ބަޔާން ދަނޑުގައި ޒަވީ ޓާގެޓްކުރަނީ ތާރީހީ ކާމިޔާބަކަށް

Dec 8, 2021, 5:10 AM
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޒަވީ.-- ފޮޓޯ: އޭއެފްޕީ

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޒަވީ.-- ފޮޓޯ: އޭއެފްޕީ

މިއުނިކް (ޑިސެމްބަރު 8) - ޗެމްޕިއަންސް ލީގުގައި މިރޭ ބަޔާން މިއުނިކް ދަނޑުގައި އެ ޓީމު ބަލިކޮށް ބާސެލޯނާ އިން ތާރީހީ ކާމިޔާބަކަށް ޓާގެޓް ކުރާ ކަމަށް އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ޗެމްޕިއަންސް ލީގުގެ މެޗަކުން ބަޔާން އެންމެ ފަހުން އަމިއްލަ ދަނޑުގައި ބަލިވީ 2013 ވަނަ އަހަރު އެވެ. މިރޭ ބަޔާން ދަނޑުގައި ބާސެލޯނާ އަށް ނަތީޖާއެއް ނުނެރެވިއްޖެނަމަ 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކަޓާނެ އެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގެ އެއް ވަނައިގައި ބަޔާން އޮތީ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، 15 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ބާސެލޯނާ އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ބެންފީކާ އަށް ފަސް މެޗުން ފަސް ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ޑިނަމޯ ކިއޭވަށް ވަނީ ފަސް މެޗުން ޕޮއިންޓެއް ލިބިފަ އެވެ.

ބާސެލޯނާ މިރޭ ބަޔާން އަތުން މޮޅުވެއްޖެނަމަ ބެންފީކާ އާއި ޑިނަމޯ ކުޅޭ މެޗުގެ ނަތީޖާ އަށް ނުބަލައި އަނެއް ބުރުގެ ޖާގަ ލިބޭނެ އެވެ. ބަޔާން ދަނޑުގައި ބާސެލޯނާ އަށް މޮޅުނުވެވި ބެންފީކާ އިން އަމިއްލަ ދަނޑުގައި ޑިނަމޯ ބަލިކޮށްފިނަމަ ބާސެލޯނާ ގްރޫޕް ސްޓޭޖުން ކަޓާނެ އެވެ.

"ބާސެލޯނާ އަށް ކޮންމެ ޓީމެއް ވެސް ބަލިކުރެވިދާނެ. އަހަރެމެން (ބާސެލޯނާ) ބަޔާން ދަނޑުގައި މޮޅުވެއްޖިއްޔާ އެ ވާނީ ބަޔާން ދަނޑުގައި މި ކްލަބަށް ހޯދޭނެ ފުރަތަމަ މޮޅަށް. އެހެންވީމަ އަހަރެމެންނަށް މި އޮތީ ތާރީހީ ކާމިޔާބެއް ހޯދުމުގެ ފުރުސަތު،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒަވީ ބުންޏެވެ.

ބަޔާނުން ބާސެލޯނާއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ވަނީ ރަނގަޅު މޮޅެއް ހޯދައިފަ އެވެ. އެ ގޮތުން މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާ ދަނޑުގައި 3-0 އިން ބަޔާން މޮޅުވިއިރު، މިދިޔަ އަހަރު ކުއާޓާ ފައިނަލުގައި ވަނީ 8-2 އިން ބާސެލޯނާ ބަލިކޮށްފަ އެވެ.

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ބުނީ ކުރިން ވެފައި ހުރި ކަމަކަށް ނުބަލައި ކުރިއަށް އޮތް މެޗަށް ފޯކަސް ކުރަން ބޭނުންވާ ކަމަށެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ގްރޫޕް ސްޓޭޖު ނިންމާލަން ބޭނުންވަނީ ފުރިހަމަ ރެކޯޑަކާ އެކު ކަމަށާއި އެކަން ކުރެވެން އޮތީ ބާސެލޯނާ ބަލިކޮށްގެން ކަމަށެވެ. އެހެންވެ، ބަޔާނުން ބާސެލޯނާ މެޗަށް ނުކުންނާނީ މި ވަގުތު ނެރެވެން އޮތް އެންމެ ވަރުގަދަ ފުރަތަމަ އެގާރައެއް ނަގައިގެން ކަމަށް ނާގަލްސްމަން ވަނީ ބުނެފަ އެވެ.

ކޮވިޑް ޕޮޒިޓިވް ކޭސްތަކާއި އަނިޔާގެ މައްސަަލަތަކާ ހުރެ، ބަޔާންގެ މުހިއްމު ކުޅުންތެރިންތަކަކަށް މިރޭގެ މެޗުގައި ބާސެލޯނާއާ ދެކޮޅަށް ނުކުޅެވޭނެ އެވެ. އޭގެ ތެރޭގައި ބަޔާންގެ މުހިއްމު ކުޅުންތެރިން ކަމަށްވާ ޔޯސުއާ ކިމިކް، ލެއޯން ގޮރެޓްޒްކާ އަދި ސާޖް ގްނަބްރީ ވެސް ހިމެނެ އެވެ.

ބަޔާން އާއި ބާސެލޯނާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox