ޔޫރޮޕާ ލީގު: ނަޕޯލީން ލެސްޓާ ކަޓުވާލައިފި

Dec 9, 2021, 8:34 PM
ޔޫރޮޕާ ލީގު: ނަޕޯލީން ލެސްޓާ ކަޓުވާލައިފި

ނޭޕްލްސް (ޑިސެމްބަރު 10) - ޔޫރޮޕާ ލީގުގައި މިރޭ ރަށުންބޭރުގައި ނަޕޯލީ އަތުން 3-2 އިން ބަލިވެ، ލެސްޓާ ސިޓީ މުބާރާތުން ކަޓައިފި އެވެ.

މެޗު އެއްވަރުކޮށްލައިގެން ވެސް އަނެއް ބުރަށް ދިއުމުގެ ފުރުސަތު އޮތް ލެސްޓާ ކެޓީ ގްރޫޕްގެ ތިން ވަނަ އަށް ދިއުމުންނެވެ.

ގްރޫޕް ސީގެ އެއް ވަނަ ހޯދީ މިރޭ ޕޮލެންޑްގެ ލެހިއާ ވޯސޯ ދަނޑުގައި 1-0 އިން މޮޅުވި ރަޝިއާގެ ސްޕާޓާ މޮސްކޯ އެވެ. އެއް ވަނައިގައި އޮތް ސްޕާޓާ މޮސްކޯ އާއި ދެ ވަނަ އަށް ދިޔަ ނަޕޯލީ އަށް ލިބުނީ 10 ޕޮއިންޓެވެ. ހެޑް ޓު ހެޑް ގަވާއިދުގެ ތަފާތުން ކުރިހޯދީ ސްޕާޓާ އެވެ. ލެސްޓާ ތިން ވަނަ ދިޔައީ އަށް ޕޮއިންޓާ އެކު އެވެ. ފުލުގައި ނިންމާލި ލެހިއާ އަށް ވެސް ހަ ޕޮއިންޓް ލިބުނެވެ.

ޑިއޭގޯ މަރަޑޯނާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ނަޕޯލީން ވަނީ 24 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. އެ ޓީމުގެ ފުރަތަމަ ގޯލު ހަތަރު ވަނަ މިނިޓްގައި އޭރިއާތެރެއިން ތިރިިތިރިން ފޮނުވާލި ޝޮޓަކުން ކާމިޔާބުކުރީ އެޑަމް އޫނާސް އެވެ. އޭގެ ފަހުން، މެޗުގެ 24 ވަނަ މިނިޓްގައި އޭރިއާތެރެއިން އަންދްރޭ ޕެޓާންޔާ ދިން ބޯޅައަކުން މެސެޑޯނިއާގެ އެލިފް އެލްމާސް ވަނީ ނަޕޯލީގެ ލީޑު ފުޅާކޮށްދީފަ އެވެ.

ލެސްޓާ އިން ފަހަތަށް ނުޖެހި އެޓޭކަށް ނުކުމެ ގާތްގާތުގައި ދެ ގޯލު ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މެޗުގެ 27 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ލެސްޓާގެ ކުޅުންތެރިން އޭރިއާތެރެއަށް ފޮނުވާލި ބޯޅަ ނަޕޯލީ ޑިފެންޑަރުންގެ ތެރެއިން ޖޯނީ އެވާންސަށް ލިބުމުން އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން އޭރިއާބޭރު ރޮނގުކައިރިން ވޮލީއަކުން ލެސްޓާގެ ޒުވާން މިޑްފީލްޑަރު ކިއެނަން ޑިއުސްބަރީ-ހޯލް ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވަދެ، މެޗުގެ ނަތީޖާ ހަމަހަމަވީ އެވެ.

ލެސްޓާ ބަލިވީ ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ނަޕޯލީން ޖެހި ލަނޑުންނެވެ. މެޗުގެ 53 ވަނަ މިނިޓްގައި ޑި ލޮރެންޒޯ ނެގި ހުރަހަކުން އޭރިއާތެރެއިން އެލްމާސް ވަނީ ހަމަޖެހިލާފައި ބޯޅަ ގޯލަށް ފޮނުވާލައިފަ އެވެ. ނަތީޖާ ހަމަހަމަކުރަން ލެސްޓާ އިން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

މިރޭގެ މެޗުގައި ނަޕޯލީގެ މެކްސިކޯ ފޯވާޑް ހާވިން ލޮޒާނޯ ބޮލަށް ލިބުނު ސީިރިއަސް އަނިޔާ އަކާ ގުޅިގެން އޭނާ ދަނޑުން ބޭލީ އަށިގަނޑަށް ލައިގެންނެވެ. ދަނޑުމަތީގައި އޭނާ އަށް ފަރުވާދިންއިރު، އޮކްސިޖަން ވެސް ގުޅި އެވެ.

ލެސްޓާ ދެން ވާދަކުރަން ޖެހޭނީ ޔުއެފާގެ ތިން ވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ. ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ އޭނާ އަށް ކޮންފަރެންސް ލީގާ ބެހޭ މައުލޫމާތު ނޭނގޭ ކަމަށެވެ.

ގްރޫޕް އޭ އިން ދެ ވަނަ ބުރުގެ ފުރުސަތު ހޯދީ މިރޭ 1-1 އިން އެއްވަރުވި ލިޔޯނާއި ރޭންޖާސް އެވެ. އެއް ވަނަ ހޯދި ލިޔޯނުން 16 ޕޮއިންޓް ހޯދިއިރު، ދެ ވަނަ އަށް ދިޔަ ރޭންޖާސް އަށް ލިބުނީ އަށް ޕޮއިންޓެވެ. ޑެންމާކުގެ ބްރޮންޑްބީ އަތުން 2-0 އިން މޮޅުވި ސްޕާޓާ ޕްރާގް އަށް ލިބުނީ ތިން ވަނަ އެެެވެ. ސްޕާޓާ ހަތް ޕޮއިންޓް ހޯދިއިރު، ބްރޮންޑްބީ ވަނީ ދެ ޕޮއިންޓް ހޯދައިފަ އެވެ.

ރެއާލް ސޮސިއެޑާޑް އިން ވަނީ އަމިއްލަ ދަނޑުގައި 3-0 އިން ޕީއެސްވީ އެއިންދޯވަން ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން އޮސްޓްރިއާގެ ސްޓާމް ގްރާޒާ ކުޅެގެން މޮނާކޯ ވީ 1-1 އިން އެއްވަރެެވެ.

ގްރޫޕް ބީގެ އެއް ވަނަ މޮނާކޯ އިން ހޯދީ 12 ޕޮއިންޓާ އެކު އެވެ. ސޮސިއެޑާޑަށް ދެ ވަނަ ލިބުނީ ނުވަ ޕޮއިންޓް ހޯދުމުންނެވެ. މިރޭ ސޮސިއެޑާޑް އަތުން ބަލިވި ޕީއެސްވީ ތިން ވަނައިގައި ނިންމާލީ އަށް ޕޮއިންޓް ހޯދައިގެންނެވެ. ފުލަށް ދިޔަ ސްޓާމް އަށް ލިބުނީ ދެ ޕޮއިންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox