ގާޒާއާބެހޭ މަޝްވަރާ އަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު މިސްރުގައި

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް (ވ) އަދި މިސްރުގެ ފޮރިން މިނިސްޓަރު ސާމިހް ޝުކްރީ. -- ފޮޓޯ: އޭއެފްޕީ

އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް (ވ) އަދި މިސްރުގެ ފޮރިން މިނިސްޓަރު ސާމިހް ޝުކްރީ. -- ފޮޓޯ: އޭއެފްޕީ

ގާހިރާ، މިސްރު (ޑިސެމްބަރު 9) - ގާޒާ އާއި އިރާނުގެ ނިޔުކްލިއާ މަޝްރޫއާ ގުޅޭ މަޝްވަރާތަކަށް އިޒްރޭލުގެ ފޮރިން މިނިސްޓަރު ޔެއާ ލެޕިދް މިސްރަށް ވަޑައިގެން ރައީސް އަބްދުލް ފައްތާހް އަލް ސިސީއާ ބައްދަލުކުރައްވައިފި އެވެ.

މިސްރާއި އިޒްރޭލާ ދެމެދު ގިނަ އަހަރުތަކެއް ވަންދެން އޮތް ރުޅިވެރިކަމާއި ވާދަވެރިކަމަށް ފަހު 1979 ވަނަ އަހަރު ސުލްހަ ގާއިމްކުރި އެވެ. މިސްރަކީ އިޒްރޭލާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމްކުރި ފުރަތަމަ އަރަބި ގައުމެވެ.

"މި ސަރަހައްދުގެ ހަމަޖެހުމާއި ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ރައީސް ސިސީ އަށް އަޅުގަނޑު ޝުކުރު އަދާކުރަން،" ލެޕިދް ޓްވީޓް ކުރެއްވި އެވެ.

"ގާޒާގައި ހިންގަން ރާވާފައިވާ 'ސަލާމަތަށް އިގްތިސާދު' ޕްރޮގްރާމް އަޅުގަނޑު ސިސީ އަށް ހުށަހެޅިން. އަދި ފަލަސްތީން މައްސަލައިގައި އިޒްރޭލު ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ތަފްސީލުކޮށް ކިޔައިދިން."

މިސްރުގެ ސަރުކާރުން ވެސް ބުނީ ބައްދަލުވުންތަކުގެ އެންމެ އިސް މައުޟޫއަކީ ފަލަސްތީނުގެ މައްސަލަ ކަމަށެވެ.

ސިސީއާ އެކު ބޭއްވި ބައްދަލުވުމުގައި ލެޕިދް ވަނީ "އިރާނުން ޓެރަރިޒަމް ބޭނުން ކުރާ މައްސަލަ އާއި އޭގެ ސަބަބުން މެދުއިރުމައްޗަށް އޮތް ނުރައްކާ އަދި ނިޔުކްލިއާ ހަތިޔާރު އުފައްދަން ކުރާ މަސައްކަތަށް" އަލިއަޅުއްވާލައްވާފަ އެވެ.

މީގެ މަހެއް ކުރިން އިޒްރޭލާއި މިސްރުން ވަނީ ބޮޑު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އޭގެ ދަށުން މިސްރުގެ ހަމަނުޖެހުން ބޮޑު ސައިނާ ޕެނިންސޫލާގެ ބޯޑަރު އަވަށެއް ކަމަށްވާ ރަފާހް ކައިރީގައި ތިބޭ މިސްރު ސިފައިންގެ އަދަދު އިތުރު ކުރި އެވެ.

މިސްރުގެ ރަފާހް ބޯޑަރު ކްރޮސިން އަކީ ގާޒާ އަށް ވަދެނިކުތުމަށް އޮތް މަގުތަކުގެ ތެރެއިން އިޒްރޭލުގެ ކޮންޓްރޯލު ނުހިނގާ ހަމައެކަނި ތަނެވެ.

މިސްރުގެ މުސްލިމް ބަރަދަހުޑް އަށް ނިސްބަތްވެވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު މުރްސީ 2013 ވަނަ އަހަރު ބަގާވާތަކުން ދުރުކުރެއްވުމާ އެކު ސައިނާގައި އުޅޭ ހަނގުރާމަވެރިން ދޭ ހަމަލާތައް އިތުރުކުރި އެވެ.

މިސްރުގެ އެކި ހިސާބުގައި އުޅޭ ހަނގުރާމަވެރިންނާ ދެކޮޅަށް ފެބްރުއަރީ 2018 ވަނަ އަހަރުން ފެށިގެން އޮޕަރޭޝަންތައް ދަނީ ހިންގަމުންނެވެ. އޮޕަރޭޝަންތައް މައިގަނޑު ގޮތެއްގައި ފޯކަސް ކުރަނީ އުތުރު ސައިނާ އާއި ހުޅަނގުގައި އޮންނަ ސަހަރާ އަށެވެ.

ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ އޮޕަރޭޝަންތަކުގައި 1،073 ހަނގުރާމަވެރިން މަރުވެފައި ވެ އެވެ. މަރުވި ސިފައިންގެ އަދަދު އުޅެނީ 100 އަށް ވުރެ ދަށުގަ އެވެ.

އެމެރިކާގެ ސީބީއެސް ޓީވީ އަށް 2019 ވަނަ އަހަރު ދެއްވި އިންޓަވިއުއެއްގައި ސިސީ ވިދާޅުވީ އުތުރު ސައިނާގައި "ޓެރަރިސްޓުންނާ" ދެކޮޅަށް އޮޕަރޭޝަން ހިންގަނީ އިޒްރޭލާ ވަރަށް ގާތުން ކަމަށެވެ.

ސަލާމަތީ ކަންކަމުގައި އިޒްރޭލާއި މިސްރުން މީގެ ކުރިން ދުވަހަކު ވެސް އެކުގައި މަސައްކަތް ނުކުރާހާ ބޮޑަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިދިޔަ މޭ މަހު ގާޒާގައި ވެރިކަން ކުރާ ހަމާސް އާއި އިޒްރޭލާ ދެމެދު 11 ދުވަސް ވަންދެން ހިނގި ކުރިމަތިލުންތައް ނިމުމަކަށް ގެންނަން މިސްރުން މެދުވެރިއެއްގެ ދައުރު އަދާކުރި އެވެ.

ލެޕިދް މިސްރަށް ވަޑައިގެންފައި ވާއިރު، އިޒްރޭލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ދާދި ފަހުން ވަނީ އުތުރު ސައިނާގެ ރިސޯޓު އަވަށެއް ކަމަށްވާ ޝަރަމުލް ޝެއިހްގައި ސިސީއާ ބައްދަލުކުރައްވާފަ އެވެ. އެއީ އިޒްރޭލުގެ ސަރުކާރުގެ އެންމެ އިސްވެރިޔަކު 10 އަހަރުގެ ތެރޭގައި މިސްރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox