫފުޅުތަކުގެ ޒީނަތެއް ކަމުގައި ހައްދަވާށެވެ! އެކަލާނގެ ޙަޟުރަތަށް ޙަމްދުކުރުމަކީ ދަރުމަހުރި އަޅުކަމެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox